Roadha Mihaaru
ހިޔާގެ ކުޑަދޮރުން ބޭރަށް ނުފޭބޭ ގޮތް ހަދައިފި

ހިޔާ ޓަވަރުތަކުގެ ފުރަތަމަ ފްލޯގެ ކުޑަދޮރުން ބޭރަށް ނުފޭބޭ ގޮތަށް ގްރިލްސް ހަރުކޮށްފި

31 މެއި 2024

ހިޔާ ޓަވަރުތަކުގެ ފުރަތަމަ ފްލޯގެ ކުޑަދޮރުން ބޭރަށް ނުދެވޭ ގޮތަށް ސެކްއާ ގްރިލްސް ހަރުކޮށްފި އެވެ.

ހިޔާ ޓަވަރުތަކުގެ ފުރަތަމަ ފްލޯގެ ކުޑަދޮރުން ބޭރަށް ނުދެވޭ ގޮތަށް ސެކްއާ ގްރިލްސް ހަރުކޮށްފި އެވެ.

ހިޔާ ޓަވަރުތައް ޑިޒައިންކޮށްފައިވާ ގޮތުން ފުރަތަމަ ފްލޯގެ ކުޑަ ދޮރުން ޝީޓް މައްޗަށް ފޭބޭ ގޮތަށް ހުރެ އެވެ. އެހެންވެ، އެއީ އެ ފްލޯތަކުގައި ދިރިއުޅޭ މީހުން ހައްލު ކޮށްދޭން އެދެމުން އައި ކަމެކެވެ.

އެޗްޑީސީން ސެކްއާ ގްރިލްސް މި ހަރުކުރީ ހިޔާ ޓަވަރެއްގެ ފުރަތަމަ ފްލޯގެ ފްލެޓެއްގެ ކުޑަ ދޮރުން ކުޑަ އަންހެން ކުއްޖަކު ޝީޓް މައްޗަށް ފައިބާ މަންޒަރު ފެންނަ ވީޑިއޯއެއް ދާދި ފަހުން އާންމުވެފައި ވަނިކޮށެވެ.

އެ ކުންފުނިން މިއަދު ބުނިގޮތުގައި، ހުޅުމާލެ 2 ގެ ހިޔާ ޓަވަރުތަކުގެ ފުރަތަމަ ފްލޯގެ ކުޑަ ދޮރުތަކުގައި ސެކުއާ ގްރިލްސް ހަރުކުރީ އާންމުންގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. އެ ސެކިއުރިޓީ ފިޔަވަޅާ މެދު ހިޔާގައި ދިރިއުޅޭ މީހުން ހިތްހަމަޖެހޭ ކަމަށް ވެސް ބުންޏެވެ.

އެޗްޑީސީން ބުނީ، ސެކްއާ ގްރިލްސް ހަރުކުރީ ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފިޔަވަޅުތަކެއް އަޅަން ވެފައިވާ ވައުދުގެ ދަށުން ކަމަށެވެ.

ހިޔާ ޓަވަރުތަކުގެ ފުރަތަމަ ފްލޯގެ ކުޑަ ދޮރުން ބޭރަށް ނުދެވޭ ގޮތަށް ސެކްއާ ގްރިލްސް ހަރުކޮރޮށްފައި.

ހިޔާ ޓަވަރުތަކުގެ ފުރަތަމަ ފްލޯގެ ކުޑަ ދޮރުން ބޭރަށް ނުދެވޭ ގޮތަށް ސެކްއާ ގްރިލްސް ހަރުކޮރޮށްފައި.

ހިޔާ ޓަވަރެއްގެ ފުރަތަމަ ފްލޯގެ ފްލެޓެއްގެ ކުޑަ ދޮރުން ކުޑަ އަންހެން ކުއްޖަކު ޝީޓް މައްޗަށް ފައިބާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ، އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާ 16 ވަނަ ޓަވަރުގައި ގާތްގަނޑަކަށް 10 ފޫޓަށް ހުންނަ ފުރަތަމަ ފަންގިފިލާގެ ކުޑަދޮރުން ފައިބައިގެން ހިނގާފައި ގޮސް އެ ކުއްޖާ ސިޑިގޮޅި އަށް އަރައި އެތަނަށް ފައިބާތަން ވެސް އެ ވީޑިއޯ އިން ފެނެ އެވެ.