Roadha Mihaaru
މެރިން އެކްސްޕޯގެ ވޯޓާސްޕޯޓްސް ފެސްޓިވަލް 10 ގައި

މެރިން އެކްސްޕޯގެ ވޯޓާ ސްޕޯޓްސް ފެސްޓިވަލް މި މަހުގެ 10ގައި

03 ސެޕްޓެމްބަރ 2021

ރާއްޖޭގެ އެންމެ ދުވަސްވީ މެރިޓައިމް ހަރަކާތް ކަމަށްވާ މެރިން އެކްސްޕޯގެ ވޯޓާ ސްޕޯޓްސް ފެސްޓިވަލް މި މަހުގެ 10-12 އަށް ބާއްވަން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ އެންމެ ދުވަސްވީ މެރިޓައިމް ހަރަކާތް ކަމަށްވާ މެރިން އެކްސްޕޯގެ ވޯޓާ ސްޕޯޓްސް ފެސްޓިވަލް މި މަހުގެ 10-12 އަށް ބާއްވަން ނިންމައިފި އެވެ.

ހުޅުމާލޭގައި ބާއްވާ މި ހަރަކާތުގައި ވޯޓާ ސްޕޯޓްސްގެ އިތުރުން ތަފާތު ބާވަތްތަކުގެ ކާއެއްޗެހި ވެސް ލިބެން ހުންނާނެ އެވެ. އަދި ބޯޓު ޑިސްޕްލޭގައި ރާއްޖޭގެ މެރިން ދާއިރާގެ ގިނަ އުފެއްދުންތައް ވެސް ބަލައިލެވޭނެ އެވެ. ވޯޓާސްޕޯޓްސް ހަރަކާތްތަކުގައި ބައިވެރިވާން ބޭނުންވާ މީހުން ރަޖިސްޓަރީ ވާން އަންނަ ހަފުތާގައި ހުޅުވައިލާނެ އެވެ.

މި ހަރަކާތް ކުރިއަށް ގެންދާ މުއްދަތުގައި މެރިން ދާއިރާގެ ތަޖުރިބާކާރުންގެ ސެމިނާތަކެއް ވެސް އޮންނާނެ އެވެ. މީގެ ތެރެއިން ބައެއް ސެމިނާތަކަށް ހިލޭ ވަދެވުނު ނަމަވެސް އަނެއް ބައި ސެމިނާތަކަށް ޓިކެޓް ނަގަން ޖެހޭނެ އެވެ.

ދިވެހިންނާއި ބައިނަލްއަގްވާމީ ބައެއް ސްޓޭކްހޯލްޑަރުން ގުޅިގެން ވޯކްޝޮޕްތައް ވެސް ކުރިއަށް ގެންދާނެ އެވެ. ވޯކްޝޮޕްތަކުގައި ވެސް ބައިވެރިވެވޭނީ ރަޖިސްޓަރީވާ މީހުންނަށެވެ.

މެރިން އެކްސްޕޯއަކީ ނޭޝަނަލް ބޯޓިން އެސޯސިއޭޝަން (އެންބީއޭއެމް) ގެ އެންމެ ބޮޑު ހަރަކާތެވެ. މި ހަރަކާތް ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނައިރު މިއީ މެރިން ދާއިރާގައި މަސައްކަތް ކުރާ މީހުން އެކަކު އަނެކަކާ ބައްދަލުކޮށް، މައުލޫމާތާއި ހިޔާލު ބަދަލުކުރަން ލިބޭ ޕްލެޓްފޯމެކެވެ.