Roadha Mihaaru
ދެ އެޕާޓްމަންޓް އެއްކޮށްލުމުން ކުރި ޖޫރިމަނާ ނުދައްކާ

ހިޔާގެ ދެ އެޕާޓްމަންޓް އެއްކޮށްލި މައްސަލާގައި 200،000ރ. އިން ކުރި ޖޫރިމަނާ ނުދައްކާ

10 މެއި 2023

ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓް އެއްކޮށްލި މައްސަލާގައި 200،000 ރުފިޔާއިން ޖޫރިމަނާކޮށް ފަސް ދުވަސް ތެރޭގައި ދައްކަން އެންގި ގޮތަށް އެ ފައިސާ ދައްކާފައި ނުވާ ކަމަށް އާބަންކޯއިން މިރޭ ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓް އެއްކޮށްލި މައްސަލާގައި 200،000 ރުފިޔާއިން ޖޫރިމަނާކޮށް ފަސް ދުވަސް ތެރޭގައި ދައްކަން އެންގި ގޮތަށް އެ ފައިސާ ދައްކާފައި ނުވާ ކަމަށް އާބަންކޯއިން މިރޭ ބުނެފި އެވެ.

ފްލެޓްގެ ފާރެއް ތަޅާލައި ދެ އެޕާޓްމަންޓް އެއްކޮށްލުމުން ކޮންމެ ފްލެޓެއްގެ ވެރިފަރާތް 100،000ރ. އިން ޖޫރިމަނާކުރީ މިދިޔަ ހުކުރު ދުވަހު އެވެ. ފައިސާ ދައްކަން ދިން މުއްދަތު ހަމަވީ މިއަދަށެވެ.

އާބަންކޯގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ އެ ފައިސާ ފަސް ދުވަހުގެ ތެރޭގައި ދެއްކުމުގެ އިތުރުން އެޕާޓްމަންޓް ކުރިން ހުރި ގޮތަށް 10 ދުވަސްތެރޭ ބަދަލުކުރަން ވެސް އަންގާފައިވާ ކަމަށެވެ.

އާބަންކޯގެ އެންގުމާ އެއްގޮތަށް ފްލެޓުގެ ވެރިފަރާތުން އަމަލެއް ނުކުރި އެވެ. ކުލި ކުޑަކުރަން އެންމެ ގަދައަށް އަޑުއުފުލާ މީހުންގެ ތެރޭގައި ހިމެނޭ މި ފްލެޓުގެ ވެރި ފަރާތުން ގަވާއިދުން ކުލި ވެސް ނުދައްކާ ކަން ވަނީ އެނގިފަ އެވެ.

އެކަމަކު ފޮޓޯތަކުން ފެންނަ ގޮތުގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައި ވަނީ އެންމެ ޒަމާނީ ފެންވަރުގަ އެވެ. ދެ ތަނުގެ އިންޓީރިއާ ވެސް ފެންނަނީ ހަރަދު ބޮޑުކޮށް ހަދާފައިވާ ތަނެވެ.

އެނގިފައިވާ ގޮތުގައި ދެ ފްލެޓް އެއްކޮށްލި މައްސަލައިގައި ޖޫރިމަނާކުރި އެއް ފްލެޓަކީ ފްލެޓް ލިބުނު މީހުންގެ ހައްގުގައި މަސައްކަތްކުރުމަށް އުފެއްދި "ހިޔާ ޔޫނިއަން" ގައި އިސްކޮށް އުޅޭ މީހެއްގެ ތަނެކެވެ.

މި މައްސާލާގައި އޭނާއަށް ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.