23 ސެޕްޓެމްބަރ 2019
ޓެކްސަސް (ސެޕްޓެމްބަރު 23) - ބޭރުގެ ލީޑަރަކަށް އެމެރިކާ އިން މިހާތަނަށް ނުކިޔާވަރުގެ ހޫނު މަރުހަބާއެއް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް ކިޔައިފި އެވެ.
ޓެކްސަސް (ސެޕްޓެމްބަރު 23) - ބޭރުގެ ލީޑަރަކަށް އެމެރިކާ އިން މިހާތަނަށް ނުކިޔާވަރުގެ ހޫނު މަރުހަބާއެއް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް ކިޔައިފި އެވެ.
މޯދީ އަށް މަރުހަބާ ދެންނެވުމަށް ޓެކްސަސްގައި ބޭއްވި ބޮޑު އެއްވުން ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަކުރައްވާފައި ވަނީ "ވަރަށް ތާރީޚީ އިވެންޓެއް"ގެ ގޮތުގަ އެވެ. ނުވަ ދިހަ މިނިޓަށް ދެމިގެން ދިޔަ އިވެންޓުގައި 400 ޕާފޯމަރުން ބައިވެރިވި އެވެ.
މޯދީ އަށް މަރުހަބާ ކިޔުމަށް ޓެކްސަސްގެ ހިއުސްޓަންގެ އެންއާރުޖީ ސްޓޭޑިއަމަށް އެއްވެ ތިބި މީހުން. --ފޮޓޯ:އޭއެފްޕީ
"އެމެރިކާގެ އެންމެ ވަފާތެރި، ތެދުވެރި ރަހުމަތްތެރިއާއާ އެކު ޓެކްސަސްގައި ހުރެވޭކަމީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ގާތްގަނޑަކަށް ބައިލައްކައެއްހާ މީހުން ބައިވެރިވި ހިއުސްޓަންގެ އެންއާރްޖީ ސްޓޭޑިއަމްގައި ބޭއްވި އިންވެންޓުގައި މޯދީއާ އެކު ސްޓޭޖަށް އަރައިވަޑައިގެން ޓްރަމްޕް ވިދާޅުވި އެވެ.
މޯދީގެ ތަގްރީރުގައި ވަނީ ޓްރަމްޕަށް ތައުރީފް ކުރައްވައި އެއީ "ވަރަށް ހިތްހެޔޮ، ހިތްވަރުގަދަ ކެރޭ ލީޑަރެއް" ކަމަށް ވިދާޅުވެފަ އެވެ.
ޓެކްސަސްގެ ހިއުސްޓަންގެ އެންއާރުޖީ ސްޓޭޑިއަމްގައި މޯދީ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
"ސީއީއޯ ކަމުން ކޮމާންޑަ-އިން-ޗީފްގެ މަގާމަށް، ބޯޑްރޫމްތަކުން އޯވަލް އޮފީހަށް، ސްޓޫޑިއޯތަކުން ދުނިޔޭގެ ސްޓޭޖަށް... ޓްރަމްޕް ވަނީ ކޮންމެ ތަނެއްގައި ވެސް އެމަނިކުފާނުގެ ހަނދާންތައް ދިރުވާފައި،" ޓްރަމްޕަށް ތައުރީފް ކުރައްވައި މޯދީ ވިދާޅުވި އެވެ.
މަރުހަބާގެ އިވެންޓު ކުރިއަށް ދިޔަ އިރު ސްޓޭޑިއަމްގެ ބޭރުގައި ވަނީ މޯދީއާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ.
ޓެކްސަސްގެ ހިއުސްޓަންގެ އެންއާރުޖީ ސްޓޭޑިއމްގެ ސްޓޭޖުގައި ރައީސް ޓްރަމްޕާއި ބޮޑު ވަޒީރު މޯދީ. --ފޮޓޯ:އޭއެފްޕީ
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
އިންޑިއާ ދެކެ އެމެރިކާ ލޯބިވޭ: ޓްރަމްޕުގެ މެސެޖް
ރަސްމީ ދަތުރުފުޅެއްގައި ޓްރަމްޕް އިންޑިއާ އަށް
ރާއްޖެއާ ބެހޭގޮތުން ޓްރަމްޕާއި މޯދީ ވާހަކަ ދައްކަވައިފި
ކުއަޑް ސަމިޓް 2024 އޮންނާނީ އިންޑިއާގައި
ޔޫކްރޭން ހަނގުރާމައާ އެކު ދުނިޔެ ބަނަވެއްޖެ: ބައިޑެން
ބައިޑެންގެ އިންޒާރުން ވެސް މޯދީ ނުގުޑި
ފޯޑް ވެސް އިންޑިއާ ދޫކޮށްލަނީ
ހާލީ-ޑޭވިޑްސަން އިންޑިއާ ދޫކޮށްލަނީ
ވޮލްމާޓުން ވެސް ޓިކްޓޮކް ގަންނަން ނުކުމެއްޖެ