Roadha Mihaaru

ލާޖައްސައިގެން ހުޅުމާލެ 2 ގެ ބިމެއް ބީއެމްއެލް އަށް

ހުޅުމާލެ 2 ގައި އޮންނަ ބިމެއް ލާޖައްސައިގެން ބީއެމްއެލް އަށް ބަދަލުކޮށްފި އެވެ.

ލާޖައްސައިގެން ހުޅުމާލެ 2 ގެ ބިމެއް ބީއެމްއެލް އަށް

ހުޅުމާލެ 2 ގައި އޮންނަ ބިމެއް ލާޖައްސައިގެން ބީއެމްއެލް އަށް ބަދަލުކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ހުޅުމާލެ 2 ގައި އޮތް އެ ބިމުގެ މިލްކުވެރިކަން ބީއެމްއެލް އަށް ބަދަލުކުރީ އެ ބޭންކުގެ ނަމުގައި ހުޅުމާލެ 1 ގައި އޮތް ބިމަކާ ލާޖައްސައިގެންނެވެ. އެ ދެ ބިމަކީ ވެސް 15،800 އަކަފޫޓުގެ ދެ ބިމެވެ.

އެ މުއާމަލާތާ ގުޅިގެން ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައިވަނީ ލާޖެއްސުމުގެ މުއާމަލާތްތަކުގައި ދައުލަތުގެ ފަރާތުން ބިމުގެ ކަންކަން ހަވާލު ކޮށްފައިވާ ނާޒިރުގެ ރުހުން އޮތްތޯ ބަލަން ޖެހޭ ނަމަވެސް އެ ދެ ބިމަކީ އެޗްޑީސީގެ އިހުތިސާސްގެ ތެރޭގައި އޮތް ދެ ބިން ކަމަށް ވާތީ އެކަމުގައި ރުހުން އޮތްތޯ ބަލަން ނުޖެހޭ ކަމަށެވެ. އެ މުއާމަލާތުގައި ގާނޫނީ ހުރަހެއް ނެތުމުން އެއީ ސައްހަ މުއާމަލާތެއް ކަމަށް ހުކުމުގައިވެ އެވެ.

އެހެންވެ، ހުޅުމާލެ 2 ގެ ބިމުގެ މިލްކުވެރިކަން ބީއެމްއެލް އަށް އަދި ހުޅުމާލެ 1 ގެ ބިމުގެ މިލްކުވެރިކަން އެޗްޑީސީ އަށް ލިބިގެންވާ ކަމަށް އެ ހުކުމުގައިވެ އެވެ.

މީގެ ކުރިން ބީއެމްއެލް އިން ހުޅުމާލެ އިން ބިމެއް ގަނެފައިވެ އެވެ.