މާލެ ސަރަހައްދުގެ ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސް ކުރަން އިތުރު ޑްރެޖަރުތަކުގެ ބޭނުން ހިފަން އެޗްޑީސީން ނިންމައިފި އެވެ.
މާލެ ސަރަހައްދުގެ ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސް ކުރަން އިތުރު ޑްރެޖަރުތަކުގެ ބޭނުން ހިފަން އެޗްޑީސީން ނިންމައިފި އެވެ.
އެ ކުންފުނިން މިއަދު ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިއްމު ރިޔާސީ އެއް ވައުދު ކަމަށްވާ، ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައިދޭން، މާލެ ސަރަހައްދުގައި ހުޅުމާލެ 3 އާއި ގުޅިފަޅާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަންނަ އޮކްޓޯބަރު މަހު 45،000 ޓަނުގެ ދެ ހޮޕާ ޑްރެޖަރާއި 11،000 ޓަނުގެ ހޮޕާ ޑްރެޖަރެއް ބޭނުން ކުރަން ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން މިއަދު ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި ބިން ހިއްކުމުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ވީހާ ވެސް ހަލުވިކަމާ އެކު ކުރިއަށް ގެންދިޔުމަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކާ އެކު އަންނަނީ މަސައްކަތް ކުރަމުންނެވެ.
ހުޅުމާލެ ފޭސް 3، ގުޅިފަޅު، ގިރާވަރު ފަޅު އަދި އުތުރުތިލަފަޅުގެ އިތުރުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ވެސް އެޗްޑީސީން އަންނަނީ ކުރަމުންނެވެ. ރަސްމާލެ ތަރައްގީ ކުރަން ފުށިދިއްގަރުފަޅުން ހިއްކާ ބިމަކީ މިހާތަނަށް މާލެ ސަރަހައްދުގައި ހިއްކާ އެންމެ ބޮޑު ބިމެވެ.
ފުށިދިއްގަރުފަޅު ހިއްކައި ނިމުމުން ގޯއްޗާއި ފްލެޓު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު ގާއިމުކުރެވޭނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.
ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި 2023 ގައި ވިދާޅުވެފަިއ ވަނީ އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ވާނީ ގެދޮރުވެރިކަމުގެ ރަންޒަމާނަކަށް ކަމަށެވެ.
ބިން ހިއްކުމުގެ ބަދަލުގައި ދޫކުރި ބިންތައް ސަރުކާރަށް!
އިތުރު ޑްރެޖަރުތަކުން ރަސްމާލެ ހިއްކުން އަވަސް ކުރަނީ
ގޯތި/ފްލެޓު ރަޖިސްޓަރީ ހަވާލުކުރަން މިހަފުތާގައި ފަށާނެ
ގުޅީފަޅާއި ގިރާވަރުފަޅަށް އިތުރު 135 ހެކްޓަރު
"ހައުސިން ލޯނުތައް ދާދި އަވަހަށް އިއުލާނުކުރާނަން"
"ރަސްމާލެ އަކީ ގެދޮރުގެ މައްސަލައަށް ދާއިމީ ހައްލެއް"
ރަސްމާލޭގެ 100 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ
ގުޅިފަޅުގެ ހިއްކާފައިވާ ބައިން ހުރިހާ ގޯއްޗެއް ދެނީ
ގުޅިފަޅުން އުތުރުތިލަފަޅާ ހަމަށް ބްރިޖަކުން ގުޅާލަނީ
ގެދޮވެރިކަމުގެ ލޯނުތައް އޮކްޓޫބަރުގައި ދޫކުރަން ފަށަނީ