Roadha Mihaaru

"އެލައިޑް ފެސްޓް" ފުވައްމުލަކުގައި ބާއްވައިފި

އެލައިޑް އިންޝުއަރެންސް އިން ރަށްރަށުގައި ބާއްވަމުންދާ ކޮމިއުނިޓީ އިވެންޓް ކަމަށްވާ "އެލައިޑް ފެސްޓް"ގެ ތިން ވަނަ ހަރަކާތް މިދިޔަ ހުކުރު ދުވަހު ފުވައްމުލަކުގައި ބާއްވައިފި އެވެ.

"އެލައިޑް ފެސްޓް" ފުވައްމުލަކުގައި ބާއްވައިފި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

03 ސެޕްޓެމްބަރ 2025

އެލައިޑް އިންޝުއަރެންސް އިން ރަށްރަށުގައި ބާއްވަމުންދާ ކޮމިއުނިޓީ އިވެންޓް ކަމަށްވާ "އެލައިޑް ފެސްޓް"ގެ ތިން ވަނަ ހަރަކާތް މިދިޔަ ހުކުރު ދުވަހު ފުވައްމުލަކުގައި ބާއްވައިފި އެވެ.

އެ ހަރަކާތަކީ އެލައިޑުގެ ޕްރޮޑަކްޓުތަކާއި ހިދުމަތްތައް މެދުވެރިކޮށް ފައިނޭޝަލް ޕްލޭނިން ހެދުމަށް އެހީތެރިވެދީ، އެކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ކުންފުނިން ބާއްވަމުންދާ ހަރަކާތެކެވެ. އެލައިޑުން ބުނީ އެ ހަރަކާތުގެ މަގުސަދަކީ މަޖާ މާހައުލެއްގައި އާއިލާތަކަށް ފައިނޭންޝަލް ޕްލޭނިންއާ ގުޅޭ މުހިންމު މައުލޫމާތުތައް ފޯރުކޮށްދިނުން ކަމަށެވެ.

އެލައިޑުން ފުވައްމުލަކުގައި ބޭއްވި އެލައިޑް ފެސްޓު.

އެލައިޑުން ފުވައްމުލަކުގައި ބޭއްވި އެލައިޑް ފެސްޓު.

ކުޑަކުދިންނަށް ހާއްސަ، އެކި ގޭމުތަކާ އެކު އެލައިޑުން ފުވައްމުލަކުގައި ބޭއްވި "އެލައިޑް ފެސްޓު" ހަރަކާތުގައި 3،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. އަދި އެ ހަރަކާތުގައި ތަފާތު އެކި ކާބޯތަކެތި ވިއްކާ 10 ސްޓޯލް ވެސް ހުއްޓެވެ.

އެލައިޑުން ބުނީ އެ ހަރަކާތަކީ ގިނަ ބައެއްގެ ތަރުހީބު ލިބުނު ކާމިޔާބު ހަރަކާތެއް ކަމަށެވެ. އަދި އެ ހަރަކާތް ކާމިޔާބުކޮށް ކުރިއަށް ގެންދިއުމުގައި އެ ކުންފުންޏަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ ރެކްރިއޭޝަން ކްލަބާއި ފުވައްމުލަކުގެ ޕްރީސްކޫލްތަކާއި އެރަށުގެ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބުނު ކަމަށް އެލައިޑުން ބުންޏެވެ.

އެލައިޑުގެ އެކި ހިދުމަތްތަކާއި ޕްރޮޑަކްޓުތަކުގެ މައުލޫމާތުތައް ހިއްސާކުރުމުގެ ގޮތުން ބާއްވަމުންދާ "އެލައިޑް ފެސްޓު"ގެ ހަރަކާތްތައް މިއަހަރު ހުޅުމާލެ އާއި އއ. ތޮއްޑޫގައި ވެސް ކުރިއަށް ގެންދާނެ އެވެ.