މިފްކޯއިން ފުވައްމުލަކުން މަސް ގަންނަން މި މަހު ފަށަން ނިންމާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
13 އޯގަސްޓް 2025
މިފްކޯއިން ފުވައްމުލަކުން މަސް ގަންނަން މި މަހު ފަށަން ނިންމާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
މިފްކޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފުވައްމުލަކުން މަސް ގަންނަން މި މަހު ފަށާނެ ކަމަށާއި އެ ރަށުން މަސް ގަތުމުގެ އިންތިޒާމު ދާއިމީކޮށް ހަމަޖެހޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
މިފްކޯ އިން ބުނީ އެ ރަށުގައި ހަދަމުން އަންނަ މަސް ޕްރޮސެސްކުރާ މަރުކަޒު މި އަހަރު އޮޕަރޭޝަނަލައިޒްކޮށް، ޕްރޮސެސްކޮށްފައި ހުންނަ މަސް ގަންނަން ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސާނެ ކަމަށެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން އިއްޔެ ބުނީ މިފްކޯއާ އެކު ބޭއްވި ބައްދަލުވުމުގައި، އެ ކުންފުނީގެ މަސްކިރާ ބޯޓެއް ފުވައްމުލަކުގައި ދާއިމީކޮށް ބާއްވަން ހަމަޖައްސައި، މަސް ކިރޭނެ އިންތިޒާމު މި މަހު ހަމަޖެހޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި މަސް ގަނެ ރައްކާކުރެވޭނެ ގޮތަށް ސްޓޯރޭޖް ފެސިލިޓީގެ ހިދުމަތް މި އަހަރު ތެރޭގައި ފެށޭނެ ކަމުގެ ޔަގީންކަން ދިން ކަމަށް ސިޓީ ކައުންސިލުން ވެސް ބުންޏެވެ.
މިފްކޯއިން ވަނީ އައްޑޫން ގަންނަ މަސް ހުވަދުއަތޮޅަށް ގެންދިއުމުގެ ބަދަލުގައި ސީދާ އައްޑޫން މަސް ބޭރުކުރުމުގެ މަސައްކަތް ފަށަން ވެސް ތައްޔާރުވެފަ އެވެ. އެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް މުވައްޒަފުން ހޯދަނީ
"އެލައިޑް ފެސްޓް" ފުވައްމުލަކުގައި ބާއްވައިފި
ފުރަތަމަ ދުވަހު ފުވައްމުލަކުން މިފްކޯއަށް ހަ ޓަނު މަސް
އެންސިސިން އިން ޗައިނާ، ސައޫދީއާ ވެސް މަޝްވަރާކުރަނީ
ބޭނި ދެ ޓަނު މަސް ނުކިރި ކަނޑަށް އުކާލައިފި
މިފްކޯގެ ސީއީއޯއަކަށް ފަރުހަތު އައްޔަންކޮށްފި
މިފްކޯގެ ކޮރަޕްޝަން މުލުން ލުހެލާނަން: ރައީސް
މިފްކޯއިން ޝަރީފް ވަކިކޮށް، އެމްފޯމްޕީސީއަށް
"މިފްކޯއަށް ސިޔާސީ ނުފޫޒު ފޯރުވަން ޖާގައެއް ނުދޭނަން"
ބެސްޓް ޝާކް ޑައިވިން ޑެސްޓިނޭޝަން އެވޯޑު ފުވައްމުލަކަށް