މީގެ ދޮޅު އަހަރު ކުރިން މަހުގެ އަގު 25ރ. އަށް ބޮޑުކުރުމާ ގުޅިގެން އެންސިސް ކޭނިން ފެކްޓަރީ ބަންދުކުރަން ޖެހި، ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށްޓަކައި އެ ފެކްޓަރީ ވިއްކާލަން ނުވަތަ އެހެން ބަޔަކަށް ކުއްޔަށް ދީގެން ހިންގަން ރާއްޖޭގެ މިފްކޯގެ އިތުރުން ޗައިނާ އާއި ސައޫދީ އަރަބިއްޔާގެ ކުންފުނިތަކާ ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް އެންސިސް ފިޝަރީޒުން ރޭ ބުނެފި އެވެ.
މީގެ ދޮޅު އަހަރު ކުރިން މަހުގެ އަގު 25ރ. އަށް ބޮޑުކުރުމާ ގުޅިގެން އެންސިސް ކޭނިން ފެކްޓަރީ ބަންދުކުރަން ޖެހި، ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށްޓަކައި އެ ފެކްޓަރީ ވިއްކާލަން ނުވަތަ އެހެން ބަޔަކަށް ކުއްޔަށް ދީގެން ހިންގަން ރާއްޖޭގެ މިފްކޯގެ އިތުރުން ޗައިނާ އާއި ސައޫދީ އަރަބިއްޔާގެ ކުންފުނިތަކާ ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް އެންސިސް ފިޝަރީޒުން ރޭ ބުނެފި އެވެ.
ބޭންކުތަކުން ނެގި 25 މިލިއަން (385 މިލިއަން ރުފިޔާ) އަށް އިންވެސްޓް ކޮށްގެން 2019 ގައި ހެދި ކޭނަރީ މިފްކޯ އަށް "ލިބިގަތުމުގެ" ދިރާސާއެއް ކޮށްފައިވާ ކަމަށާއި އޭގެ މަޝްވަރާތައް އެ ކުންފުންޏާ އެކު ކުރަމުން އަންނަ ކަމަށް މިފްކޯ އިން ހާމަކުރުމުން އެކި ގޮތްގޮތަށް ދަނީ ވާހަކަތައް ފެތުރެމުންނެވެ.
އެކަން ސާފުކޮށްދިނުމަށް އެންސިސް ފިޝަރީޒުން ނެރުނު ބަޔާނެއްގައި ބުނީ، ލިބެނުންދާ ގެއްލުންތައް ކުޑަކުރުމަށްޓަކައި ކޭނިން ފެކްޓަރީ ވިއްކާލުމަށް ނުވަތަ ތިންވަނަ ފަރާތަކާ ހަވާލު ކޮށްގެން ހިންގަން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ދިވެހި ދައުލަތުގެ މަސް ކުންފުނި މިފްކޯގެ އިތުރުން ޗައިނާ އާއި ސައޫދީގެ ކުންފުނިތައް ހިމެނޭ ކަމަށް އެންސިސް އިން ބުންޏެވެ.
... އަދި ޔޫރަޕާއި އެމެރިކާގެ ސުޕަމާކެޓްތަކުގައި ދިވެހި މަހުގެ އުފެއްދުންތައް ވިއްކަމުން ދިޔައީ ދިގު މުއްދަތުގެ ކޮންޓްރެކްޓްތަކުގެ ދަށުންނެވެ. ފެކްޓަރީ މިފަދަ އަގު ކުރުމުގައ،ި ފެކްޓްރީ ހިމެނޭ ބިމާއި މެޝިނަރީތަކާއި އިންސާނީ ވަސީލަތްތަކާއި ސަޕްލައި ކޮންޓްރެކްޓްތައް ވެސް ހިމެނޭނެ އެވެ،"--- އެންސިސް
އެކަމަކު، އެންސިސް އިން ބުނީ، މިފްކޯގެ އުފެއްދުންތެރިކަމާއި "ވެލިއު އެޑެޑް ކޭޕަބިލިޓީސް" އިތުރު ކުރުމުގެ މަސައްކަތުގެ ތެރެއިން، ކޭނިން ފެކްޓަރީ މިފްކޯގެ އެސެޓްތަކުގެ ތެރެއަށް އިތުރު ކުރުމުގެ މަޝްވަރާ ވެސް ކުރިއަށް ގެންދާ ކަމަށެވެ.
ހުޅުމާލޭގައި ހަދާފައިވާ އެންސިސް ކޭނިން ފެކްޓަރީ
"އެންސިސްއަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް ގިނަގުނަ އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ 23 އަހަރު ދުވަސްވީ ފަހުރުވެރި ދިވެހި ކުންފުންޏެކެވެ. އެންސިސްގެ ކޭނިން ފެކްޓްރީއަކީ މި ކުންފުނީގެ ތަރިކަ ރަމްޒު ކޮށްދ،ޭ ކުންފުނީގެ އެންމެ ބޮޑު އިންވެސްޓްމަންޓެވެ. މިފަދަ އަގު ހުރި އިންވެސްޓްމަންޓެއް ކޮށްފައިވަނ،ީ ހުޅުވާލެވިފައިވާ މަސްވެރިކަމުގެ ސިނާއަތެއްގައި ވާދަވެރި ވިޔަފާރިއެއް ކުރުމުގެ އަޒުމުގަ އެވެ،" އެންސިސްގެ ބަޔާނުގައި ވެ އެވެ.
