11 އެޕްރީލް 2022
ފުވައްމުލަކުގައި ސަފާރީތަކުން ނަގާ ފީ 50 ޑޮލަރުން 500 ޑޮލަރު (7،710ރ.) އަށް ބޮޑުކުރުމުން، ސަފާރީ ދުއްވާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދާތީ، އަގުތައް އަލުން ރިވައިސް ކުރުމުގެ ކަންކަން ސިޓީ ކައުންސިލް މިއަދު ފަށައިފި އެވެ.
ފުވައްމުލަކުގައި ސަފާރީތަކުން ނަގާ ފީ 50 ޑޮލަރުން 500 ޑޮލަރު (7،710ރ.) އަށް ބޮޑުކުރުމުން، ސަފާރީ ދުއްވާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދާތީ، އަގުތައް އަލުން ރިވައިސް ކުރުމުގެ ކަންކަން ސިޓީ ކައުންސިލް މިއަދު ފަށައިފި އެވެ.
ސަފާރީތަކުން ނަގާ ފީ ރިވައިސް ކުރުމާ މެދު ގޮތެއް ނިންމުމުގެ މަޝްވަރާތައް މިހާރު ފަށާފައިވާ ކަމަށް ސިޓީ ކައުންސިލްގެ މެމްބަރަކު "މިހާރު" އަށް ކަށަވަރު ކޮށްދިނެވެ.
އަގު މުރާޖައާ ކުރަން ފެށިއިރު، ފުވައްމުލަކުގައި ސަފާރީތަކުން ނަގާ ފީ ބޮޑުކުރުމާ ގުޅިގެން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން މިއަދު ކަންބޮޑުވުން ފާޅުކުރި އެވެ. އެ އެސޯސިއޭޝަނުން ސިފަކުރި ގޮތުގައި، ހަމައެކަނި ސަފާރީތަކުން ބޮޑު ފީ ނަގަން ނިންމުމަކީ ތަފާތުކުރުމެވެ.
ފުވައްމުލަކުގެ ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ 50 ޑޮލަރުން 500 ޑޮލަރަށް ބޮޑުކުރަން، ޖެނުއަރީ 12 ގައި ބޭއްވި އެ ކައުންސިލްގެ އާންމު ޖަލްސާގައި ނިންމާފައި ވާތީ، މި މަހުން ފެށިގެން އެ ނިންމުމަށް އަމަލުކުރަން ފެށީ އެވެ.
ފުވައްމުލަކު ކައުންސިލުން ބުނީ ސަފާރީތަކުން ނަގާ ފީ ބޮޑުކުރަން ނިންމީ އެ ރަށުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާ ގުޅިގެން އެކަން ހައްލުކުރުމަށް ކުރި މަޝްވަރާތަކުގެ ތެރެއިން ކަމަށެވެ. އެ ނިންމުން ނިންމާފައި ވަނީ ކައުންސިލްގެ ހުރިހާ މެމްބަރުންގެ ތާއީދާ އެކު އެވެ.
ނަމަވެސް އެންބީއޭއެމްގެ ރައީސް އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) ވިދާޅުވީ، އެހެން ގައުމުތަކުގެ ހާބަރުތަކުން ފީ ނަގަނީ ވަކި ވައްތަރެއްގެ އުޅަނދަށް ބަލައިގެން ނޫން ކަމަށާއި އެ އަގު ބިނާވަނީ އުޅަނދެއްގެ ކުޑަބޮޑުމިނާއި ބަނދަރުގައި އޮންނަ ވަގުތަށް ކަމަށެވެ. އެހެންވެ، ސިޓީ ކައުންސިލުން ހަމައެކަނި ސަފާރީތަކުން ވަކި އަދަދަކަށް ފީ ނަގަން ނިންމުމަކީ ތަފާތުކުރުން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
ފުވައްމުލަކަކީ ރާއްޖޭގައި އެންމެ ގިނައިން ސަފާރީތައް ބަނދަރުކުރާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެެކެވެ. އާންމު ގޮތެއްގައި ދުވާލަކު އެ ރަށުގެ ބަނދަރަށް ހައެއްކަ ސަފާރީ ވަދެ އެވެ. ބައެއް ދުވަސްތަކުގައި ބަނދަރުގެ ޖާގަ ފުރުމުން، ރަށާ ކައިރީގައި ކަނޑުމަތީގައި ވެސް ގިނަ ސަފާރީތައް އޮވެ އެވެ.
ފުވައްމުލަކުގައި ސަފާރީތަކުން ނަގާ ފީ ކުޑަކޮށްފި
ސަފާރީތަކުގެ ފީ 500 ޑޮލަރަށް އަނެއްކާވެސް ބޮޑުކޮށްފި
ސަފާރީތަކަށް ފީ ބޮޑުކުރުމަކީ ތަފާތުކުރުން: އެންބީއޭއެމް
ބެސްޓް ޝާކް ޑައިވިން ޑެސްޓިނޭޝަން އެވޯޑު ފުވައްމުލަކަށް
ފުވައްމުލަކު ބަނދަރުން ޓޫރިޒަމަށް ބިން ދޫކުރަނީ
ބޯޓިން އެސޯސިއޭޝަންގެ ރައީސަކަށް އާމިރު މަންސޫރު
ފުވައްމުލަކުގައި ސަފާރީތަކުން ފީ ނަގަންފެށުން ފަސްކޮށްފި
ފުވައްމުލަކުގައި ސަފާރީތަކުން ނަގާ ފީ 500 ޑޮލަރަށް
އައްޑު އާއި ފުވައްމުލަކުގެ ނޭޗާ ޕާކް މަރާމާތުކުރަނީ
ވަޒީފާގެ މައިދާނަށް ޒުވާނުން ނެރެން ޕްރޮގްރާމެއް