Roadha Mihaaru
2އެޕާޓްމަންޓް އެއްކުރި މައްސަލަ: އަދި ފިޔަވަޅެއް ނެތް

ދެ އެޕާޓްމަންޓް އެއްކޮށްލި މައްސަލާގައި އަޅާނެ ފިޔަވަޅެއް ނިންމާނީ އަންނަ ހަފުތާގައި

11 މެއި 2023

ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓް އެއްކޮށްލި މައްސަލާގައި 200،000 ރުފިޔާ އިން ޖޫރިމަނާކުރި މީހާ އަށް ދިން މުއްދަތުގައި އެ ފައިސާ ނުދެއްކުމުން އަޅާނެ ފިޔަވަޅެއް މި ވަގުތަށް ނެތް ކަމަށް އާބަންކޯ ބުނެފި އެވެ.

ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓް އެއްކޮށްލި މައްސަލާގައި 200،000 ރުފިޔާ އިން ޖޫރިމަނާކުރި މީހާ އަށް ދިން މުއްދަތުގައި އެ ފައިސާ ނުދެއްކުމުން އަޅާނެ ފިޔަވަޅެއް މި ވަގުތަށް ނެތް ކަމަށް އާބަންކޯ ބުނެފި އެވެ.

އެ ކުންފުނީގެ މާކެޓިން އަދި ޕަބްލިކް ރިލޭޝަން ޑިރެކްޓަރު ނިއުޝާދު ޝަރީފް ރޭ "މިހާރު" އަށް ވިދާޅުވީ، އެ ޖޫރިމަނާ ފައިސާ ދައްކަން ދިން ފަސް ދުވަހުގެ މުއްދަތު ހަމަވިއިރު އެ އަށް އަމަލު ނުކުރި މައްސަލާގައި ގޮތެއް ނިންމާނީ އަންނަ ހަފުތާގައި ކަމަށެވެ.

"އަޅުގަނޑުމެން މަޝްވަރާ ކޮށްފައި ގޮތެއް ނިންމާނީ،" އޭނާ ވިދާޅުވި އެވެ.

ދެ އެޕާޓްމަންޓް އެއްކޮށްލި މައްސަލާގައި އަދަބު އައީ ހިޔާ ޔޫނިއަންގެ ނައިބު ރައީސް އަހުމަދު ޝަމާލުގެ މައްޗަށެވެ. އެނގިފައިވާ ގޮތުގައި އެޕާޓްމަންޓްގެ ފާރެއް ތަޅާލައިގެން އޭނާ ގުޅުވައިލީ އާއިލާގެ މީހެއްގެ އެޕާޓްމަންޓާ އެވެ. ކޮންމެ އެޕާޓްމަންޓެއް 100،000ރ. އިން ޖޫރިމަނާ ކުރި އެވެ.

ހިޔާ ފްލެޓްގެ އެއްކޮށްލި އެޕާޓްމަންޓްގެ ފޮޓޯއެއް.

ހިޔާ ފްލެޓްގެ އެއްކޮށްލި އެޕާޓްމަންޓްގެ ފޮޓޯއެއް.

ދެ އެޕާޓްމަންޓް އެއްކޮށްލައި އެ ދެ ތަން ވަނީ ވަރަށް ލަގްޒަރީކޮށް ހަދައިފަ އެވެ. މައުލޫމާތު އެނގޭ ބައެއް މީހުން ބުނާގޮތުގައި އެ މަސައްކަތް ނިންމައި އެ ފެންވަރަށް ހަދަން ގާތްގަނޑަކަށް 600،000ރ. ހަރަދު ވާނެ އެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން ގޮވާލައި އަދި ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވައި ޝަކުވާތައް އޮއްސާލެއްވި ޝަމާލް އޭނާގެ އެޕާޓްމަންޓަށް ގަވާއިދުން ކުލި ވެސް ނުދައްކާ ކަމަށް ވެ އެވެ.

ދެ އެޕާޓްމަންޓް އެއްކޮށްލި މައްސަލާގައި 200،000ރ. އިން ޖޫރިމަނާ ކުރުމުގެ އިތުރުން އާބަންކޯ އިން އެޕާޓްމަންޓް ހަވާލުކުުރިއިރު ހުރި ގޮތަށް ބަދަލުކުރަން ވެސް އެ ކުންފުނިން ވަނީ 10 ދުވަސް ދީފަ އެވެ.