ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތްކުރަމުން އަންނަ 4،000 ފްލެޓުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފި އެވެ.
19 ޖޫން 2025
ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތްކުރަމުން އަންނަ 4،000 ފްލެޓުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފި އެވެ.
ރައީސް އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ 4،000 ފްލެޓުގެ މަސައްކަތް ގޮސްފައިވާ ހިސާބު ރައީސް މުއިއްޒު މިއަދު އެ ސަރަހައްދަށް ވަޑައިގެން ބެއްލެވި ކަމަށެވެ. އަދި އެ މަސައްކަތް ގޮސްފައިވާ ހިސާބުގެ ތަފުސީލު ވެސް ރައީސާ ހިއްސާ ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި 4،000 ފްލެޓަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ތަންތަނެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން މި މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.
މި ފްލެޓުތަކުގެ މަސައްކަތް ނިންމައި އަންނަ މަހު ހަވާލުކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.
— The President's Office (@presidencymv) June 19, 2025
މި ފްލެޓްތައް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް މި ސަރުކާރުން މިދިޔަ އެޕްރީލް މަހު ވަނީ އާންމުކޮށްފަ އެވެ.
އެ ލިސްޓުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހަކަށެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 މީހެކެވެ.
މި ފްލެޓްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އެންމެ ފަހުން ބޭއްވި ނިއުސް ކޮންފަރެންސްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ފައިނަލް ލިސްޓްގެ ގޮތުގައި ދެން ބަލާނީ ކުރީގެ ސަރުކާރުން ނެރުނު ލިސްޓު ކަމަށާއި އެ ނޫން ލިސްޓެއްގެ ގޮތުގައި ވިޔަސް، އިތުރު ލިސްޓެއް މި ސަރުކާރުން ނުނެރޭނެ ކަމަށެވެ.
— The President's Office (@presidencymv) June 19, 2025
ނަމަވެސް، ފްލެޓް ލިބުމަށް ޝަރުތު ހަމަނުވާ މީހުން ފައިނަލް ލިސްޓުން އުނިކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޝަރުތުތައް ސާބިތުކުރަން ހުށަހަޅާފައި ވަނީ ސައްހަ ނޫން ލިޔުންތަކެއްކަން ސާބިތުވާ ނަމަ، އެ މީހެއްގެ ފޯމު ބާތިލްކުރާނެ ކަމަށާއި ޝަރުތެއް ހަމަނުވާކަން ސާބިތުވެއްޖެ ނަމަ، އެ މީހެއްގެ ފޯމު ވެސް ބާތިލްކުރާނެ ކަމަށެވެ. އަދި ދެމަފިރިއަކަށް ފްލެޓެއް ލިބިފައިވާ ނަމަ، ފްލެޓް ލިބޭނީ އެތަނުން އެކަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެހެން ސްކީމްތަކުން ބިން ލިބިފައިވާ މީހުންނާއި ގެދޮރު ހުރި މީހުން ވެސް ލިސްޓުން އުނިކުރާނެ ކަމަށާއި އެގޮތަށް އުނިކުރާ މީހުންގެ ޖާގައަށް މީހުން ހޮވާނީ 75 މާކްސް އަށް ވުރެ މަތިން ލިބިފައިވާ މީހުންގެ މެދުގައި ގުރު ނަގައިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފުރަތަމަ 13 ޓަވަރުގައި އޮގަސްޓުމަހު މީހުން ދިރިއުޅޭނެ
ފްލެޓުތައް އަންނަ މަހު ހަވާލުކުރަން ފަށަނީ
ރޯދައިގެ ކުރިން ފްލެޓް ލިސްޓު އާންމުކުރާނަން: ރައީސް
ފްލެޓް ލިސްޓު ނެރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
600ގޯތި ހަވާލުކޮށް، 400 ގޯތީގައި ކަންމުޑިޖަހައިފި
ހުޅުމާލެ 2 އިން 538 ގޯތި ހަވާލުކޮށްފި
އެންމެ އަވަަހަށް ނިންމާ 4 ޓަވަރުގައި ލިފްޓު ހަރުކުރަނީ
ވިނަރެސް ފްލެޓްތަކުގެ ކުލިން 4،200ރ. ކަނޑައިދީފި
ހުޅުމާލެ 3، ގުޅިފަޅުގެ އެލްޔޫޕީ މި ހަފްތާގައި އާންމުކުރަނީ
ގޯތި/ފްލެޓު ރަޖިސްޓަރީ ހަވާލުކުރަން މިހަފުތާގައި ފަށާނެ