ބޯޓިންގެ ދާއިރާ އިން ޒުވާނުން ތަމްރީނު ކުރުމަށް އެޗްޑީސީ އާއި އެމްއައިޓީޑީސީ ގުޅިގެން ހުޅުވާލި "އާބަން ޔޫތު" ޕްރޮގްރާމްގެ 10 ބައިވެރިންނަށް އެކަމުގެ ލިޔުން އިއްޔެ ހަވާލުކޮށްފި އެވެ.
19 ޑިސެމްބަރ 2022
ބޯޓިންގެ ދާއިރާ އިން ޒުވާނުން ތަމްރީނު ކުރުމަށް އެޗްޑީސީ އާއި އެމްއައިޓީޑީސީ ގުޅިގެން ހުޅުވާލި "އާބަން ޔޫތު" ޕްރޮގްރާމްގެ 10 ބައިވެރިންނަށް އެކަމުގެ ލިޔުން އިއްޔެ ހަވާލުކޮށްފި އެވެ.
އެޗްޑީސީން ބުނީ އެ ތަމްރީނުގެ މަގުސަދަކީ، ހަރުދަނާ އަދި ހުނަރުވެރި ޒުވާނުން މުޖުތަމައުގައި ބިނާކުރުން ކަމަށެވެ. އެ ތަމްރީނު ފުރިހަމަ ކުރުމުން ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް މޮޓޯބޯޓް އޮޕަރޭޓް ކުރެވޭ ރޯޔަލް ޔޮޓިން އެސޯސިއޭޝަންގެ ލައިސަންސް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
އެ ތަމްރީނުގައި ބައިވެރިވާން ފުރުސަތު ހުޅުވައިލީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދު ޒުވާނުންނަށެވެ. ތަމްރީނުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް 10 ނިންމައި، އިނގިރޭސި ބަހުން ފަރިތަކަމާ އެކު ވާހަކަ ދައްކަން އެނގުން ހިމެނެ އެވެ. ތަމްރީނަށް މީހުން ނެގި އިރު، މޫދު ކުޅިވަރުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަން ދިނެވެ.
ތަމްރީނުގައި ދެ ދުވަހުގެ ތިއަރީ ތަމްރީނުތަކެއް ދޭނެ އެވެ. އަދި ރާއްޖެއިން ބޭރުގައި 10 ހަފުތާ އަށް އަމަލީ ތަޖުރިބާ ހޯދުން އޮންނާނެ އެވެ. ތަމްރީނު ފުރިހަމަކުރާ މީހުންނަށް ގަލްފުގެ ގައުމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލެ ޗެނަލްގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާ
ޔާމީނަށް ބަދަލު ދޭން އެންގި ނިންމުން އިސްތިއުނާފަށް
ހުޅުމާލެ ރަށު މާރުކޭޓުން 5 ގޮޅި ކުއްޔަށް ދޫކުރަނީ
އެސްޓީއޯ ހޮޓާއަގުކޮށް ހުޅުމާލެ2 ގެ ބިމަކާ ބަދަލުކޮށްފި
ހުޅުމާލެ2 ގައި ދެ މިސްކިތް އަޅަން ބިން ހަވާލުކޮށްފި
ވިނަރެސްގެ އެޗްޑީސީ އޮފީހުން ބިލުތައް ބަލައިގަންނާނެ
ލާޖައްސައިގެން ހުޅުމާލެ 2 ގެ ބިމެއް ބީއެމްއެލް އަށް
ރަސްމާލެ ސަރަހައްދުގައި ޑައިވް ނުކުރަން އެދިއްޖެ
ކުޅުދުއްފުށީ 2000 ހައުސިންޔުނިޓް އަޅަން ހަވާލުކޮށްފި
ނޮޅިވަރަންފަރުގައި އިތުރު 100 ހައުސިން ޔުނިޓް އަޅަނީ