އެންސިސް ކޭނަރީއާ ގުޅޭ މައުލޫމާތު:
● ކޭނަރީ ހުޅުވީ ޑިސެމްބަރު 9، 2019 އިގައި. މިއީ މާލެ ސަރަހައްދުގައި ހެދި މި ފަދަ ފުރަތަމަ ފެކްޓަރީ.
● އިންވެސްޓްމަންޓުގެ އަގު: 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ)
● މަސް ރައްކާކުރުމަށް 1،200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމް ކޮށްފައިވޭ.
● ދުވާލަކު 25 ޓަނުގެ މަސް ބަންދުކުރެވޭ.
● ސެޕްޓެމްބަރު 2023 ގައި ކޭނަރީ ބަންދުކުރުމާ ހަމައަށް 400 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރި. އޭގެ ތެރެއިން 80 ޕަސެންޓަކީ އަންހެނުން.
● ކޭނަރީގެ ބިމުގެ ޖާގަ: 50،000 އަކަފޫޓު.
● ކޭނަރީ ބަންދުކުރަން ޖެހުނީ މަސްވެރިންގެ އަތުން މިފްކޯ އިން ކަޅުބިލަ މަސް ގަންނަ އަގު 25ރ. އަށް ބޮޑު ކުރުމުން.
އެކަމަކު، މަހުގެ އަގު ކޮންޓްރޯލް ކޮށްފައިވާ މާހައުލެއްގައ،ި އެ ކުންފުނީގެ ކުރިމަގު ޔަގީން ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި މަޝްވަރާތައް އަބަދުވެސް ކުރިއަށް ގެންދާނެ ކަމަށް އެންސިސް އިން ބުންޏެވެ.
"އެހެންކަމުނ،ް މިކަމާ ގުޅޭގޮތުން އަދި ފެކްޓްރީގެ ވެލުއޭޝަންއާ ގުޅޭ ގޮތުން ހަގީގަތް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން މައުލޫމާތު ފަތުރަމުންދާތީ އެކަމާ މެދު އެންސިސް އިން ހިތާމަކުރަމެވެ. އަދި މި ކުންފުނީގެ އަގު ވެއްޓޭ ގޮތަށް އެއްވެސް ފަރާތަކުން މައުލޫމާތު ނުފެތުރުމަށް އިލްތިމާސް ކުރަމެވެ،" ބަޔާނުގައި ވެ އެވެ.
އެންސިސް އިން ބުނިގޮތުގައި، ކޭނިން ފެކްޓަރީއަކީ އެންމެ ޒަމާނީ މެޝިނަރީތަކާއި ވަސީލަތްތަކާ އެކު ގާއިމްކޮށްފައިވާ، އެ ކުންފުނީގެ އެންމެ ބޮޑު އިންވެސްޓްމަންޓެވެ. އެ ތަން ހެދީ ޖަރުމަނު ޑިވެލޮޕްމަންޓް ބޭންކާއި ރާއްޖޭގެ ބޭންކުތަކުން ނެގި ލޯނުތަކުގެ އެހީގައި ކަމަށް ވެސް ބުންޏެވެ.
"މިއީ މަސްވެރިކަމުގެ ސިނާއަތުގައި ރާއްޖޭގައި އޮތް އެންމެ އަގުހުރި އެސެޓްތަކުގެ ތެރެއިން އެއް އެސެޓެވެ،" އެންސިސްގެ ބަޔާނުގައި ބުންޏެވެ.
އެ ކުންފުނިން ބުނީ، އެންސިސް ކޭނިން ފެކްޓަރީއަކީ ބައިނަލްއަގްވާމީ ސެޓިފިކޭޝަން ލިބި، އަދި އޮޑިޓް ވެސް ކޮށް، ބޭރުގެ އެކި މާކެޓްތަކަށް ދަޅުމަސް އެކްސްޕޯޓް ކުރަމުން އައި ހަރުދަނާ ވިޔަފާރިއެއް ކަމަށެވެ.
"އަދި ޔޫރަޕާއި އެމެރިކާގެ ސުޕަމާކެޓްތަކުގައި ދިވެހި މަހުގެ އުފެއްދުންތައް ވިއްކަމުން ދިޔައީ ދިގު މުއްދަތުގެ ކޮންޓްރެކްޓްތަކުގެ ދަށުންނެވެ. ފެކްޓަރީ މިފަދަ އަގު ކުރުމުގައ،ި ފެކްޓްރީ ހިމެނޭ ބިމާއި މެޝިނަރީތަކާއި އިންސާނީ ވަސީލަތްތަކާއި ސަޕްލައި ކޮންޓްރެކްޓްތައް ވެސް ހިމެނޭނެ އެވެ،" އެންސިސްގެ ބަޔާނުގައި ބުންޏެވެ.
އެންސިސް މަސް ފެކްޓަރީއާ މިފްކޯ އިން ހަވާލުވަނީ!
މިފްކޯގެ ކޮރަޕްޝަން މުލުން ލުހެލާނަން: ރައީސް
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
ކަނޑުއޮތްގިރީގެ މަސް ކާރުހާނާ ފެލިވަރުގައި ފަށަނީ
މަސްވެރިކަން ރަނގަޅުވާން ފަށައިފި
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް
މަސްވެރިންނަށް ނުދެވި ހުރި ފައިސާ މާދަމާ ދޭނެ: މިފްކޯ
މަހުގެ އަގު ދަށްކުރަން މަޝްވަރާ ކުރަނީ
އެޖެންޑާގެ އެންމެ ކުރީގައި މަސްވެރިންނަށް ފައިސާ ދިނުން
ނޫނެކެވެ، ހައްލަކީ މިފްކޯ އުވާލުމެއް ނޫނެވެ.