Roadha Mihaaru

މެރިން އިކުއިޕްމަންޓަސްގައި ސްޓާ ބްރައިޓް އުފެއްދުންތައް ރީސްޓޮކް ކޮށްފި

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މެރިން އުފެއްދުންތައް ވިއްކާ މެރިން އިކުއިޕްމަންޓްސްގައި "ސްޓާ ބްރައިޓް"ގެ އުފެއްދުންތައް ރީސްޓޮކް ކޮށްފި އެވެ.

ސްޓާ ބްރައިޓް އުފެއްދުންތައް ރީސްޓޮކް ކޮށްފި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

17 ޖުލައި 2025

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މެރިން އުފެއްދުންތައް ވިއްކާ މެރިން އިކުއިޕްމަންޓްސްގައި "ސްޓާ ބްރައިޓް"ގެ އުފެއްދުންތައް ރީސްޓޮކް ކޮށްފި އެވެ.

ސްޓާ ބްރައިޓް އަކީ ވެކްސަސް، ޕޮލިޝް، ކްލީނާސް އަދި ޓީކް ފިނިޝަސް އާއި މޮޓޯ އޮއިލް އާއި ފިއުލް އެޑިޓިވްސް ފަދަ ޕްރޮޑަކްޓުތައް އުފެއްދުމުގައި މެރިން ދާއިރާގެ އެންމެ ކުރީ ސަފުގައި ހިމެނޭ މެނުފެކްޗަރާ އެވެ. ސްޓާ ބްރައިޓްގެ ކޮންމެ އުފެއްދުމަކީ އެ ކުންފުނީގެ އަމިއްލަ ބޯޓުތަކުގައި ޓެސްޓު ކުރުމަށް ފަހު ނެރޭ އުފެއްދުންތަކަކަށްވުމުން މިއީ އެންމެ ރަނގަޅު ފެންވަރުގެ އުފެއްދުންތައް ނެރޭ އެއް ކުންފުނި ކަމަށް މެރިން އިކުއިޕްމަންޓްސް އިން ބުންޏެވެ.

މެރިން އިކުއިޕްމަންޓްސްއިން ރީސްޓޮކްކުރި ބައެއް ޕްރޮޑަކްޓުތައް.

އެތަނުން ރީސްޓޮކް ކުރި "ސްޓާ ބްރައިޓް"ގެ ޕްރޮޑަކްޓުތަކުގެ ތެރޭގައި ގްރީސް ކާޓްރިޖް، ރަސްޓް އީޓާ އެންޑް ކޮންވާޓް، ފެބްރިކް ކްލީނާ ފަދަ ގިނަ އުފެއްދުންތައް ހިމެނެ އެވެ. އަދި މިފަހަރު ރީސްޓޮކް ކުރި ޕްރޮޑަކްޓުތަކުގެ ތެރޭގައި ރެއިން ރިޕަލެންޓެއް ކަމަށްވާ "ރެއިން ވިއު" ހިމެނެ އެވެ.

"ރެއިން ވިއު" އަކީ ކަނޑުއުޅަނދުފަހަރުގެ ކުޑަދޮރުތަކާއި ވިންޑްޝީލްޑު އަދި ވިންޑްސްކްރީނަށް ހާއްސަ ޕްރޮޑަކްޓެކެވެ. "ރެއިން ވިއު" ބޭނުން ކުރުމުން ވިއްސާރައިގައި ވައިޕަރަކާއި ނުލާ ވެސް ރީތިކޮށް ބޭރު ފެންނަ މިންވަރަށް ވިންޑްޝީލްޑްތައް ސާފުކޮށް ހުންނާނެ އެވެ. "ރެއިން ވިއު" ބޭނުން ކުރުމުން ވިއްސާރައިގެން އިތުރުން ރާޅު ޖެހިޔަސް، ފެނުގެ އަސަރު ދޮރުތަކުގައި ހުންނަ މިންވަރު ކުޑަ ކޮށްދޭނެ އެވެ. މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން މި ފަދަ ޕްރޮޑަކްޓަކީ ކަނޑުދަތުރުތައް ކުރާ ފަރާތްތަކަށް ބޭނުންތެރި ޕްރޮޑަކްޓެއްގެ ގޮތުގައި މެރިން އިކުއިޕްމަންޓސް އިން ސިފަކުރެ އެވެ.

ސްޓާ ބްރައިޓް ޕްރޮޑަކްޓްތަކަކީ އެ އުފެއްދުންތަކުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާ މިންވަރު ވީހާވެސް ކުޑަ ވާނެ ގޮތަކަށް ތައްޔާރުކޮށްފައިވާ ޕްރޮޑަކްޓުތަކެކެވެ. މި ބްރޭންޑުގެ އުފެއްދުންތައް މާލޭގެ ހިރިޔާ ސްކޫލް ކައިރީގައި ހުންނަ މެރިން އިކުއިޕްމަންޓްސް ޝޯރޫމުން ލިބޭނެ އެވެ. އަދި އެމްއެމްއޭ ފުރަގަހުގައި ހުންނަ ގޯޅީގައި ހުންނަ މެރިން މާސްޓާ އާއި ހުޅުމާލެ ފޭސް އެކެއްގެ ރެނާޓަސްގައި ހުންނަ މެރިން މާސްޓާ ފިހާރައިން ވެސް މި ބްރޭންޑުގެ އެކި އުފެއްދުންތައް ލިބެން ހުންނާނެ އެވެ.

މެރިން އިކުއިޕްމަންޓްސް އަކީ މެރިން ދާއިރާގައި ފެންވަރު ރަނގަޅު އުފެއްދުންތަކާއި ވަސީލަތްތައް އަދި ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.