އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެކި ގައުމުތަކުގެ މުދަލުން ޓެރިފް ބޮޑުކުރުމުގެ ސިޔާސަތުގައި އިންޑިއާގެ މުދަލުން 25 ޕަސެންޓް ޓެރިފް ނަގަން ނިންމުމަށް ފަހު، އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަންނާތީ އަދަބު ދިނުމުގެ ގޮތުން އިތުރު 25 ޕަސެންޓް ނަގަން ނިންމައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެކި ގައުމުތަކުގެ މުދަލުން ޓެރިފް ބޮޑުކުރުމުގެ ސިޔާސަތުގައި އިންޑިއާގެ މުދަލުން 25 ޕަސެންޓް ޓެރިފް ނަގަން ނިންމުމަށް ފަހު، އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަންނާތީ އަދަބު ދިނުމުގެ ގޮތުން އިތުރު 25 ޕަސެންޓް ނަގަން ނިންމައިފި އެވެ.
ރަޝިޔާއިން ޔުކްރެއިނާ ދެކޮޅަށް ކުރާ ހަނގުރާމައަށް އިންޑިއާއިން އެހީވަނީ ކަމަށް ބުނެ އެކަމުގެ އަދަބަކަށް އިތުރު 25 ޕަސެންޓް ނަގަން ނިންމުމުން މިހާރު އިންޑިއާގެ މުދާ އެމެރިކާއަށް އެތެރެކުރުމަށް 50 ޕަސެންޓް ޓެރިފް ދައްކަން ޖެހޭނެ އެވެ.
ރަޝިޔާގެ ތެޔޮ ގަންނަ ނަމަ އިންޑިއާގެ ޓެރިފް ބޮޑުކުރަން ޖެހިދާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިންޒާރު ދެއްވުމަށް ފަހު މިއަދު ވަނީ އިތުރު ޓެރިފެއް ނެގުމުގެ ރިޔާސީ އަމުރުގައި ސޮއިކުރައްވާފައި ކަމަށް ވައިޓްސް ހައުސް އިން ބުންޏެވެ.
ވައިޓް ހައުސް އިން ބުނީ އަލަށް ކަނޑައެޅި ޓެރިފް ނަގަން ފަށާނީ އަދި ތިން ހަފްތާ ފަހުން ކަމަށެވެ. އެކަމަކު ކުރިން ނިންމި 25 ޕަސެންޓް ޓެރިފަށް ބުރާސްފަތި ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ އެވެ.
މި ޓެރިފްތަކުން ބައެއް ސެކްޓާތަކުގެ މުދާ ވަނީ އިސްތިސްނާކޮށްފަ އެވެ. އޭގެ ތެރޭގައި ސްޓީލް، އެލުމިނިއަމް އަދި ފާމަޝޫޓިކަލް ހިމެނެ އެވެ.
ރަޝިއާއާ އެކު ހިންގާ ވިޔަފާރީގެ މުއާމަލާތްތަކާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން އަމާޒުވާ ފާޑުކިޔުންތަަކަށް ރައްދު ދެމުން އިންޑިއާއިން ބުނަނީ ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ފެށުނު ފަހުން އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ވެސް ރަޝިއާގެ މުދަލާއި ހަކަތައިގެ ބާވަތްތައް ގަންނަ ކަމަށެވެ. އިންޑިއާއިން އަބަދުވެސް ބުނަނީ ހަކަތައިގެ ބާވަތްތައް ގަންނަނީ އިންޑިއާގެ ކަސްޓަމަރުންނަށް އެކަށީގެންވާ ވަރުގެ އަގެއްގައި ފޯރުކޮށްދެވޭނެ އަގުތަކުގައި ކަމަށާއި އެންމެ އިސްވާނީ ރައްޔިތުން ކަމަށެވެ.
ޓްރަމްޕް އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވި މެސެޖެއްގައި ވިދާޅުވެފައިވާ ގޮތުގައި އިންޑިއާއިން ގިނަ އަދަދަކަށް ރަޝިއާގެ ތެޔޮ ގަނެ، ބޮޑު ފައިދާގައި ގެންދަނީ ވިއްކަމުންނެވެ. އަދި ޔުކްރެއިނުން ކިތަންމެ ބަޔަކު މަރުވިޔަސް އިންޑިއާއަށް ވަރިހަމަވެފައި ތިބެނީ ކަމަށް ވިދާޅުވެ ފާޑު ކިޔާފައިވެ އެވެ.
އެމެރިކާ ސަރުކާރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރު އެމެރިކާއިން ވަނީ އިންޑިއާގެ 87.4 ބިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފަ އެވެ.
ޓްރަމްޕުގެ ފޯނަށް މޯދީ ޖަވާބެއް ނުދެއްވާ: ރިޕޯޓް
ރަޝިޔާގެ ތެޔޮ ގަންނާތީ އިންޑިއާގެ ޓެރިފް ބޮޑުކުރަނީ
އެމެރިކާއިން އިންޑިއާގެ މުދަލުން 25 ޕަސެންޓް ޓެރިފް
ގަތަރަށް ދިން ހަމަލާގައި ހަމާސްގެ ލީޑަރުން ސަލާމަތްވި
ގަތަރަށް ދެން ހަމަލާއެއް ނުދޭނެ: އެމެރިކާ
ޑިފެންސް ޑިޕާޓްމަންޓުގެ ނަން ޑިޕާޓްމަންޓް އޮފް ވޯ އަށް
ޓްރަމްޕާއި ޕުޓިން ހުކުރު ދުވަހު ބައްދަލުކުރައްވަނީ
އެމެރިކާގެ ބައެއް ވިސާތަކަށް 15،000 ޑޮލަރު ނަގަނީ
ނިއުކްލިއާ ސަބްމެރިން ނެރެން ޓްރަމްޕު އަންގަވައިފި
އިންޑިއާ އާއި ޕާކިސްތާނުން ހަމަލާތައް ހުއްޓާލައިފި