Roadha Mihaaru
ހަތް ވަނަ މެރިން އެކްސްޕޯ ހުޅުމާލޭގައި ފަށައިފި

ހަތް ވަނަ މެރިން އެކްސްޕޯ ހުޅުމާލޭގައި ފަށައިފި

13 ޑިސެމްބަރ 2021

މި އަހަރުގެ މެރިން އެކްސްޕޯ ހުޅުމާލޭގައި މިއަދު ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ މެރިން އެކްސްޕޯ ހުޅުމާލޭގައި މިއަދު ފަށައިފި އެވެ.

ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ބާއްވާ މި އެކްސްޕޯގައި ރާއްޖޭގެ މެރިން އިންޑަސްޓްރީގެ އުފެއްދުންތަކާއި އޮޑިދޯނިފަހަރާއި މެރިން ސާވިސް ދޭ ކުންފުނިތައް ބައިވެރިވެ އެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ ހަތް ވަނަ އެކްސްޕޯ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިއަދު ވަޑައިގެންނެވި އެވެ.

ރާއްޖޭގައި ބާއްވާ ކަނޑު އުޅަނދުފަހަރުގެ އެންމެ ބޮޑު އެކްސްޕޯ، "މޯލްޑިވްސް މެރިން އެކްސްޕޯ" ގެ މި އަހަރުގެ އެޑިޝަން މިއަދުން ފެށިގެން އަންނަ ބުދަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ އެވެ. މި އަހަރުގެ އެކްސްޕޯގައި 50 އެކްޒިބިޓަރުން ބައިވެރިވެ އެވެ.

މި އެކްސްޕޯގައި ރާއްޖޭގެ މެރިން ދާއިރާގެ އާ އުފެއްދުންތައް ވެސް ފެންނާނެ ކަމަށް އެންބީއޭއެމް އިން ބުނެފައިވެ އެވެ.

ކޮވިޑްގެ ހާލަތު ކުރިމަތިވި ނަމަވެސް މިދިޔަ އަހަރު ވެސް މެރިން އެކްސްޕޯ ބާއްވާފައިވެ އެވެ. އެ ފަހަރު އެކްސްޕޯ ބޭއްވީ އޮންލައިން ކޮށެވެ.