Roadha Mihaaru
މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް އަލްޝާލީ

މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް މިފަހަރު އަލްޝާލީ

06 ޑިސެމްބަރ 2020

މި މަހު ބާއްވާ މޯލްޑިވްސް މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް އަލްޝާލީ މެރިން ހަމަޖައްސައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި މަހު ބާއްވާ މޯލްޑިވްސް މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް އަލްޝާލީ މެރިން ހަމަޖައްސައިފި އެވެ.

ރާއްޖޭގައި ބާއްވާ، ކަނޑުގެ އުޅަނދުފަހަރުގެ އެންމެ ބޮޑު އެކްސްޕޯ، "މޯލްޑިވްސް މެރިން އެކްސްޕޯ" މި އަހަރުގެ އެޑިޝަން ބާއްވާނީ މި މަހުގެ 20-22 އަށެވެ.

ރާއްޖޭގެ ކަނޑުގެ އުޅަނދުފަހަރު ވިއްކުމުގައި މަޝްހޫރު ކުންފުނި، އަލް ޝާލީ ވަނީ ވޭތިވެދިޔަ އަހަރުތަކުގައި ވެސް މެރިން އެކްސްޕޯގެ ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެފަ އެވެ. އަދި މި އެކްސްޕޯގެ ތެރެއިން ކަނޑުގެ ދަތުރުފަތުރު ކުރުމުގައި ގެންގުޅޭ އާ އުފެއްދުންތައް ވެސް ދައްކާލައިފައިވެ އެވެ. އެގޮތުން މަސްވެރިކަން ކުރުމަށް ހާއްސަ ލޯންޗެއް މިދިޔަ އަހަރު އެ ކުންފުނިން މި އެކްސްޕޯގައި ދައްކާލައިފައި ވެ އެވެ.

ކަނޑު އުޅަނދުފަހަރުގެ އެންމެ ބޮޑު އެކްސްޕޯ "މޯލްޑިވްސް މެރިން އެކްސްޕޯ 2019" ގެ ތެރެއިން: މިއީ އަލްޝާލީ އިން ދައްކައިލި މަސްވެރިކަމަށް ހާއްސަ ލޯންޗު--- ފައިލް ފޮޓޯ: މިހާރު

ކަނޑު އުޅަނދުފަހަރުގެ އެންމެ ބޮޑު އެކްސްޕޯ "މޯލްޑިވްސް މެރިން އެކްސްޕޯ 2019" ގެ ތެރެއިން: މިއީ އަލްޝާލީ އިން ދައްކައިލި މަސްވެރިކަމަށް ހާއްސަ ލޯންޗު--- ފައިލް ފޮޓޯ: މިހާރު

މި އެކްޒިބިޝަންގައި މައިގަނޑު ތިން ކަމެއް ކުރިއަށް ގެންދާނެ އެވެ. އޭގެތެރޭގައި އޮޑިޓޯރިއަމް ހަރަކާތާއި ނެޓްވޯކް ޒޯންގެ އިތުރުން އެކްސްޕޯ ހޯލްގެ ނަމުގައި ބާއްވާ ހަރަކާތެއް ހިމެނެ އެވެ.

ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން މި އެކްސްޕޯ ކުރިއަށް ގެންދާތާ މިހާރު ހަ އަހަރުވެފައިވާއިރު، މިއީ ބޯޓުތަކާއި ކަނޑުގެ އުޅަނދުފަހަރު، ބައިނަލްއަގްވާމީ ޕްލެޓްފޯމެއްގައި ދައްކައިލުމަށް ލިބޭ ފުރުސަތެކެވެ. އެގޮތުން، އުޅަނދުފަހަރު ބަންނަ މީހުންނާއި ސަޕްލަޔަރުންނާއި ހިދުމަތް ފޯރުކޮށްދޭ މީހުންގެ އިތުރުން ބޮޑެތި ކުންފުނިތަކުންނާއި ވިޔަފާރިވެރިންނާ ގުޅުން ބަދަހި ކުރުމަށް މި އެކްސްޕޯގެ ތެރެއިން ފުރުސަތު ލިބޭނެ އެވެ.