13 އޮކްޓޯބަރ 2023
މިދިޔަ އަހަރުގެ "ރިސޯޓު އޮފް ދަ އިޔާ އެވޯޑް" ޖޯލި މުރަވަންދޫ ރިސޯޓަށް ލިބިއްޖެ އެވެ.
މިދިޔަ އަހަރުގެ "ރިސޯޓު އޮފް ދަ އިޔާ އެވޯޑް" ޖޯލި މުރަވަންދޫ ރިސޯޓަށް ލިބިއްޖެ އެވެ.
ގައުމީ ޓޫރިޒަމް ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި އެ އެވޯޑު ރިސޯޓާ ހަވާލު ކޮށްދެއްވީ ޓޫރިޒަމް ދާއިރާ ފެށުމުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވި އަދި މިހާރުގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.
ރިސޯޓު އޮފް ދަ އިޔާގެ އިތުރުން އެ ރިސޯޓަށް ވަނީ ކޯޕަރޭޓް ސޯޝަން ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ހަރަކާތްތައް އެންމެ ކާމިޔާބު ކަމާ އެކު ހިންގާ އެވޯޑް ވެސް ލިބިފަ އެވެ.
ގައުމީ ޓޫރިޒަމް ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި އެވޯޑު ލިބުނު ފަރާތްތަކާ އެކު ޓޫރިޒަމް ޕައިނިއަރުން ފޮޓޯއަކަށް ހުއްޓިގެން-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ރ. އަތޮޅުގައި އޮންނަ އެ ރިސޯޓުގައި އެންމެ މަތީ ފެންވަރުގެ 73 ލަގްޒަރީ ވިލާ ހަދާފައިވެ އެވެ. އޭގެ ތެރޭގައި ބީޗް ފްރަންޓް ވިލާ އާއި ވޯޓާ ވިލާތައް ހިމެނެ އެވެ.
މިދިޔަ އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ޓްރެވަލް އޭޖެންސީ އެވޯޑު ލިބުނީ ވޮޔޭޖަސް މޯލްޑިވްސް އަށެވެ. އެންމެ ފާހަގަކޮށްލެވޭ ޑައިވް ސެންޓަރަށް ރަސްދޫ ޑައިވާސް ކުރަމަތި، އެންމެ ރަނަގަޅު ވޯޓާ ސްޕޯޓްސް ސެންޓަރަށް ހޮވީ އޯޝަން ގްރޫޕެވެ.
ޓޫރިޒަމް މިނިސްޓްރީން ދޭ އެވޯޑެއް ހަވާލު ކުރަނީ. ޓޫރިޒަމް ދާއިރާގެ ގިނަ ކެޓަގަރީތަކަކުން އެވޯޑު ދީފައިވޭ-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ޓޫރިޒަމް މިނިސްޓްރީން ވަނީ ގެސްޓް ހައުސް ކެޓަގަރީ އިން ތިން އެވޯޑަކާއި ސަފާރީތަކަށް ހާއްސަ ދެ ކެޓަގަރީ އަކާއި ރިސޯޓުތަކަށް ހާއްސަ 13 ކެޓަގަރީއަކުން އަދި ޕްރޮފެޝަނަލް ދާއިރާ އިން ނުވަ އެވޯޑެއް ދީފަ އެވެ. ރިސޯޓުތަކުގެ ކެޓަގަރީތަކުން އެންމެ ގިނަ އެވޯޑް ލިބުނީ ކުރުނބާ މޯލްޑިވްސް އަށެވެ.
ޓޫރިޒަމް ދާއިރާގެ ހިދުމަތް ދޭ ތަންތަނާއި މީހުންގެ އަގުވަޒަން ކުރުމަށް އެންމެ ފުރަތަމަ އެވޯޑް ދޭން ފެށީ މިދިޔަ އަހަރު އެވެ.
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
މީހުން ދިރިއުޅޭ ރަށްރަށުގައި އިންޓެގްރޭޓެޑް ރިސޯޓް!
ހުރިހާ ފެސިލިޓީއަކަށް ސްޕްލިޓް ސްޓޭގެ ހުއްދަ ދީފި
ގްރީން ޓެކްސްއަށް އޭޕްރީލްގައި ލިބުނީ 35.7 މިލިއަން
ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގެ ސަލާމަތީ މިންގަނޑެއް
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
ވަކިވަކި ރަށްރަށް ޕްރޮމޯޓް ނުކޮށް ކާމިޔާބެއް ނެތް
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް