ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލަ ބެލުމަށް ސަސްޕެންޑްކުރި އެޗްޑީސީ ބޯޑު މެމްބަރުންގެ މައްޗަށް އަދި ތުހުމަތެއް ނެތް ކަމަށް ފުލުހުން ބުނި ނަމަވެސް އެ މީހުންގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރުގައި ބިންވެރިޔާ ސްކީމްގެ 50 ގޯއްޗެއް ވިއްކި ކަމުގެ ތުހުމަތު ކޮށްފައިވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
20 ޑިސެމްބަރ 2024
ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލަ ބެލުމަށް ސަސްޕެންޑްކުރި އެޗްޑީސީ ބޯޑު މެމްބަރުންގެ މައްޗަށް އަދި ތުހުމަތެއް ނެތް ކަމަށް ފުލުހުން ބުނި ނަމަވެސް އެ މީހުންގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރުގައި ބިންވެރިޔާ ސްކީމްގެ 50 ގޯއްޗެއް ވިއްކި ކަމުގެ ތުހުމަތު ކޮށްފައިވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ފުލުހުން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ބުނެފައި ވަނީ އޭރު އެ ބޭފުޅުންގެ މައްޗަށް އެއްވެސް ތުހުމަތެއް ނުކުރާ ކަމަށެވެ. އެހެންވެ، ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އޭރު އެދިފައި ނެތް ކަމަށެވެ.
ނަމަވެސް ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރުނީ ފުލުހުންގެ ޕްރެސް ކޮންފަރެންސް ނިމުނުތާ މާ ގިނައިރެއް ނުވެ ރޭ ގާތްގަނޑަކަށް 11 ޖެހިއިރެވެ.
ގޯއްޗަށް ޝަރުތު ހަމަނުވާ ބަޔަކަށް ބިންތަކެއް ދިން ކަމަށް ބުނާ މައްސަލާގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި މުޅި ބޯޑު ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެކަމަކު އެ ކުންފުނީގެ ބޯޑުގެ ޗެއާމަން އަހްމަދު ނާސިފް (ޑީޑީ) ސަސްޕެންޑެއް ނުކުރެ އެވެ.
ތަހުގީގުތަކާ ގުޅިގެން މީހެއްގެ ޕާސްޕޯޓު ހިފެހެއްޓޭނީ ސީދާ އެ މީހެއްގެ މައްޗަށް ކުރެވޭ ތުހުމަތެއް އޮތް ނަމަ އެވެ. އެޗްޑީސީގެ ބޯޑު މެންބަރުންގެ ޕާސްޕޯޓް ހިފެހެއްޓި އަމުރުގައި އޮތީ "ބައެއް މެންބަރުންނަށް ތުހުމަތުކުރެވޭ" ކަމަށެވެ.
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ލިސްޓުގައި، އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދުގެ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ނަން އޮއްވައި އޭނާއަށް ވަނީ ގޯތީގެ ރަޖިސްޓްރީއެއް ހަދައިފަ އެވެ. ފުލުހުން ވަނީ ފަޒީލްގެ މައްޗަށް ފޯޖަރީގެ ތުހުމަތުކޮށް ތަހުގީގު ފަށައިފަ އެވެ.
ފުލުހުން ރޭގައި ބުނި ގޮތުގައި، އެ އިދާރާގެ ތަހުގީގަށް މިހާތަނަށް ވަނީ މި ކަހަލަ ތިން ބިމެއްގެ މައްސަލަ ފާހަގަވެފަ އެވެ.
އެޗްޑީސީގެ އިތުރުން މި މައްސަލާގައި ހައުސިން މިނިސްޓްރީގެ 10 ބޭފުޅަކު ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި، އެޗްޑީސީ އާއި ހައުސިން މިނިސްޓްރީ ސަސްޕެންޑްކުރި ހުރިހާ ބޭފުޅުންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.
ފުލުހުންނާއި އޭސީސީން ތަހުގީގުކުރަނީ ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުމަށް ޝަރުތު ހަމަނުވާ ބަޔަކަށް، ހުޅުމާލެއިން ބިންތަކެއް ދިން މައްސަލަ އެވެ. އެ ބިންތަކުގެ މައްސަލައާ ގުޅިގެން މިހާރު ކުރަމުންދާ ތަހުގީގުގައި ހަ މީހަކާ ސުވާލުކޮށްފައިވާ އިރު އޭގެ ތެރޭގައި އެޗްޑީސީގެ އެއްވެސް މުވައްޒަފެއް ނުހިމެނޭ ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.
މި މައްސަލާގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންނާއި ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފާއި ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގާމް ވަހީދު އަދި މިހާރުގެ ޑިރެކްޓާ ޖެނެރަލް އަހްމަދު ވިޝާމް ނަސީމްގެ ޕާސްޕޯޓު ވެސް މިއަދު ވަނީ ހިފަހައްޓައިފަ އެވެ. އެނގިފައިވާ ގޮތުގައި، އެ ބޭފުޅުންގެ ޕާސްޕޯޓު ހިފެހެއްޓީ އޭސީސީގެ އަމުރަކަށެވެ.
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
ހައުސިންގެ ކުރީގެ ވެރިންގެ ޕާސްޕޯޓް ހިފަހައްޓައިފި
ފުރުން މަނާކުރި ނުވަ މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފި
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި
ފަޒީލާ އެކު، އިތުރު ބައެއްގެ ފޯނު ހިފަހައްޓައިފި
ހައުސިން މިނިސްޓްރީން 10މީހަކު ސަސްޕެންޑް ކޮށްފި
ކޭޕާކާ ގުޅޭ އިތުރު 2މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
ފްލެޓްތަކަށް ޝަރުތު ހަމަވީ 1،820 މީހުން
ރޯދައިގެ ކުރިން ފްލެޓް ލިސްޓު އާންމުކުރާނަން: ރައީސް
ގޯތި މައްސަލަ:އިލެކްޓްރޯނިކް ސާމާނުތަކެއް ހިފަހައްޓައިފި