އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިއާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވްއާ ދެމެދު އޮންލައިންކޮށް ބަދަލުކުރަމުންދާ ބަހުގެ ހަމަލާތައް ހޫނުވަމުން ގޮސް، ދެ ނިއުކްލިއާ ސަބްމެރިން "އެކަށީގެންވާ ސަރަހައްދުތަކުގައި ބާއްވަން" ޓްރަމްޕު އަންގަވައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިއާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވްއާ ދެމެދު އޮންލައިންކޮށް ބަދަލުކުރަމުންދާ ބަހުގެ ހަމަލާތައް ހޫނުވަމުން ގޮސް، ދެ ނިއުކްލިއާ ސަބްމެރިން "އެކަށީގެންވާ ސަރަހައްދުތަކުގައި ބާއްވަން" ޓްރަމްޕު އަންގަވައިފި އެވެ.
ޓްރަމްޕް ވިދާޅުވީ މި ފިޔަވަޅު އެޅުއްވީ މެޑްވެޑޭވްގެ "މޮޔަ އަދި ހަރުކަށި ވާހަކަތަކަކީ ހަމައެކަނި ބަހަކަށް ވުރެ ބޮޑު ވާހަކަތަކެއް" ކަމަށް ވެދާނެ ކަމަށް ބައްލަވާފައި ކަމަށެވެ.
"... ބުނާ ބަހެއްގެ ބަރުދަން ވަރަށް ބޮޑުވާނެ. ގިނަ ފަހަރަށް ނުކުންނާނީ ނޭނގޭ ނަތީޖާތަކެއް. އަޅުގަނޑު އުންމީދުކުރަން، މިއީ އެހެން ނުވާނެ މައްސަލައެއް ކަމަށް،" ޓްރަމްޕް އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވާފައިވެ އެވެ.
އެމެރިކާގެ އަސްކަރީ ޕްރޮޓޮކޯލްގައި އޮންނަ ގޮތުން، ނިއުކްލިއާ ސަބްމެރިންގެ ހަރަކާތްތައް ހާމައެއް ނުކުރާނެ އެވެ. އެހެންވެ ޓްރަމްޕް ވެސް އެ ދެ ސަބްމެރިން ބާއްވާނެ ތަނެއް ހާމައެއް ނުކުރައްވަ އެވެ.
މެޑްވެޑޭވް އިންޒާރު ކަމަށް ޓްރަމްޕް ވިދާޅުވެފައި ވަނީ ޔުކްރެއިން ހަނގުރާމަ ނުހުއްޓައިފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެމެރިކާއިން "މުހުލަތު ދީ، ކުރާ ކޮންމެ އިންޒާރަކީ ހަނގުރާމައާ ކައިރިއަށް އެޅޭ ފިޔަވަޅެއް" ކަމަށް ވިދާޅުވުމުންނެވެ.
ޔޫކްރެއިންއާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއިން އެއްބަސް ނުވެއްޖެ ނަމަ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ޓްރަމްޕް ދެއްވުމުން މެޑްވެޑޭވް ވަނީ ދާދި ފަހުން އެމެރިކާއަށް އިންޒާރު ދެއްވައިފަ އެވެ.
ނިއުކްލިއާ ހަތިޔާރު އެންމެ ގިނަ ދެ ގައުމަކީ ރަޝިއާ އާއި އެމެރިކާ ކަމަށްވާއިރު، ދެ ގައުމުން ވެސް ނިއުކްލިއާ ސަބްމެރިން ގެންގުޅެ އެވެ.
"މިހާރު ރަޝިއާ ފެޑެރޭޝަންގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއާމަންގެ މަގާމުގައި ހުންނެވި ރަޝިއާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް ދެއްކެވި ވާހަކަތަކަށް ރިއާޔަތްކޮށް، ނިއުކްލިއާ ދެ ސަބްމެރިން އެކަށީގެންވާ ސަރަހައްދުތަކުގައި ބޭއްވުމަށް އަންގައިފިން،" ޓްރޫތު ސޯޝަލްގައި ހުކުރު ދުވަހު ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި އެވެ.
މިއީ ނިއުކްލިއާ ހަކަތަ ބޭނުންކުރާ ސަބްމެރިން ކަމެއް ނުވަތަ ނިއުކްލިއާ ހަތިޔާރު ހުރި ސަބްމެރިންތަކުގެ ވާހަކަ ކަމެއް ހާމަކުރައްވާފައެއް ނުވެ އެވެ.
ޓްރަމްޕް ވަނީ ބަހާ މެދު ސަމާލުވުމަށާއި "ތިޔަ ވަދެވެނީ ނުބައި ހިސާބަކަށް" ކަމަށް ވިދާޅުވެ މެޑްވެޑޭވް އަށް އިންޒާރު ދެއްވައިފަ އެވެ.
ޓްރަމްޕާއި ޕުޓިން ހުކުރު ދުވަހު ބައްދަލުކުރައްވަނީ
ރަޝިޔާގެ ތެޔޮ ގަންނާތީ އިންޑިއާގެ ޓެރިފް ބޮޑުކުރަނީ
އެމެރިކާއިން އިންޑިއާގެ މުދަލުން 25 ޕަސެންޓް ޓެރިފް
ގަތަރަށް ދިން ހަމަލާގައި ހަމާސްގެ ލީޑަރުން ސަލާމަތްވި
ގަތަރަށް ދެން ހަމަލާއެއް ނުދޭނެ: އެމެރިކާ
ޑިފެންސް ޑިޕާޓްމަންޓުގެ ނަން ޑިޕާޓްމަންޓް އޮފް ވޯ އަށް
ޓްރަމްޕުގެ ފޯނަށް މޯދީ ޖަވާބެއް ނުދެއްވާ: ރިޕޯޓް
ޒެލެންސްކީ އަނެއްކާވެސް ޓްރަމްޕާ ބައްދަލުކުރައްވަނީ
ޓްރަމްޕާއި ޕުޓިންގެ ބައްދަލުވުމުން ޑީލެއް ނުހެދުނު
އިންޑިއާގެ މުދަލުން އެމެރިކާއިން 50 ޕަސެންޓް ޓެރިފް