20 ޖެނުއަރީ 2017
އެމެރިކާގެ ޒައާމަތަށް އަންނަ ކޮންމެ ބަދަލަކީ ބައިނަލްއަގުވާމީ ސިޔާސީ މަސްރަހަށް އޭގެ އަސަރު ކޮންމެވެސް ގޮތަކުން ފޯރާނެ ކަންކަމެވެ. އެމެރިކާގެ އަމިއްލަ މަސްލަހަތަށް ނިންމާ ނިންމުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ މުޖްތަމައަށް ބައެއް ފަހަރު ގެއްލުން ވެސް ލިބިފައި އެބަ ހުއްޓެވެ. ހަރުކަށި ސިޔާސަތެއްގެ ވެރި ޑޮނަލްޑް ޓްރަމްޕު މިއަދު އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ އިރު، މުޅި ދުނިޔެ އޮތީ އެ ކަމަށް ފާރަވެރިވެ އެވެ.
އެމެރިކާގެ ޒައާމަތަށް އަންނަ ކޮންމެ ބަދަލަކީ ބައިނަލްއަގުވާމީ ސިޔާސީ މަސްރަހަށް އޭގެ އަސަރު ކޮންމެވެސް ގޮތަކުން ފޯރާނެ ކަންކަމެވެ. އެމެރިކާގެ އަމިއްލަ މަސްލަހަތަށް ނިންމާ ނިންމުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ މުޖްތަމައަށް ބައެއް ފަހަރު ގެއްލުން ވެސް ލިބިފައި އެބަ ހުއްޓެވެ. ހަރުކަށި ސިޔާސަތެއްގެ ވެރި ޑޮނަލްޑް ޓްރަމްޕު މިއަދު އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ އިރު، މުޅި ދުނިޔެ އޮތީ އެ ކަމަށް ފާރަވެރިވެ އެވެ.
އިންތިޚާބީ ކެމްޕޭންގެ ތެރޭގައި ޓްރަމްޕް ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު، އޭނާގެ ޒައާމަތާ އެކު އެމެރިކާ ރައްޔިތުން މިއަދުން ފެށިގެން ކުރިމަތިލާނީ އޮޅުންބޮޅުން ބޮޑު އަދި ގޮތް ނޭނގޭ ދުވަސްތަކަކާ ކަމުގައި ބުނެވިދާނެ އެވެ. އެހެނީ ޓްރަމްޕް ގެންގުޅުއްވަނީ މިއިން ދުވަހަކު ވެސް އެމެރިކާގެ ރައީސަކު ނުގެންގުޅުއްވާ، ހަމަޖެހުމެއް ނެތް އަދި ހަރުކަށި ސިޔާސަތެކެވެ.
އެ ގޮތުން ބަލާއިރު، ޓްރަމްޕްގެ ވެރިކަމުގައި މައްސަލަތައް އުފަންކުރުވާނެ ބައެއް ދާއިރާތައް ފާހަގަކޮށްލުން ރަނގަޅެވެ.
- ދެ ގައުމުގެ ވާދަވެރިކަމަށް ބެލުމެއް ނެތި ރަޝިޔާއާ އެކު ގުޅުން ބަދަހި ކުރުން
- މުސްލިމުންނާ ދެކޮޅަށް ހަރުކަށި ސިޔާސަތެއް ގެންގުޅުން
- އިސްލާމީ ދުނިޔޭގެ އިހްސާސްތަކަށް ނުބަލައި، އިޒްރޭލާ އެކު ގާތް ގުޅުމެއް ބޭއްވުން
- ފަސްބައިގައި ޖެހިފައިވާ އަންހެން ކުދިންގެ ލައްގަނޑުތައް
ވާދަވެރި ރަޝިޔާއާ މެދު އެމެރިކާ ގެންގުޅެމުން އައީ މެދުމިނުގެ ސިޔާސަތެކެވެ. މެދުއިރުމަތީގެ މައްސަލައިގައި ވެސް އެމެރިކާ މިހާތަނަށް ގެންގުޅެމުން އައީ، އިޒްރޭލު ރުއްސުމާ އެކު މުސްލިމުންނާ ނުޖެހި އޮތުމުގެ ސިޔާސަތެކެވެ. ނަމަވެސް މިއަދު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އޭނާގެ ސިޔާސަތު ތަންފީޒު ކުރައްވަން ފަށްޓަވައިފި ނަމަ، އެމެރިކާ ކުރިމަގު އެހާ ފަސޭހައެއް ނުވާނެ އެވެ.
