27 ޖޫން 2017
ޓެރަރިސްޓް ހަމަލާތައް ދޭން ޕާކިސްތާނުގެ ސަރަހައްދު ބޭނުންނުކުރެވޭނެ ކަމުގެ ޔަގީންކަން އެ ގައުމުން ހޯދައިދޭން ޖެހޭނެ ކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އެކުގައި ރޭ ނެރުއްވި ބަޔާނެއްގައި ގޮވާލައްވައި، އިންޒާރު ދެއްވައިފި އެވެ.
ޓެރަރިސްޓް ހަމަލާތައް ދޭން ޕާކިސްތާނުގެ ސަރަހައްދު ބޭނުންނުކުރެވޭނެ ކަމުގެ ޔަގީންކަން އެ ގައުމުން ހޯދައިދޭން ޖެހޭނެ ކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އެކުގައި ރޭ ނެރުއްވި ބަޔާނެއްގައި ގޮވާލައްވައި، އިންޒާރު ދެއްވައިފި އެވެ.
އިންޑިއާގެ ބޮޑުވަޒީރު އެމެރިކާ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި، ވައިޓް ހައުސްގައި ބޭއްވި ބައްދަލުކުރެއްވުމަކަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ ޕާކިސްތާނުގައި ގާއިމްވެފައިވާ ހަނގުރާމަވެރިންގެ ނުރައްކަލާ ދެ ގައުމުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.
"އެހެން ގައުމުތަކަށް ޓެރަރިސްޓް ހަމަލާދޭން އަމިއްލަ ބިން ބޭނުންނުކުރެވޭނެ ކަމުގެ ޔަގީންކަން ޕާކިސްތާނުން ދޭން ޖެހޭނެ އެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.
މައްސަލަ ބޮޑު ކަޝްމީރުގެ އިސް ހަނގުރާމަވެރިއެއް ކަމަށްވާ ސައީދު ސަލާހުއްދީނަކީ ދުނިޔޭގެ ޓެރަރިސްޓެއް ކަމަށް އެމެރިކާ އިން ދާދި ފަހުން ކަނޑައެޅި ކަނޑައެޅުން އިންޑިއާ އިން އުފަލާ އެކު ބަލައިގަންނަ ކަން ވެސް ބަޔާނުގައި ފާހަގަކުރި އެވެ.
މި ފަހުގެ އަހަރުތަކުގައި އިންޑިއާގައި ދިން ޓެރަރިސްޓް ހަމަލާތައް ރާވައި، ހިންގީ ޕާކިސްތާނުގައި ގާއިމްވެފައިވާ ގްރޫޕްތަކުން ކަމަށް އިންޑިއާ އިން ބުނެ އެވެ. އެކަމަކު ޕާކިސްތާނުން އެ ވާހަކަތައް ދޮގުކުރެ އެވެ.
އިގުތިސާދީ ގޮތުން ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ތެރޭގައި ހިމެނޭ އެމެރިކާ އާއި އިންޑިއާގެ ވެރިން ވަނީ 2008 ގައި މުމްބާއީ އަށް ދިން ޓެރަރިސްޓް ހަމަލާ އާއި މިދިއަ އަހަރު އިންޑިއާގެ ވައިގެ މަރުކަޒަކަށް ދިން ހަމަލާގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޕާކިސްތާނަށް ގޮވާލައިފަ އެވެ.
މޯދީ އާއި ޓްރަމްޕް އެކުގައި ވައިޓް ހައުސްގައި ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވީ އިންޑިއާ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުން މިއަށް ވުރެ ވަކި ރަނގަޅުވި ދުވަސްވަރެއް ނެތް ކަމަށެވެ.
މޯދީގެ ޝަރަފުގައި ޓްރަމްޕް ވަނީ ވައިޓް ހައުސްގައި ރޭގަނޑުގެ ފަރިއްކޮޅެއް ބާއްވަވާފަ އެވެ. މިއީ ވެރިކަމަށް ވަޑައިގަތުމަށް ފަހު ބޭރުގެ ލީޑަރަކަށް ވައިޓް ހައުސްގައި ބޭއްވި ރޭގަނޑުގެ ފުރަތަމަ ފަރިއްކޮޅެވެ.
ކަޝްމީރާ ގުޅޭގޮތުން ޓްރަމްޕް ދެއްކެވި ވާހަކަ ދޮގުކޮށްފި
ޕުލްވާމާ ހާދިސާ އަށް ފިލްމެއް ހަދަނީ
އިންޑިއާ އޮތީ ޕާކިސްތާނާ ހަނގުރާމައަށް ތައްޔާރަށް:މޯދީ
ކަޝްމީރު މައްސަލާގައި ޕާކިސްތާނަށް މޯދީ ރައްދުދެއްވައިފި
ކުއަޑް ސަމިޓް 2024 އޮންނާނީ އިންޑިއާގައި
ޔޫކްރޭން ހަނގުރާމައާ އެކު ދުނިޔެ ބަނަވެއްޖެ: ބައިޑެން
ކަޝްމީރުގައި އިންވެސްޓްމެންޓްތައް އިތުރުކުރަނީ
ބައިޑެންގެ އިންޒާރުން ވެސް މޯދީ ނުގުޑި
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
ފޯޑް ވެސް އިންޑިއާ ދޫކޮށްލަނީ