Roadha Mihaaru
އެންމެ ފުރިހަމަ އުފެއްދުން އަލްޝާލީ މެރިން އިން

އެންމެ ފުރިހަމަ އުފެއްދުން ދައްކައިލީ އަލްޝާލީން

26 އޮކްޓޯބަރ 2019

މޯލްޑިވްސް މެރިން އެކްސްޕޯގެ އެންމެ ފުރިހަމަ އުފެއްދުމެއް ހުށަހެޅި ކުންފުންޏަކަށް އަލްޝާލީ މެރިން މިރޭ ހޮވިއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މޯލްޑިވްސް މެރިން އެކްސްޕޯގެ އެންމެ ފުރިހަމަ އުފެއްދުމެއް ހުށަހެޅި ކުންފުންޏަކަށް އަލްޝާލީ މެރިން މިރޭ ހޮވިއްޖެ އެވެ.

އަލްޝާލީ އަށް، މި އެވޯޑް ދިނީ މެރިން އެކްސްޕޯ ނިންމުމަށް ބޭއްވި ހަފްލާގަ އެވެ. އެ ކުންފުނީގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ އަލްޝާލީގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއިލް ޝަރީފް އެވެ.

އަލްޝާލީން ވަނީ މި އަހަރުގެ އެކްސްޕޯ ގައި، އެ ކުންފުނީގެ "އެކްޝަން 25" ތައާރަފް ކޮށްފަ އެވެ. މިއީ، ޒަމާނީ ފެންވަރަށް ތައްޔާރު ކޮށްފައިވާ މަސްވެރިކަމަށް ހާއްސަ ލޯންޗެކެވެ. މި ލޯންޗުގައި އޮށޯވެލަން “ޑޭ ބެޑް” އެއް ހަދާފައިވާއިރު ފާހާނާއެއް ހުންނާނެ އެވެ.

މި އަހަރުގެ މެރިން އެކްސްޕޯ ނިންމުމަށް މިރޭ ބޭއްވި ހަފްލާގެ ތެރެއިން.---ފޮޓޯ: ނިޝާން އަލީ/މިހާރު

މި އަހަރުގެ މެރިން އެކްސްޕޯ ނިންމުމަށް މިރޭ ބޭއްވި ހަފްލާގެ ތެރެއިން.---ފޮޓޯ: ނިޝާން އަލީ/މިހާރު

މޯލްޑިވްސް ބޯޓިން އެސޯސިއޭޝަނުން ވަނީ އެންމެ ފުރިހަމަ އުފެއްދުމުގެ އިތުރުން އެހެން ކެޓަގަރީތަކުން ވެސް ވަނަތައް ހޮވައި އެވޯޑު ދީފަ އެވެ.

މެރިން އެކްސްޕޯ ގައި އެވޯޑް ލިބުނު ކުންފުނިތައް:

- އެންމެ ހިތްގައިމު ސްޓޯލް ޑިޒައިން - އެލިއާ އިންވެސްޓްމަންޓް

ބެސްޓް ކަސްޓަމާ ސާވިސް - ޑީޓެކް

އިންޓަނޭޝަނަލް ކޮންޓްރިބިއުޓާ - ޓްރޭޑް ޕްރޮމޯޓާސް

އަޕް އެންޑް ކަމާ އެވޯޑް - ފޯސައިޓް ސާވޭއާސް

މި ވަނަތައް ހޮވީ، ނޭޝަނަލް ބޯޓިން އެސޯސިއޭޝަނާއި ބްލަކްގެ ފަނޑިޔާރުންގެ ޕެނަލަކުންނެވެ.