މިއަދު އެމެރިކާގެ ރިއާސަތާ ހަވާލުވެވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕު. --ފޮޓޯ އޭޕީ
ރަޝިޔާއަކީ އެމެރިކާގެ ވާދަވެރިއެކޭ ކިޔަނީ ދުޝްމަނެކޭ ނުކިޔަން ވެގެންނެވެ. ނަމަވެސް ހަގީގަތުގައި އެމެރިކާގެ އެންމެ ބޮޑު ދުޝްމަނަކީ ރަޝިޔާ އެވެ. ޓްރަމްޕްގެ ވެރިކަމުގައި ރަޝިޔާއާ އެކު ގާތް ގުޅުމެއް އުފައްދަވާނެ ކަމުގެ އެތައް އިޝާރާތެއް ދެއްވާފައިވާ އިރު، ޖަރުމަން ފަދަ އެމެރިކާގެ ޒަމާންވީ ގާތް އެކުވެރިން ތިބީ ކަންބޮޑުވުމެއްގަ އެވެ. ހަމަ އެފަދައިން އެމެރިކާގެ އެހީތެރިކަމާއި މަދަދަށް އެންމެ ބޮޑަށް ބޭނުންވާ ވިލާތުގެ އިއްތިހާދާއި ނޭޓޯ ވެސް މި ކަމުގައި ކަންބޮޑުވާނެ އެވެ.
އެމެރިކާގެ ނިމިދިޔަ ރިއާސީ އިންތިހާބުގައި ރަޝިޔާ އިން ނުބައި ދައުރެއް އަދާކުރި ކަމުގެ ތުހުމަތުތައް ހަރު އަޑުން ކުރަމުންދާ އިރު ވެސް، ޓްރަމްޕުގެ ދިފާއުގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވަނީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އެވެ. އަދި ޕުޓިންގެ ހިމާޔަތުގައި ޓްރަމްޕް ވެސް އެ ވަރަށް ވަކާލާތު ކުރައްވަ އެވެ.
"އޭނާގެ ގައުމުގެ މައްޗަށް އޭނާގެ ވަރަށް ވަރުގަދަ ކޮންޓްރޯލެއް އެބަ އޮތް. އެއީ ވަރަށް ތަފާތު ނިޒާމެއް. އަޅުގަނޑު އެ ނިޒާމަށް ތާއީދެއް ނުކުރަން. އެކަމަކު ޔަގީނުން ވެސް، އެ ނިޒާމުގެ ތެރެއިން، އޭނާއަކީ ވަރުގަދަ ލީޑަރެއް. އަހަރެމެންގެ ރައީސަށް ވުރެ އޭނާގެ ޝަޚްސިއްޔަތު މާ ވަރުގަދަ،" އެންބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
މިއަދު އެމެރިކާގެ ރިއާސަތާ ހަވާލުވެވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕު. --ފޮޓޯ އޭޕީ
ރަޝިޔާއާ މެދު ޓްރަމްޕް ގެންގުޅުއްވާ މި "ލޯބި" ސިޔާސަތުގެ ސަބަބުން، ފިނި ހަނގުރާމައިގެ ދުވަސްވަރު ވެސް ދެ ގައުމުގެ ގުޅުން ގޯސް ނުވާ މިންވަރަށް މިހާރު ގޯސްވެފައިވާ ކަމަށް އެމެރިކާގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.
އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ އިރުމަތީ ގުދުސަށް ބަދަލު ކުރާނެ ކަމަށް ޓްރަމްޕް ވެވަޑައިގެންނެވި ވައުދު ފުއްދަވައިފާނެތީ، އަރަބި އިސްލާމީ ދުނިޔޭގެ ވެރިން ތިއްބެވީ ހާސްކަމެއްގެ ތެރޭގަ އެވެ. ޚާއްސަކޮށް އެމެރިކާގެ އަރަބި އެކުވެރިންގެ އިހްސާސްތަކާ މެދު ވިލާތުގެ ގައުމުތައް ވެސް ކަންބޮޑުވެ އެވެ.
އަވައްޓެރި ކެނެޑާ އާއި މެކްސިކޯ އަށް ވެސް އޮތީ ފަސޭހަ ދުވަސްތަކެއް ނޫނެވެ. ޓްރަމްޕްގެ ރިއާސީ ކެމްޕޭން ފެށްޓެވީ ވެސް މެކްސިކޯ އަށް ދެއްވި ޒިންމާދާރުކަން ކުޑަ ބަހުގެ ހަމަލާތަކަކުންނެވެ.
