Roadha Mihaaru
ބޯޓް ސޭފްޓީއާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

ކަނޑު އުޅަނދުތަކުގެ ސަލާމަތީ ކަންކަން ފުރިހަމަ ކުރަން އެއްބަސްވެއްޖެ

26 އޮކްޓޯބަރ 2019

ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް އަލްޝާލީ މެރިން އާއި މެރިން އިކުއިޕްމަންޓްސްއާ ދެމެދު އެއްބަސްވުމެއްގައި މިރޭ ސޮއިކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް އަލްޝާލީ މެރިން އާއި މެރިން އިކުއިޕްމަންޓްސްއާ ދެމެދު އެއްބަސްވުމެއްގައި މިރޭ ސޮއިކޮށްފި އެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ ނިންމުމުގެ ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި އަލްޝާލީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއިލް ޝަރީފެވެ. މެރިން އިކުއިޕްމަންޓްސް އިން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އަހުމަދު އަޒްމީލް އެވެ.

ރާއްޖޭގެ ކަނޑު އުޅަނދުތަކުގެ ސަލާމަތީ ކަންކަން އިތުރަށް ފުރިހަމަ ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން، މި އެއްބަސްވުމުގެ ދަށުން ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރާނެ އެވެ. އަދި އެ ކަންތައް ފާހަގަކޮށް، ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތައް ދިރާސާ ކުރާނެ އެވެ.

އަލްޝާލީގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއިލް ޝަރީފް ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ރައްޔިތުން އިތުރަށް ހޭލުންތެރި ކުރާނެ އެވެ. އަދި ކަނޑުމަތީގެ ހާދިސާތައް ވެސް މަދު ކުރަން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.