ހުޅުމާލޭގައި ހައުސިން މިނިސްޓްރީން ބަލަހައްޓާ 700 އަށް ވުރެ ގިނަ ފްލެޓުގެ މަރާމާތުގެ މަސައްކަތާ އެފްޑީސީން ހަވާލުވާން ނިންމައިފި އެވެ.
21 އެޕްރީލް 2025
ހުޅުމާލޭގައި ހައުސިން މިނިސްޓްރީން ބަލަހައްޓާ 700 އަށް ވުރެ ގިނަ ފްލެޓުގެ މަރާމާތުގެ މަސައްކަތާ އެފްޑީސީން ހަވާލުވާން ނިންމައިފި އެވެ.
އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލޭގައި މީހުން ދިރިއުޅޭ 704 ފްލެޓަށް ވަކިވަކިން ޒިޔާރަތްކޮށް އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ސާވޭއެއް ކުރިއަށް ގެންދާނެ ކަމަށެވެ.
އެ އިންސްޕެކްޝަންގެ މައިގަނޑު މަގުސަދަކީ އެފްޑީސީން އެ އިމާރާތްތަކާ ހަވާލުވުމުގެ ކުރިން މިހާރުގެ ހާލަތު ދެނެގަތުން ކަމަށް ބުންޏެވެ.
އިންސްޕެކްޝަން ކުރިއަށް ގެންދާ ޓީމަށް އެއްބާރުލުން ދިނުމަށް އެފްޑީސީން ވަނީ އެދިފަ އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް "މިހާރު"އަށް ވިދާޅުވީ އެސެސްމަންޓް ނިންމުމަށް ފަހު، ހައުސިން މިނިސްޓްރީއާ ގުޅިގެން އިދާރީ މަސައްކަތް ބަދަލުކުރާނެ ކަމަށެވެ.
ހުޅުމާލެ 1 ގައި އިމާރާތްކޮށްފައިވާ ބައެއް ފްލެޓުތައް މިހާރު ބަލަހައްޓަނީ ހައުސިން މިނިސްޓްރީންނެވެ. ބާކީ ފްލެޓުތަކުގެ މަރާމާތުގެ ޒިންމާ ހަވާލުކޮށްފައިވަނީ އެޗްޑީސީއާ އެވެ.
ހުޅުމާލެ ފްލެޓުތައް މަރާމާތުކުރަން އިންސްޕެކްޓްކުރަނީ
ދެ ކޮޓަރި 7،000ރ.، ތިން ކޮޓަރި 9،500ރ.
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް
ފަޒުލް ބެލީ ހައުސިންގެ ތެރެއިން މައްސަލަ ހައްލުކުރަން
ވެރިފައި ނުކޮށް އެއްވެސް ގޯއްޗެއް ނުދޭ: ފަޒުލް
ގޯތީގެ މައްސަލާގައި ހަރުކަށި އަދަބު ދޭން ގޮވާލައިފި
ފްލެޓްތަކަށް ކުލި ނުދައްކާތީ ފިޔަވަޅު އަޅަން އިންޒާރު
600ގޯތި ހަވާލުކޮށް، 400 ގޯތީގައި ކަންމުޑިޖަހައިފި
ގޯތިތައް ދޫކޮށްފައި ހުރި ގޮތުން އުނދަގޫތަކެއް!
ދައުލަތަށް ބިން ދޫކޮށްލުމުން ފްލެޓް ހިލޭ ލިބޭނެ