"މެކްސިކޯ އިން އެމެރިކާ އަށް މީހުން ފޮނުވާއިރު ފޮނުވަނީ އެންމެ ރަނގަޅު މީހުންނެއް ނޫން. އެ ގައުމުން ފޮނުވަނީ އެތައް ބައިވަރު މައްސަލަތަކެއް ހުރި މީހުން. އެ މީހުން އެ މައްސަލަތައް ގެންނަނީ އަހަރެމެންގެ ތެރެ އަށް. އެ މީހުން ގެންނަނީ މަސްތުވާތަކެތި. އެމީހުން ގެންނަނީ ޖަރީމާތައް. އެއީ ރޭޕްކުރާ މީހުން. އޭގެ ތެރޭގައި މަދުން ނަމަވެސް ރަނގަޅު މީހުން އުޅޭ،" ކެމްޕޭގެ ފުރަތަމަ އެއްވުމުގައި ޓްރަމްޕް ވިދާޅުވި އެވެ.
މުސްލިމުންނާ މެދު ފާޅުގައި ވިދާޅުވެފައިވާ ނުރުހުމުގެ ބަސްތަކުގެ ސަބަބުން އެމެރިކާގެ ތެރޭގައި މުސްލިމުންނާ މެދު އިތުރު ނަފްރަތާއި ރުޅިވެރިކަން ބޮޑުވެގެންދާނެ އެވެ. ޑިސެމްބަރު 7، 2015 ގައި ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެކި ގައުމުތަކުން އެމެރިކާ އަށް މުސްލިމުން އައުން، އޭނާގެ ވެރިކަމެއްގައި މުޅިން ހުއްޓުވާނެ ކަމަށެވެ. އަދި އެމެރިކާގައި އުޅޭ މުސްލިމުންގެ ހިތްތަކުގައި އެމެރިކާ ރައްޔިތުންނާ މެދު ވަރަށް ބޮޑު ނުރުހުންތެރިކަމެއް އޮންނަ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
އޭގެ އިތުރުން ކިތަންމެ ތަނެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ މުސްލިމުންނާ މެދު އެމެރިކާގެ އާންމު ރައްޔިތުންގެ މެދުގައި ރުޅިވެރިކަން އިތުރުވާނޭ ފަދަ ބަސްތައް ވިދާޅުވެފަ އެވެ. ނޮވެމްބަރު 21، 2015 ގައި ބާމިންހަމްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި ވޯލްޑް ޓްރޭޑް ސެންޓަރު ގޮއްވައިލުމާ ގުޅިގެން މުސްލިމުން ދިޔައީ އުފާ ފާޅުކުރަމުންނެވެ.
މާޗް 9، 2016 ގައި ސީއެންއެން އިން ދެއްކި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވި އެވެ؛ އަޅުގަނޑަށް ހީވަނީ އިސްލާމް ދީން އަހަރެމެންނަށް ނަފްރަތު ކުރާހެން. އަހަރެމެންނާ މެދު ވަރަށް ބޮޑު ދެކޮޅުވެރިކަމެއް އެބަ އޮތް. މި ކަމުގެ އެންމެ ފުނަށް ބަލަން އެބަ ޖެހޭ. ގަބޫލު ވެސް ނުކުރެވޭހާ ބޮޑު ދެކޮޅުވެރިކަމެއް އެބަ އޮތް."
މިއަދު އެމެރިކާގެ ރިއާސަތާ ހަވާލުވެވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕު. --ފޮޓޯ އޭޕީ
އެމެރިކާގެ 45 ވަނަ ރައީސްގެ ގޮތުގައި ޓްރަމްޕް މާދަމާ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ އިރު، އޭނާ ވެގެންދާނީ ފަސްބައިގެ ކިލަނބުކަން ވެސް އެންމެ ބޮޑު ރައީސަށެވެ. ޚާއްސަކޮށް އަންހެން ކުދިންނާ އެކު އޭނާ ހިންގެވި ކަމަށް ތުހުމަތުކުރެވޭ ނަހަމަ ގުޅުންތަކުގެ ހިޔަނި، އޭނާގެ ޝަޚްސިއްޔަތަށް ވަރަށް ބޮޑަށް އެޅިގެންދާނެ އެވެ.
