Roadha Mihaaru
ރާއްޖެ އަށް މުޅިން އާ ޕޮންޓޫން ބޯޓު މާކެޓަށް ނެރެފި

ހަސަން މެރިންއިން ރާއްޖެ އަށް މުޅިން އާ "ޕޮންޓޫން" ބޯޓު މާކެޓަށް ނެރެފި

14 އޯގަސްޓް 2022

ޓޫރިޒަމް އިންޑަސްޓްރީ އަށް އަމާޒުކޮށް، ހަސަން މެރިންއިން ޕޮންޓޫން ބޯޓު ރާއްޖޭގެ މާކެޓަށް ނެރެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޓޫރިޒަމް އިންޑަސްޓްރީ އަށް އަމާޒުކޮށް، ހަސަން މެރިންއިން ޕޮންޓޫން ބޯޓު ރާއްޖޭގެ މާކެޓަށް ނެރެފި އެވެ.

ހަސަން މެރިންއިން އެ ބޯޓު މާކެޓަށް ނެރެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ހޮނިހިރު ދުވަހަށް ކުރިއަށް ގެންދިޔަ މެރިން އެކްސްޕޯގަ އެވެ. އެ އެކްސްޕޯގައި އެ ކުންފުނިން ނެރެފައި ވަނީ "ހާވި ކްރާފްޓް" ޕޮންޓޫން ބޯޓެކެވެ.

އެ ބޯޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ޖެނެރަލް މެނޭޖާ މަހުމޫދު ޒިޔާއު ވިދާޅުވީ، އެ ބޯޓަކީ އާއްމު އެހެން ލޯންޗުތަކާ ހިލާފަށް ދެ ހަލް ލާފައިވާ ބޯޓެއް ކަމަށެވެ. އަދި އެ ބޯޓަކީ ބޭނުން ގޮތަކަށް ބޭނުން ގޮތަކަށް ކޮންފިގާ ކުރެވޭނެ ބޯޓެއް ކަމަށާއި އެ ބޯޓުގެ ބައިތަކަކީ ބޭރުން ވަކިން ހަދައިގެން ގެނެސް އިންސްޓޯލު ކުރާ ތަކެތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕޮންޓޫން ބޯޓުގައި ހުންނަނީ "ކޮމްފޮޓަބަލް"، "އެޖަސްޓަބަލް" ގޮނޑިތަކެއް. ފޮޓޯ: ނިޝާން އަލީ | މިހާރު

ޕޮންޓޫން ބޯޓުގައި ހުންނަނީ "ކޮމްފޮޓަބަލް"، "އެޖަސްޓަބަލް" ގޮނޑިތަކެއް. ފޮޓޯ: ނިޝާން އަލީ | މިހާރު

ޒިޔާއު ވިދާޅުވީ ރާއްޖޭގައި ޓޫރިޒަމް ފުޅާވަމުން އަންނައިރު، އެކަހަލަ ބޯޓަކީ ޓޫރިސްޓުން އެދޭ ފަދަ ލަގްޒަރީ އެކްސްޕީރިއަންސެއް ދިނުމުގައި އެހީތެރިވޭދޭނެ ބޯޓެއް ކަމަށެވެ. އެގޮތުން އެ ބޯޓުގައި ފަސޭހަކަމާ އެކު "ކެންޑްލް ލައިޓު ޑިނާ"އެއް ނުވަތަ މަސްދަތުރެއް ފަދަ ތަފާތު ކަންތައްތައް ރާވާ، ބޯޓުގެ ގޮނޑިތައް ވެސް އެ ބޭނުންވާ ހަރަކާތަކައި ގުޅޭ ގޮތަށް އަތުރާލެވޭނެ ކަމަށް އޭނާ ބުންޏެވެ.

ޕޮންޓޫން ބޯޓުގެ އިތުރުން މެރިން އެކްސްޕޯގައި ހަސަން މެރިންގެ ގިނަ ޕްރޮޑަކްޓުތައް ވަނީ ދައްކާލައިފަ އެވެ. އޭގެ ތެރޭގައި އެ ކުންފުނީގެ އެންމެ ބޮޑު ޕްރޮޑަކްޓް، މާކިއުރީ އިންޖީނުގެ އެކި ރޭންޖުތައް ވަނީ ދައްކާލާފައެވެ. އެ އިންޖީނަކީ އެމެރިކާގެ މޮޅު ޕްރޮޑަކްޓެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެއީ ޕެޓްރޯލުގެ ހަރަދު ކުޑަ، ގިއާ ވަރުގަދަ އިންޖީނެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. އެ ކުންފުނިން ބުނީ 500 ހޯސްޕަރާ ހަމައަށް އެކި ރޭންޖުތަކުގެ އިންޖީނު ވިއްކަމުންދާ ކަމަށެވެ.

މެރިން އެކްސްޕޯގައި އެ ކުންފުނިން ވަނީ އެކި ބްރޭންޑުތަކުގެ އިންޖީނާ ގުޅޭ އެކި ޕްރޮޑަކްޓުތައް ވެސް ދައްކާލައިފަ އެވެ. އެގޮތުން ކުއިކްސިލްވާ ލުބްރިކަންޓާއި އެކި ކަހަލަ އެސެސަރީޒްތަކާއި އެކި ވައްތަރުގެ ޕްރޮޕެލާޒްތައް ވަނީ އެ އެކްސްޕޯގައި ޝޯކޭސްކޮށްފަ އެވެ. އަދި ލޯންޗުތަކުގައި ބޭނުން ކުރާ އިންހައުސް ލައިޓިން ސިސްޓަމް ވެސް ވަނީ ދައްކާލައިފަ އެވެ.

އެ ކުންފުނީގެ ފިހާރަތަކަކީ ލޯންޗާއި ލޯންޗަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބެން ހުންނަ ތަނެކެވެ. އެ ހުރިހާ ތަކެއްޗަކާއި އެކު އިންސްޓޯލުކޮށްފައިވާ ލޯންޗެއް ވެސް އެ އެކްސްޕޯގައި ވަނީ ދައްކާލައިފަ އެވެ.

ހަސަން މެރިންއިން ވިއްކާ އަކުއާ މެރީނާގެ ޕްރޮޑަކްޓުތައް ވެސް އެ އެކްސްޕޯގައި ޝޯކޭސް ކުރިއެވެ. އޭގެ ތެރޭގައި އިންފްލޭޓަބަލް ކައެކްސް އާއި ވޯޓާބޯޑުތައް ވަނީ ދައްކާލައިފަ އެވެ. އެ ތަކެއްޗަކީ ރިސޯޓުތަކާއި ލޯކަލް ޓޫރިޒަމް ތަރައްގީ ކުރަމުންދާ ރަށްރަށުގައި ބޭނުން ކުރެވޭނެ ތަކެތި ކަމަށް ހަސަން މެރިންއިން ބުނެއެވެ.

މެރިން އެކްސްޕޯގައި ހަސަން މެރިންގެ ސްޓޯލަށް ބޮޑު ތަރުލީބެއް ލިބުނު ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެ އެކްސްޕޯ މެދުވެރިކޮށް ކުންފުނީގެ ގިނަ ޕްރޮޑަކްޓުތަކެއް އާއްމުންނާއި، އިންޑަސްޓްރީގެ ގިނަ ފަރާތްތަކަކަށް ދައްކާލެވުނު ކަމަށް ވެސް ބުންޏެވެ.