ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު، ހުޅުމާލެއިން 9.4 މިލިއަން ރުފިޔާއަށް ބޮޑު ބިމެއް ބައްލަވައިގެންފި އެވެ.
20 ސެޕްޓެމްބަރ 2024
ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު، ހުޅުމާލެއިން 9.4 މިލިއަން ރުފިޔާއަށް ބޮޑު ބިމެއް ބައްލަވައިގެންފި އެވެ.
ބިމުގެ މިލްކުވެރިކަން ކަނޑައަޅައި، ސިވިލް ކޯޓުން އިއްޔެ ނިންމި މައްސަލައިގައިވާ ގޮތުން ހުޅުމާލެ ދެ ވަނަ ފިޔަވަހިން ޝުޖާއު ބައްލަވައިގެންފައިވަނީ 2،196.37 އަކަފޫޓުގެ ބިމެކެވެ. އަގަކީ 8،785،480ރ. އެވެ. އެކަމަކު ޖީއެސްޓީއާ އެކު 9،488،318ރ. އެޗްޑީސީއަށް ދައްކައި ހަލާސްކޮށްފައިވާ ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.
އެހެންވެ، ލޮޓް 20339 ގެ މިލްކުވެރި ފަރާތަކީ ޝުޖާއު ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
ޝުޖާއު މަޖިލީހަށް އެންމެ ފުރަތަމަ ހޮވިވަޑައިގަތީ 2014 ވަނަ އަހަރުގެ އިންތިހާބުގަ އެވެ. ފަސް އަހަރުގެ ދައުރަކަށް ފަހު، ބާރަށު ގޮނޑިއަށް ދެ ވަނަ ފަހަރު 2019 ގައި ވާދަކުރެއްވި ނަމަވެސް ކާމިޔާބެއް ނުވި އެވެ.
އޭގެ ފަހުން، ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ޓިކެޓުގައި މަޖިލިސް ގޮނޑިއަށް އަލުން ހޮވިވަޑައިގަތުމާ ހަމައަށް 2021 ވަނަ އަހަރުން ފެށިގެން ޝުޖާއު ހުންނެވީ މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރަކަށެވެ.
ހުޅުމާލެއިން ޝުޖާއު ބޮޑު ބިމެއް ބައްލަވައިގެންނެވިއިރު، ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވެސް ވަނީ 3.1 މިލިއަން ރުފިޔާއަށް އެފްޑަބްލިއު ރެސިޑެންސް އިން ފްލެޓެއް ބައްލަވައިގެންފަ އެވެ. އޭނާގެ އިތުރުން މިދިޔަ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ޒިފްލީން ހަސަން ވެސް ވަނީ ހުޅުމާލޭގެ އެފްޑަބްލިއު ރެސިޑެންސްގެ ފްލެޓެއް 3.5 މިލިއަން ރުފިޔާއަށް ބައްލަވައިގެންފަ އެވެ.
ހަލީލް ވިދާޅުވި ގޮތުގައި އޭނާ ފްލެޓެއް ބައްލަވައިގަތީ މީގެ ފަސް އަހަރު ކުރިން ލޯނެއް ނަންގަވައިގެންނެވެ ކަމަށެވެ. ޒިފްލީން ވިދާޅުވެފައިވާ ގޮތުގައި އޭނާ ބައްލަވައިގެން ފްލެޓަކީ ސްޓޭޓް މިނިސްޓަރުކަން ލިބިވަޑައިގަތުމުގެ ކުރިން ވެސް ދިރިއުޅުއްވަމުން ގެންދެވި ތަނެވެ. އެތާ އުޅުއްވާތާ މިހާރު ހަތަރު އަހަރު ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖާހުގެ އެއްބަސްވުން އެޗްޑީސީން އުވާލި މައްސަލަ ކޯޓަށް
ސޭފްހޯމް އަށް ހުޅުމާލޭން 31މިލިއަނަށް ބިމެއް ގަނެފި
ވިނަރެސްގެ އެޕާޓްމެންޓެއް ވިއްކުން ހުއްޓުވައިފި
އެސްޖޭއިން 15 މިލިއަނަށް ބިމެއް ގަނެފި
ނުހައްގު ގޯތި ހޯދި ފަޒީލްގެ ބިމެއް މާލޭގައި އޮވޭ
އެޗްޑީސީ އަށް ކުންފުނިތަކުން ނުލިބި 1.2 ބިލިއަން!
ހެލްތު މިނިސްޓަރު ހަލީލް ފްލެޓެއް ބައްލަވައިގެންފި
ފްލެޓް ގަތީ މަގާމުގެ ލިބުމުގެ ކުރިން: ޒިފްލީން
ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ފްލެޓެއް ގަނެފި
ކޭޕާކްއާ ގުޅޭ ލިޔުންތައް ދޭން އެޗްޑީސީއަށް އަންގައިފި