އޭނާ ޖިންސީ ގޮތުން ގޯނާ ކުރެއްވި ކަމަށް ތުހުމަތުކުރާ އަންހެނެއް ކަމަށްވާ ސަމާ ޒެރްވޯސް، މިދިޔަ އަންގާރަ ދުވަހު ވަނީ ޓްރަމްޕާ ދެކޮޅަށް އަބުރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފަ އެވެ. އެއީ ބެވަލީ ހިލްސްގެ ހޮޓަލެއްގެ ތެރޭގައި އުޅެނިކޮށް އޭނާގެ ރުހުމެއް ނެތި ޓްރަމްޕް އޭނާގެ ތުންފަތުގައި ކިސްކޮށް ބައްދައި ހެދި ވާހަކަ ދައްކާފައި ވަނިކޮށް، ޓްރަމްޕް އެ ވާހަކަތައް ދޮގު ކުރުމުން އޭނާގެ އަބުރު ގެއްލިފައިވާ ކަމަށް ބުނެ އެވެ.
ޓްރަމްގެ ޖިންސީ ގޯނާތަކާ ކުރިމަތިލާން ޖެހުނު ކަމަށް ބުނާ އަންހެނުންތަކުގެ ތެރެއިން ސަމާ ޒެރްވޯސް. ފޮޓޯ ގެޓީ އިމޭޖް
ސަމާ ބުނެފައިވަނީ، އޭނާގެ ނުރުހުމުގައި ޓްރަމްޕު ކުރި ކަންތަކަށާއި، އޭގެ އިތުރުން އެހެން އަންހެނުންނާ އެކު ޓްރަމްޕް ހިންގާފައިވާ ނަހަމަ ޖިންސީ ގުޅުންތަކަށް އިއުތިރާފް ވަނިކޮށް މިހާރު ވެސް އެ މައްސަލަ އަނބުރާ ނަގާނެ ކަމަށެވެ. އަދި އެކަމަށް ފައިސާގެ ބަދަލެއް ވެސް ބޭނުން ނުވާ ކަމަށް ސަމާ ބުނެފައިވެ އެވެ.
އެމެރިކާގެ އެންމެ މަގުބޫލު އެއް ރައީސް ކަމަށްވާ ބަރަކް އޮބާމާގެ ދައުރު މިއަދު ފުރިހަމަ ކުރައްވައި ނިންމަވާނެ އެވެ. އަދި މަގްބޫލުކަން އެންމެ ކުޑަ ރައީސްގެ ގޮތުގައި ޑޮނަލްޑް ޓްރަމްޕް މިއަދު އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ އެވެ. މަގާމާ މިއަދު ހަވާލުވެވަޑައިގަންނަވާ އިރު، އާންމު ރައްޔިތުންގެ މެދުގައި ޓްރަމްޕުގެ މަގުބޫލުކަން ހުރީ އެންމެ 40 ޕަސެންޓްގަ އެވެ.
ޓްރަމްޕާ ދެކޮޅަށް އެމެރިކާގައި ކުރި މުޒާހަރާއެއް. ފޮޓޯ އޭޕީ
އޮބާމާ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު އޭނާގެ މަގްބޫލުކަން ހުރީ 64 ޕަސެންޓްގަ އެވެ. ކްލިންޓަން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު މަގްބޫލުކަން ހުރީ 67 ޕަސެންޓްގަ އެވެ. ޖޯޖް ޑަބްލިޔޫ ބުޝްގެ މަގްބޫލުކަން ހުރީ 61 ޕަސެންޓްގަ އެވެ.
ޔަހޫދީން ހިތްހަމަޖައްސައިދޭން މެކްރޯން ވެސް އިޒްރޭލަށް
ވައުދުވެވިގެންވާ ބިމުގެ ހައްގުވެރިންނަކީ ކޮބާ؟
ޓްރަމްޕާއި ނަތަންޔާހޫގެ އަނިޔާ ސިއްރެއް ނުކުރެވޭނެ
ގުދުސްގައި ކްރިސްމަސް ފާހަގަކުރުން ފަނޑު ގޮތަކަށް
ސީސީ އާއި އައްބާސް މިއަދު ބައްދަލުކުރައްވަނީ
އަރަބި ވެރިން ބޭނުމީ ފަލަސްތީނުގެ މިނިވަން ދައުލަތެއް
ދެ ދައުލަތް އުފެއްދުމުގެ ޚިޔާލު ޓްރަމްޕް ދޫކޮށްލައްވައިފި
އެމްބަސީ ގުދުސަށް ބަދަލު ކޮށްފިއްޔާ މުޅި ތަން ގޮވާނެ
އެމެރިކާ އެމްބަސީ ގުދުސަށް: އަލިފާނަށް ތެޔޮ އެޅުމަށް
އިންތިޚާބު ހެކްކުރި ކަމަށް ބުނާ މައްސަލަ ބަލަން އަންގައިފި