ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ބައިތިއްބާ "ސޭފް ހޯމް" ފެސިލިޓީއެއް ތަރައްގީކުރަން ސަރުކާރުން 31 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަނެފި އެވެ.
11 އެޕްރީލް 2025
ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ބައިތިއްބާ "ސޭފް ހޯމް" ފެސިލިޓީއެއް ތަރައްގީކުރަން ސަރުކާރުން 31 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަނެފި އެވެ.
ސިވިލް ކޯޓުގެ ހުކުމުގައިވާ ގޮތުން މި ބިން އެޗްޑީސީން ވިއްކާފައި ވަނީ ފެމިލީ މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
ހުޅުމާލޭ ލޮޓް ނަމްބަރު 11707 (A2-1) ގެ ބިން 31.5 މިލިއަން ރުފިޔާއަށް ފިނޭންސް މިނިސްޓްރީއަށް ވިއްކުމަށް އެޗްޑީސީން ހުށަހަޅާފައިވާ މައްސަލާގައި ކޯޓުން ކުރި ހުކުމްގައި ވަނީ މިނިސްޓްރީން އެ ފައިސާ ދައްކައި އެއްކޮށް ހަލާސްކޮށްފައިވާތީ އެ ބިމުގެ މިލްކުވެރި ފަރާތަކީ މިހާރު މިނިސްޓްރީ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ގަނެފައި ވަނީ 10،000 އަކަފޫޓުގެ ބިމެކެވެ.
ސޭފް ހޯމްއަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ދައުލަތުގެ ބެލުމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭން ހަދާ ތަނެކެވެ.
މިއީ 2022 ގައި ރާއްޖެ އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ލިބިފައިވާ އެހީއެއްގައި އަޅާ ތަނެކެވެ.
ހުޅުމާލޭގެ އިތުރުން އައްޑު އާއި ރ. އުނގޫފާރުގައި ވެސް ސޭފް ހޯމް އެޅުމަށް އޭރު އޮތީ ނިންމައިފަ އެވެ.
ހުޅުމާލޭ ބިންތަކެއް 878 މިލިއަނަށް ސަރުކާރުން ގަނެފި
ޖާހުގެ އެއްބަސްވުން އެޗްޑީސީން އުވާލި މައްސަލަ ކޯޓަށް
ވިނަރެސްގެ އެޕާޓްމެންޓެއް ވިއްކުން ހުއްޓުވައިފި
ހޮސްޕިޓަލް މަޝްރޫއަށް ޓެކްސް ދެއްކުން ފަސްކުރާ އަމުރެއް
އެސްޖޭއިން 15 މިލިއަނަށް ބިމެއް ގަނެފި
ނުހައްގު ގޯތި ހޯދި ފަޒީލްގެ ބިމެއް މާލޭގައި އޮވޭ
އެފްޑީސީގެ 1 ބިލިއަނުގެ ހިއްސާއަށް 19 ބިމެއް ދީފި
ހުޅުމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަށް ބިން ދީފި
ޝުޖާއު ހުޅުމާލެއިން 9.4 މިލިއަނަށް ބިމެއް ގަނެފި
ހެލްތު މިނިސްޓަރު ހަލީލް ފްލެޓެއް ބައްލަވައިގެންފި