Roadha Mihaaru
ސަފާރީތަކުގެ ފީ 500 ޑޮލަރަށް އަނެއްކާވެސް ބޮޑުކޮށްފި

ފުވައްމުލަކަށް ވަންނަ ސަފާރީތަކުން ނަގާ ފީ 500 ޑޮލަރަށް އަނެއްކާވެެސް ބޮޑުކޮށްފި

21 އެޕްރީލް 2022

ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ ކުޑަކުރަން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކޮށް އަދި މިއަދުން ފެށިގެން 500 ޑޮލަރުގެ ފީއެއް އަނެއްކާވެސް ނަގަން ފުވައްމުލަކު ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ ކުޑަކުރަން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކޮށް އަދި މިއަދުން ފެށިގެން 500 ޑޮލަރުގެ ފީއެއް އަނެއްކާވެސް ނަގަން ފުވައްމުލަކު ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ފުވައްމުލަކުގެ ބަނދަރަށް ވަންނަ ކޮންމެ ސަފާރީއަކުން ކޮންމެ ދުވަހަކަށް 500 ޑޮލަރުގެ ފީއެއް ނަގަން ނިންމުމުން ކުރިމަތިވި ފާޑުކިޔުންތަކަށް ފަހު، ސިޓީ ކައުންސިލުން ކުރިން އޮތީ އެ ފީ ކުޑަކޮށްފަ އެވެ. އެއީ 100 ފޫޓަށް ވުރެ ކުދި ސަފާރީތަކުން 150 ޑޮލަރަށް އަދި އެ އަށް ވުރެ ބޮޑެތި ސަފާރީތަކުން 200 ޑޮލަރުގެ ފީއަކަށެވެ.

ނަމަވެސް ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ފީ ކުޑަކުރި ނިންމުމަށް އަމަލުކުރުން ފަސްކުރަން އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެހެންވެ، މިއަދުން ފެށިގެން އަނެއްކާވެސް ނަގަމުން ދާނީ ކޮންމެ ދުވަހަކަށް 500 ޑޮލަރުގެ ފީއެއް ކަމަށް އެ އިއުލާނުގައިވެ އެވެ.

އެކަމަކު، ކުރީގެ ނިންމުމަށް އަމަލުކުރުން ފަސްކުރި ސަބަބެއް ކައުންސިލުން ހާމައެއް ނުކުރެ އެވެ.

ސަފާރީތަކުން ނަގާ ފީ ކައުންސިލުން އޭރު ކުޑަކުރީ ބޯޓިން އެސޯސިއޭޝަނުން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމުންނެވެ.