ހުޅުމާލެ ރަށު މާރުކެޓުން ފަސް ގޮޅިއެއް ކުއްޔަށް ދޫކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު އިއުލާންކޮށްފި އެވެ.
08 ސެޕްޓެމްބަރ 2025
ހުޅުމާލެ ރަށު މާރުކެޓުން ފަސް ގޮޅިއެއް ކުއްޔަށް ދޫކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު އިއުލާންކޮށްފި އެވެ.
އެޗްޑީސީގެ އިއުލާނުގައި ބުނީ ވަގުތުން ބޭނުންކުރެވޭ ގޮތަށް ހުރި ގޮޅިތައް ލިބޭ މީހުން ކަނޑައަޅާނީ ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ މެދުގައި ގުރު ނަގައިގެން ކަމަށެވެ.
ގޮޅިތައް ކުއްޔަށް ހިފަން އެދޭ މީހުން ހުށަހަޅަން ޖެހޭ ފޯމު އެ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ އެވެ. އެ ފޯމް ބަލައިގަންނާނީ ހަމައެކަނި އީމެއިލް އިންނެވެ. މެއިލް ކުރާނީ sales@hdc.mv އަށެވެ.
ފޯމު ހުށަހަޅަން ހުޅުވާލާފައި ވަނީ މާދަމާ ހެނދުނު 8:30 އިން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރު 3:30 އާ ހަމައަށެވެ. ގޮޅިތަކަށް ކުރިމަތިލާ މީހުންގެ މެދުގައި ގުރުއަތު ނަގާނީ އަންނަ މަހުގެ 16 ވަނަ ދުވަހު ހެނދުނު 10:00ގަ އެވެ.
އެޗްޑީސީން ބުނި ގޮތުގައި ދެ އަހަރަށް ދޫކުރާ އެ ގޮޅިތަކަކީ 73.33 އަކަފޫޓުގެ ތަންތަނެވެ.
ގޮޅިއަށް މަހު ކުލީގެ ގޮތުގައި 7،500ރ. ދައްކަން ޖެހޭއިރު ލީސް ޑިޕޮސިޓްގެ ގޮތުގައި 22،500ރ. ދައްކަންޖެހެ އެވެ.
މީގެ ކުރިން މާރުކޭޓު ގޮޅިތައް ދޫ ކުރަމުން އައީ ބީލަން އުސޫލުންނެވެ. އެގޮތުން ގޮޅި ދެނީ ބީލަމުގެ އުސޫލުން ފޯމު ހުށައަޅާ މީހުންގެ ތެރެއިން އެންމެ މަތީ އަގު ހުށައަޅާ މީހަކަށެވެ.
ހުޅުމާލޭގެ ވަގުތީ މަސްމާރުކޭޓް ހިންގަން ކުއްޔަށް ދެނީ
ހުޅުމާލޭގެ އާ މާރުކޭޓުގެ ގޮޅިތައް ހަވާލުކުރަން ފަަށައިފި
ހުޅުމާލޭ މާރުކޭޓް ގޮޅިތައް ކުއްޔަށް ދޭން އިއުލާނުކޮށްފި
ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ މާރުކޭޓެއް ހަދަނީ
ހުޅުމާލޭގައި ދާއިމީ ލޯކަލް މާރުކޭޓެއް ހަދަނީ
ނުފޫޒުން އެޗްޑީސީ ބިންތަކެއް ދޫކުރި ސްޓާފަކު ސަސްޕެންޑު
މީޑިއާ ވިލެޖާއެކު ހުޅުމާލޭގައި ފަސް ތަރީގެ ހޮޓަލެއް
ހުޅުމާލޭގައި ނުނިމިހުރި ހައުސިން ޕްރޮޖެކްޓުތައް ބަލަނީ
ހުޅުމާލޭގައި 60 ރުއް އިންދައިފި
ޒިންމާތަކުން ދުރުކުރި ވެރިން އަދިވެސް އެ ގޮތުގައި!