އިންޑިއާގެ މުދަލަށް އެމެރިކާއިން މިއަދުން ފެށިގެން 50 ޕަސެންޓުގެ ޓެރިފް ނަގަން ފަށާއިރު އެ މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއަށް ތަކުރާރުކޮށް ގުޅުއްވާފައިވާ ކަމަށާއި އެކަމަކު އެއްވެސް ފޯން ކޯލަކަށް ޖަވާބު ނުދެއްވާ ކަމަށް ޖަރުމަނުގެ ނޫހަކުން ރިޕޯޓްކޮށްފި އެވެ.
އިންޑިއާގެ މުދަލަށް އެމެރިކާއިން މިއަދުން ފެށިގެން 50 ޕަސެންޓުގެ ޓެރިފް ނަގަން ފަށާއިރު އެ މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއަށް ތަކުރާރުކޮށް ގުޅުއްވާފައިވާ ކަމަށާއި އެކަމަކު އެއްވެސް ފޯން ކޯލަކަށް ޖަވާބު ނުދެއްވާ ކަމަށް ޖަރުމަނުގެ ނޫހަކުން ރިޕޯޓްކޮށްފި އެވެ.
އިންޑިއާގެ މުދަލުން 25 ޕަސެންޓް ޑިއުޓީ ނަގަން ނިންމުމަށް ފަހު އިތުރު 25 ޕަސެންޓް ޓެރިފެއް މިއަދުން ފެށިގެން ނަގަން ފެށީ އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަންނާތީ އެކަމުގެ އަދަބެއްގެ ގޮތުން ކަމަށް ބުނެ އެވެ.
"ފާއިތުވި ހަފުތާތަކުގައި ޓްރަމްޕް ވަނީ ހަތަރު ފަހަރެއްގެ މަތިން ފޯނުން މޯދީއާ ބައްދަލުކުރުމަށް މަސައްކަތް ކުރައްވާފައި،" ޖަރުމަނުގެ މަޖައްލާއެއް ކަމަށްވާ ފްރޭންކްފާޓާ އެލްގެމެއިން ޒީޓުންގް (އެފްއޭއެސް) އިން ރިޕޯޓްކޮށްފައިވެ އެވެ.
މި ވާހަކައިގެ ހަގީގަތާ ގުޅޭ ގޮތުން އެމެރިކާ އާއި އިންޑިއާއިން ވެސް ވާހަކައެއް ނުދެއްކި އެވެ.
އެފްއޭޒެޑްގެ ލިޔުން ފަށާފައިވަނީ "ކިޗެން ސައިކޮލޮޖީ މި ދުވަސްވަރު އިންޑިއާގައި ވަރަށް މަގުބޫލު" ކަމަށް ބުނަމުންނެވެ.
ޖަޕާނުގެ ނިއުސް މެގަޒިންއެއް ކަމަށްވާ ނިކީ އޭޝިއާ އިން އިންޑިއާގެ ޑިޕްލޮމެޓިކް ބޭފުޅުންނާ ހަވާލާދީ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ޓްރަމްޕް މަސައްކަތްކުރެއްވީ ޓެރިފް މައްސަލައިގައި އެއްބަސްވެވޭ ހައްލެއް ހޯދުމުގެ ގޮތުން މޯދީއާ ވާހަކަ ދައްކަވަން ކަމަށެވެ. ނަމަވެސް އިންޑިއާގެ ލީޑަރު އެ ކޯލްތަކަށް ޖަވާބު ނުދެއްވާތީ ޓްރަމްޕުގެ މާޔޫސްކަން އިތުރުވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މޯދީ ވަނީ އެމެރިކާއިން އެޅި ފިޔަވަޅާ އެކު އިންޑިއާގެ އެތެރެގޭ އިގްތިސާދު ހަރުދަނާކުރުމުގެ ގޮތުން ފިޔަވަޅުތައް އަޅަން ނިންމަވައިފަ އެވެ. އަދި ޓެކްސްތައް ކުޑަކޮށް، ވިޔަފާރި ފުޅާވާނެ ގޮތް ހަދަން ވެސް ވަނީ ނިންމަވައިފަ އެވެ.
އިންޑިއާގެ މުދަލުން އެމެރިކާއިން 50 ޕަސެންޓް ޓެރިފް
ރަޝިޔާގެ ތެޔޮ ގަންނާތީ އިންޑިއާގެ ޓެރިފް ބޮޑުކުރަނީ
އެމެރިކާއިން އިންޑިއާގެ މުދަލުން 25 ޕަސެންޓް ޓެރިފް
މޯދީ އާއި ޓްރަމްޕު އަންނަ ހަފުތާގައި ބައްދަލުކުރައްވަނީ
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
އިންޑިއާ ދެކެ އެމެރިކާ ލޯބިވޭ: ޓްރަމްޕުގެ މެސެޖް
ރަސްމީ ދަތުރުފުޅެއްގައި ޓްރަމްޕް އިންޑިއާ އަށް
ބޭރުގެ ލީޑަރަކަށްކީ އެންމެ ހޫނު މަރުހަބާ މޯދީ އަށް
ރާއްޖެއާ ބެހޭގޮތުން ޓްރަމްޕާއި މޯދީ ވާހަކަ ދައްކަވައިފި
ޓްރަމްޕާއި މޯދީ ގުޅިގެން ޕާކިސްތާނަށް އިންޒާރު ދީފި