ހުޅުމާލެ 2 ގައި އިތުރު ދެ މިސްކިތް އަޅަން ސޮއިކޮށް، އިސްލާމިކް މިނިސްޓްރިއާ މިއަދު ބިން ހަވާލުކޮށްފި އެވެ.
02 ސެޕްޓެމްބަރ 2025
ހުޅުމާލެ 2 ގައި އިތުރު ދެ މިސްކިތް އަޅަން ސޮއިކޮށް، އިސްލާމިކް މިނިސްޓްރިއާ މިއަދު ބިން ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި، އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އޭގެ ތެރެއިން އެއް މިސްކިތް އަޅަނީ ލޮޓް ނަމްބަރު 22221ގަ އެވެ. ބޮޑުމިނުގައި 27920 އަކަ ފޫޓު ހުންނަ އެ މިސްކިތަކީ 2000-3000 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ދެ ވަނަ މިސްކިތް އަޅަނީ ހުޅުމާލެ ލޮޓް ނަމްބަރު 22242ގަ އެވެ. އެ މިސްކިތަކީ ވެސް 2000-3000 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ ބިމުގެ ސައިޒަކީ 20720 އަކަ ފޫޓު ކަމަށް މިނިސްޓްރީން ބުންޏެވެ.
މިދިޔަ އޭޕްރީލް މަހު ވެސް މިނިސްޓްރީން ވަނީ ހުޅުމާލެ 2ގައި އާ މިސްކިތެއް އެޅުމަށް އެޗްޑީސީއާ އެކު ސޮއި ކޮށްފަ އެވެ. ބިން ހަވާލުކުރާ ތާރީހުން ފެށިގެން 24 މަސް ތެރޭގައި މަސައްކަތް އިމާރާތްކޮށް ނިންމަން ހަވާލުކުރި އެ މިސްކިތަކީ 18،720 އަކަފޫޓުގެ ބިމެކެވެ.
އެ މިސްކިތުގައި ވެސް 2،500-3،000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މިސްކިތް ޑިޒައިން ކޮށްފައިވަނީ ގުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީ ހިމެނޭ ގޮތަށެވެ. އެ ތަނުގައި ސޯލާ އާއި އޭސީ ހަރުކުރާނެ އެވެ.
ހުޅުމާލޭގައި އަޅާ ބައެއް މިސްކިތް މި އަހަރު ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ހުޅުމާލެ 2 ގައި މިސްކިތެއް އަޅަން ބިން ހަވާލުކޮށްފި
ނަގުދު ފައިސާ ވަގުފު ކުރެވޭނެ ނިޒާމެއް ގާއިމްކޮށްފި
11 ރަށެއްގައި ދީނީ ބިނާތައް އަޅަން ހަވާލުކޮށްފި
އާ ޑިޒައިންތަކަކަށް ހަ ރަށެއްގައި މިސްކިތްތައް އަޅަނީ
ސަލްމާން މިސްކިތުގައި އިސްލާމީ ލައިބްރަރީއެއް ހަދަނީ
ހުޅުމާލެ 3 ގެ ފުރަތަމަ މިސްކިތް އަޅަން ބިން ދީފި
އިސްލާމިކް މިިނިސްޓްރީގެ 27މިލިއަންގެ ދަރަނި އަދާކޮށްފި
އާ މިސްކިތް ލަސްވަނީ ބެންޗު މާކްގެ މައްސަލަ ދިމާވުމުން
ހިޔާ ފްލެޓްތައް ކައިރީގައި ސަރުކާރުން މިސްކިތެއް އަޅަނީ
ހިޔާ ފްލެޓްތައް ކައިރީގައި ވަގުތީ މިސްކިތެއް ހަަދަނީ