Roadha Mihaaru
ބޯޓިން އެސޯސިއޭޝަންގެ ރައީސަކަށް އާމިރު މަންސޫރު

ބޯޓިން އެސޯސިއޭޝަންގެ ރައީސަކަށް އާމިރު މަންސޫރު

22 ނޮވެމްބަރ 2023

ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ ރައީސް ކަމަށް ވިޔަފާރިވެރިޔާ އާމިރު މަންސޫރު ހަމަޖައްސައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ ރައީސް ކަމަށް ވިޔަފާރިވެރިޔާ އާމިރު މަންސޫރު ހަމަޖައްސައިފި އެވެ.

އިއްޔެ މާގިރި ހޮޓެލްގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި ވަނީ ރައީސް ކަމުގެ އިތުރުން އެ ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑު މެންބަރުން ވެސް އައްޔަންކޮށްފަ އެވެ.

ބޯޓިން އެސޯސިއޭޝަންގެ އާ ހިންގާ ކޮމެޓީ

ބޯޓިން އެސޯސިއޭޝަންގެ އާ ހިންގާ ކޮމެޓީ

ބޯޓިން އެސޯސިއޭޝަންގެ ރައީސް ކަން ކުރިން ކުރެއްވީ އިސްމާއިލް ހަމީދެވެ. އަހަރީ އާންމު ޖަލްސާގައި އޭނާ ވަނީ ވޭތުވެދިޔަ 16 އަހަރު އެ ޖަމިއްޔާ އިން ހާސިލު ކުރިއެރުންތައް ފާހަގަކޮށްފަ އެވެ.

އެ އެސޯސިއޭޝަންގެ ނައިބު ރައީސަކަށް ހޮވިފައި ވަނީ އައިމިނަތު ސޮލާހެވެ. އަދި ޓްރެޝަރާ އަށް އަހުމަދު އިބްރާހިމް އާއި ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މަރިޔަމް މާއިޝާ ހަމަޖެއްސެވި އެވެ.

ބޯޓިން އެސޯސިއޭޝަން ބޯޑުގައި ދެން ހިމެނިވަޑައިގަންނަވަނީ:

- އިސްމާއިލް ހަމީދު

- އަހުމަދު އަފްރާހް

- އިބްރާހިމް ޝާހިދު

- އަހުމަދު ޒުބައިރް އާދަމް

- ހުސެއިން އަމަން

- އިސްމާއިލް ޝަރީފު

- ހަސަން ހަލީމު