Roadha Mihaaru
ހަ ވަނަ މޯލްޑިވްސް މެރިން އެކްސްޕޯ ފަށައިފި

ހަ ވަނަ މޯލްޑިވްސް މެރިން އެކްސްޕޯ ފަށައިފި

20 ޑިސެމްބަރ 2020

ހަ ވަނަ މޯލްޑިވްސް މެރިން އެކްސްޕޯ ވާޗުއަލްކޮށް މިއަދު ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހަ ވަނަ މޯލްޑިވްސް މެރިން އެކްސްޕޯ ވާޗުއަލްކޮށް މިއަދު ފަށައިފި އެވެ.

ރާއްޖޭގައި ބާއްވާ ކަނޑު އުޅަނދު ފަހަރުގެ އެންމެ ބޮޑު އެކްސްޕޯ، "މޯލްޑިވްސް މެރިން އެކްސްޕޯ" މި އަހަރުގެ އެޑިޝަން މިއަދުން ފެށިގެން އަންގާރަ ވަނަ ދުވަހަށް ކުރިއަށްދާނެ އެވެ. މި އަހަރުގެ އެކްސްޕޯގައި އަށް އެކްޒިބިޓަރުން ބައިވެރިވެ އެވެ.

އެކްސްޕޯ ފެއްޓުމުގެ ރަސްމިއްޔާތުގައި، އެކްސްޕޯ އިންތިޒާމްކުރާ ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުންގެ ރައީސް އަހުމަދު އަފްރާހު ވިދާޅުވީ، މިދިޔަ ހަ އަހަރުގެ ތަޖުރިބާއާ އެކު ފެށި މި އެކްސްޕޯ މިއަދު ފެށީ އިންޓަނޭޝަނަލް އެކްސްޕޯއެއްގެ ގޮތުގައި ކަމަށެވެ.

މެރިން އެކްސްޕޯ މިއަހަރު ކުރިއަށް ދަނީ ވާޗުއަލްކޮށް

މެރިން އެކްސްޕޯ މިއަހަރު ކުރިއަށް ދަނީ ވާޗުއަލްކޮށް

"މި އެކްސްޕޯއިން ގަންނަ ފަރާތްތަކާއި ތަކެތި ވިއްކާ ފަރާތްތަކަށް ގޮތްތައް ފަހިވެގެންދާނެ. މިއީ ކޮވިޑްގެ މި ހާލަތުގައި މެރިން ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ވިޔަފާރީގައި ކުރިއަށް ދިއުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް،" އޭނާ ވިދާޅުވި އެވެ.

މި އެކްޒިބިޝަންގައި މައިގަނޑު ތިން ކަމެއް ކުރިއަށް ގެންދާނެ އެވެ. އެއީ އޮޑިޓޯރިއަމް، ނެޓްވޯކް ޒޯން އަދި އެކްސްޕޯ ހޯލްގެ ނަމުގައި ހިންގާ ހަރަކާތެވެ. އޮޑިޓޯރިއަމް ހަރަކާތުގައި، އިންޑަސްޓްރީގައި މަސައްކަތްކުރާ އަމިއްލަ ކުންފުނިތަކާއި ސަރުކާރު ކުންފުނިތަކުން ބާއްވާ ހާއްސަ ވެބިނާތައް ވެސް އޮންނާނެ އެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ވެބިނާތައް ކުރިއަށް ގެންދާނީ ރާއްޖޭގެ މޫދުގެ ރީތި މަންޒަރުތައް ދައްކުވައިދޭ ގޮތަށެވެ.

Welcome To

Welcome To

މޯލްޑިވްސް މެރިން އެކްސްޕޯ ވެބްސައިޓް

ނެޓްވޯކް ޒޯންގެ ދަށުން އެކްސްޕޯގެ ބައިވެރިންނަށް އޮންލައިންކޮށް ގުޅުން ބަދަހި ކުރެވޭނެ އެވެ. އެކްސްޕޯ ހޯލަށް ދިއުމުން އާންމުންނަށް މި އެކްސްޕޯގެ ބައިވެރިންނާ ގުޅޭ މުހިއްމު މައުލޫމާތު ލިބޭނެ އެވެ. މީގެ އިތުރުން ވީޑިއޯ ޗެޓް މެދުވެރިކޮށް ވެސް އެކްޒިބިޓަރުންނާ މުއާމަލާތް ކުރެވޭނެ އެވެ.