ހދ. ނޮޅިވަރަންފަރުގައި އިތުރު 100 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް އަންނަ މަހުގެ ކުރީކޮޅު އެޗްޑީސީއާ ހަވާލު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހދ. ނޮޅިވަރަންފަރުގައި އިތުރު 100 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް އަންނަ މަހުގެ ކުރީކޮޅު އެޗްޑީސީއާ ހަވާލު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހދ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ނޮޅިވަރަންފަރު ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ، އެ 100 ހައުސިން ޔުނިޓް އިމާރާތް ކުރަން ގަސްދު ކުރައްވަނީ ގޯތި ލިބި އެކަމަކު އެ ގޯތީގައި ގެއެއް އެޅުމުގެ ފުރުސަތު ލިބިފައި ނެތް މީހުންނަށް ހާއްސަ ކޮށްގެން ކަމަށެވެ.
"އެ އިން ކޮންމެ ބޭފުޅެއްގެ ގޯތީގައި ތިން ކޮޓަރީގެ ހައުސިން ޔުނިޓެއް އެޅުމުގެ މަޝްރޫއެއްގެ ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދާނީ. އެހެންވީމާ އެ ފަރާތްތައް ކައުންސިލުން ފާހަގަކޮށްދޭންވީ. ކައުންސިލާއި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާނީ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި، އެއިރުން އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމުގައި ދަތިތައް ކުރިމަތިވެފައިވާ މީހުންނަށް ބޮޑު ލުޔެއް ލިބޭނެ އެވެ. އަދި އެއީ ވަރަށް މުހިންމު އެތައް ކަމަކާ ގުޅިފައިވާ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ނޮޅިވަރަންފަރުގައި ކުރިން އިމާރާތް ކޮށްފައިވާ 100 ހައުސިން ޔުނިޓް ރަށު ކައުންސިލާ ހަވާލު ކޮށްދެއްވުމަށް ފަހު ރައީސް މުއިއްޒު ވިދާޅުވީ، ނޮޅިވަރަންފަރަށް 250 ހައުސިން ޔުނިޓް އިތުރަށް ބޭނުންވާ ކަމަށެވެ. އިތުރަށް 100 ހައުސިން ޔުނިޓް އަޅައިދެނީ ވެސް އެހެންވެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މިރޭ ވިދާޅުވީ، ފީފާ ސްޓޭންޑުގެ ފުޓުބޯޅަ ދަނޑަކާއި ސްޕޯޓްސް ކޮމްޕްލެކްސްއެއް ނޮޅިވަރަންފަރުގައި އަޅަން މިރޭ ސޮއިކުރި ކުރުމަކީ ވެސް ބޮޑު ކާމިޔާބީއެއް ކަމަށެވެ. ހާއްސަކޮށް ކުޅިވަރުގެ ދާއިރާ އިން އިތުރު ދޮރުތައް ހުޅުވޭނެ ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
އެ މަސައްކަތް ހަވާލުކުރީ އާރުޑީސީއާ އެވެ. ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ހަވާލުކުރީ އެމްއޭސީއެލްއާ އެވެ.
ހިރިމަރަދޫން ހަނިމާދޫއަށް ހިޖުރަކުރާ މީހުންނަށް ގޯތި
މާލެ ސަރަހައްދުގައި ބިން ހިއްކުން ހަލުވި ކުރަނީ
ތުޅާދޫގައި އިތުރު 100 ހައުސިން ޔުނިޓް އަޅަނީ
ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އާ އިމާރާތް ހުޅުވައިފި
އެޗްޑީސީއާ ހަވާލުވީ ގިނަދުވަހު ހުންނާކަށްނޫން: މައުރޫފް
"ކުންފުނިތަކަށް ބަދަލުތައް ގެންނަން، ފައިދާ ފެނޭ"
ހުޅުމާލޭގެ މާސްޓަޕްލޭނަށް ބަދަލު ގެެނެސް އާންމުކޮށްފި
ހުޅުމާލޭގެ ބައެއް ފްލެޓުތަކުގެ މަރާމާތް އެފްޑީސީ އަށް
ހިޔާގެ 4 ޓަވަރެއްގެ ލިފްޓުތައް ނިންމައި ޓެސްޓުކުރަނީ
އަމިއްލަ ގޯތީގައި ހައުސިން ޔުނިޓްތައް އަޅައިދެނީ