Roadha Mihaaru
ހުޅުމާލެ2 ގެ ބިންތަކުން ހަޓްތައް ނަގަން އަންގައިފި

ހުޅުމާލެ 2 ގެ ހުސް ބިންތަކުގައި ހުރި ހަޓްތައް ނަގަން އަންގައިފި

16 ނޮވެމްބަރ 2023

ހުޅުމާލެ 2 ގައި ހިޔާ ފްލެޓްތަކާ ދިމާލުން ބީޗުގައި އޮންނަ ހުސް ބިންތަކުގައި ކާބޯތަކެތި ވިއްކަން ހަދާފައި ހުރި ހަޓުތަކާއި އެކި ބޭނުންތަކަށް ބަހައްޓާފައި ހުރި ތަކެތި ނަގަން އާބަންކޯ އިން މިއަދު އަންގައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލެ 2 ގައި ހިޔާ ފްލެޓްތަކާ ދިމާލުން ބީޗުގައި އޮންނަ ހުސް ބިންތަކުގައި ކާބޯތަކެތި ވިއްކަން ހަދާފައި ހުރި ހަޓުތަކާއި އެކި ބޭނުންތަކަށް ބަހައްޓާފައި ހުރި ތަކެތި ނަގަން އާބަންކޯ އިން މިއަދު އަންގައިފި އެވެ.

ރިޔާސީ ދައުރުގެ ފަހު ދުވަހު މިގޮތަށް އަންގާފައި މި ވަނީ އެއްވެސް ހަމައެއް ނެތި ހިންގާ މި ތަންތަނާ ހެދި ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ. ބައެއް މީހުންގެ ގޯތިތަކުގައި ވެސް މީހުން ހަޓްތައް ހަދައިގެން ވިޔަފާރިކުރެ އެވެ.

އާބަންކޯ އިން ކުރި އިއުލާނެއްގައި ބުނީ ހިޔާ ފްލެޓްތައް (ހިޔާ އެޗް12) ކައިރި ބީޗު ސަރަހައްދަށް ވާ ގޮތަށް އޮންނަ ހުސްބިމުގައި ޖަހާފައި ހުރި ހަޓުތަކާއި އެހެން ތަކެތި މި މަހު 25 ގެ ނިޔަލަށް ނަގައި އެ ސަރަހައްދު ސާފުކުރަން ވާނެ ކަމަށެވެ.

"... ސާފުކުރުމުގެ ތެރޭގައި އެއްވެސް މުދަލަކަށް ލިބޭ ގެއްލުމަކަށް މި ކޯޕަރޭޝަނުން ޒިންމާ ނުވާނެ ވާހަކަ ވެސް ދެންނެވީމެވެ،" އެ އިއުލާނުގައިވެ އެވެ.

ދީފައިވާ މުއްދަތުގެ ތެރޭގައި އެ ތަކެތި ނުނަގައިފި ނަމަ، އެ ކުންފުނިން އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.