ހުޅުމާލެ ފޭސް 2 ގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކޮންމެ ޓަވަރަކަށް އިތުރު ދެ ލިފްޓު ހަރުކުރުމަށް ހަވާލުކުރީ ޗައިނާ ކުންފުންޏަކާ ކަން އެނގިއްޖެ އެވެ.
13 ފެބުރުއަރީ 2024
ހުޅުމާލެ ފޭސް 2 ގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކޮންމެ ޓަވަރަކަށް އިތުރު ދެ ލިފްޓު ހަރުކުރުމަށް ހަވާލުކުރީ ޗައިނާ ކުންފުންޏަކާ ކަން އެނގިއްޖެ އެވެ.
ހިޔާގެ ޓަވަރުތަކުގައި އިތުރު ލިފްޓް ބަހައްޓައި ދިނުމަކީ މިދިޔަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ. އެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފައިވާ ކަން ރައީސް ވަނީ މިދިޔަ މަހު ބޭއްވި މާލެ ސިޓީ މޭޔަރު އިންތިހާބުގެ ކެމްޕެއިންގައި އިއުލާން ވެސް ކުރައްވާފަ އެވެ.
އެ މަސައްކަތް ހަވާލުކުރީ ކޮން ބަޔަކާ ކަން ސަރުކާރުން މިހާތަނަށް ހާމަކޮށްފައި ނުވާ ނަމަވެސް އެ މަޝްރޫއާ ބެހޭ މައުލޫމާތު ހިމެނޭ ބޯޑެއް ހިޔާ ފްލެޓުތަކުގެ ލޮބީ ސަރަހައްދުގައި ވަނީ ހަރުކޮށްފަ އެވެ.
އޭގައި ވާގޮތުން އެ މަޝްރޫއު ހަވާލުކުރީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ އެވެ.
އެ މަޝްރޫއު ޗައިނާ ކުންފުންޏާ ހަވާލުކުރި ފައިސާގެ އަދަދު ހާމަ ކޮށްފައި ނުވި ނަމަވެސް މިއަހަރަށް ފާސްކުރި ބަޖެޓްގައިވާ ގޮތުން ހިޔާގެ ޓަވަރުތަކަށް ލިފްޓު އިތުރުކުރުމަށް 200 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.
ހިޔާ ފްލެޓުގައި ލިފްޓް ހަރުކުރުމަށް ޗައިނާ ކުންފުޏަކާ ހަވާލު ކޮށްފައި.-- ފޮޓޯ: މިހާރު
ރިޔާސީ ކެމްޕޭނުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ ހިޔާ ފްލެޓްތަކުގެ ކޮންމެ ޓަވަރެއްގައި ހަރުކުރާ އެއް ލިފްޓަކީ ސްޓްރެޗާ އުފުލޭ ވަރުގެ ބޮޑު ލިފްޓެއް ކަމަށާއި އަނެއް ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެއް ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރި ހިޔާ ފްލެޓްގެ 25 ބުރީގެ 16 ޓަވަރުގެ ތެރެއިން ބައެއް ޓަވަރުގައި ހަތަރެއް އަދި ބައެއް ތަންތަނުގައި ތިން ލިފްޓު ހުރެ އެވެ. ނަމަވެސް، ލިފްޓު މަދުވުމުގެ ސަބަބުން އަރައި ފޭބުމަށް ދަތި ވާތީ އެތަނުގައި ދިރިއުޅޭ މީހުންގެ ޝަކުވާ ބޮޑެވެ. އެ ޓަވަރުތަކުގައި 50،000 އެއްހާ މީހުން މިހާރު އަންނަނީ ދިރިއުޅެމުންނެވެ.
ފްލެޓް އަޅަން 434 މިލިއަން ޑޮލަރަށް ޗައިނާ ސްޓޭޓަށް
ހިޔާގެ 4 ޓަވަރެއްގެ ލިފްޓުތައް ނިންމައި ޓެސްޓުކުރަނީ
ޗައިނާ ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި
ރާއްޖެ-ޗައިނާ 11 އެމްއޯޔޫއެއްގައި ސޮއިކޮށްފި
އެސްސީއޯގެ ދައުރު ފުޅާކުރެވޭނެ ތަސައްވުރެއް ހުށަހަޅައިފި
ޗައިނާ އާއި ރާއްޖޭގެ ގުޅުމަށް ރައީސްގެ ތައުރީފު
ރާއްޖޭގެ ގައުމީ ތަރައްގީއަށް ޗައިނާގެ އެހީގެ ޔަގީންކަން
ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގެންފި
ރައީސް ޗައިނާ އަށް ފުރާވަޑައިގެންފި
4،000 ފްލެޓުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި