ހުޅުމާލެ 2 ގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމަށް ހިންގާ މަސައްކަތްތަކުގެ ދަށުން ހަތަރު ޓަވަރެއްގެ މަސައްކަތް ނިންމައި މިއަދު ޓެސްޓު ކުރަން ފަށައިފި އެވެ.
ހުޅުމާލެ 2 ގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމަށް ހިންގާ މަސައްކަތްތަކުގެ ދަށުން ހަތަރު ޓަވަރެއްގެ މަސައްކަތް ނިންމައި މިއަދު ޓެސްޓު ކުރަން ފަށައިފި އެވެ.
އެޗްޑީސީގެ ސީއޯއޯ އަހުމަދު އިބްރާހިމް (ޕޮކަންޑި) ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް އިތުރު ކުރި ލިފްޓުތަކާ އެކު، ލިފްޓު މަދުވެ، ގިނަ އިރުތަކެއް ވަންދެން ލިފްޓުތަކުގެ އިންތިޒާރުގައި ތިބެން ޖެހުމުގެ މައްސަލަ އަށް ބޮޑު ހައްލެއް ލިބޭނެ ކަަމަށެވެ.
އޭނާ ވިދާޅުވީ، ހިޔާ ފްލެޓު އިމާރާތްތަކުގައި ފަހުން ހަރުކުރަނީ ޖާގަ ބޮޑު ލިފްޓުތަކެއް ކަމަށާއި އެ ލިފްޓުތައް ވަރަށް އަވަހަށް ރަސްމީކޮށް ބޭނުންކުރަން ފަށާނެ ކަމަށެވެ.
މި ވަގުތު މަސައްކަތް ނިންމައި ޓެސްޓަށް ހުޅުވައިލީ ހަތަރު ޓަވަރަކަށް އިތުރުކުރި 8 ލިފްޓެކެވެ. އެޗްޑީސީން ނިންމާފައި ވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ހުރިހާ ލިފްޓެއްގެ މަސައްކަތް ނިންމާށެވެ.
Testing has begun today on the newly installed additional elevators at Hiyaa Flats. This fulfills President @MMuizzu’s presidential pledge to resolve the elevator congestion issue faced by Hiyaa residents for years. These new larger elevators soon to be in service will be a… pic.twitter.com/1wXqdkO9iI
— Pokman ?? (@PokmanMV) April 7, 2025
ހިޔާ ފްލެޓުގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޭޕްރީލް 18 ގަ އެވެ. އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ އެވެ.
އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވިދާޅުވެފައި ވަނީ އަލަށް ހަރުކުރާ 32 ލިފްޓަށް 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ހަރަދުވާ ކަމަށެވެ.
ހިޔާ ފްލެޓުގެ ކޮންމެ ޓަވަރެއްގައި އިތުރަށް ހަރުކުރާ އެއް ލިފްޓަކީ ސްޓްރެޗާ އުފުލޭ ވަރުގެ ބޮޑު ލިފްޓެކެވެ. އަނެއް ލިފްޓަކީ ގާތްގަނޑަކަށް އެއްފަހަރާ 14 މީހުންނަށް އެރެވޭނެ ކެޕޭސިޓީގެ ލިފްޓެކެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި ހިޔާ ފްލެޓްގެ 25 ބުރީގެ 16 ޓަވަރުގެ ތެރެއިން ބައެއް ޓަވަރުގައި ހަތަރެއް އަދި ބައެއް ތަންތަނުގައި ތިން ލިފްޓު ހުރެ އެވެ. ނަމަވެސް، ލިފްޓު މަދުވުމުގެ ސަބަބުން އަރައި ފޭބުމަށް ދަތި ވާތީ އެތަނުގައި ދިރިއުޅޭ މީހުންގެ ޝަކުވާ ފެށުނީއްސުރެ ބޮޑެވެ. އެހެންވެ، އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް މުއިއްޒު ހިޔާ ފްލެޓުގެ މީހުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދަކީ އެ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ ވައުދެވެ.
ހިޔާ 2 ގެ އާ ލިފްޓުތައް ބޭނުންކުރަން ފަށައިފި
ހުޅުމާލޭގެ މާސްޓަޕްލޭނަށް ބަދަލު ގެެނެސް އާންމުކޮށްފި
"4ޓަވަރެއްގައި ލިފްޓު ހަރުކޮށް އޭޕްރީލް މަހު ނިމޭނެ"
ހުޅުމާލެ ކިއޮސްކްތައް ދޫކޮށް ބޭނުންކުރަން ފަށައިފި
ކަންބޮޑުވުންތަކާހެދި ކިއޮސްކުގެ ގުރުއަތުލުން ފަސްކޮށްފި
އެޗްޑީސީގެ ކަސްޓަމާ ޑޭޓާތަކެއް ހެކް ކުރި މައްސަލައެއް
ހިޔާގެ ކުޑަދޮރުން ބޭރަށް ނުފޭބޭ ގޮތް ހަދައިފި
ހިޔާގައި އިތުރު ލިފްޓު ހަރުކުރަން ޗައިނާ ކުންފުންޏަކަށް
ވިނަރެސް ފްލެޓްތަކުގެ ކުލިން 4،200ރ. ކަނޑައިދީފި
އެއްބަސްވުން ބާތިލްކޮށް، ތަން ހުސްކުރަން 14 ދުވަސް!