Roadha Mihaaru
ހުޅުމާލޭގެ ފަޅުތެރޭގައި ބާ ބޯޓުތަކެއް އޮޔާދަނީ!

ހުޅުމާލޭގެ ފަޅުތެރޭގައި ބާ ބޯޓުތަކެއް އޮޔާދާތީ ބޯޓިން އެސޯސިއޭޝަނުން ކަންބޮޑުވެއްޖެ

23 އެޕްރީލް 2023

ހުޅުމާލޭ ފަޅުތެރޭގައި އަޅާފައިވާ ބާ ބޯޓުތަކެއް އޮޔާ ގޮސް، އެހެން އުޅަނދުތަކަށް ގެއްލުން ލިބޭތީ ބޯޓިން އެސޯސިއޭޝަނުން މިއަދު ކަންބޮޑުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭ ފަޅުތެރޭގައި އަޅާފައިވާ ބާ ބޯޓުތަކެއް އޮޔާ ގޮސް، އެހެން އުޅަނދުތަކަށް ގެއްލުން ލިބޭތީ ބޯޓިން އެސޯސިއޭޝަނުން މިއަދު ކަންބޮޑުވެއްޖެ އެވެ.

ސަފާރީތަކުގެ ޖަމިއްޔާ އިން ކުރި ޓްވީޓެއްގައި ބުނީ އެއްވެސް މީހަކު ނެތް، ބާ މަސްދޯނި ތަކެއް އޮޔާދާތީ އެކަން އެޗްޑީސީ އާއި ޓޫރިޒަމް އަދި ޓްރާންސްޕޯޓު މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ.

އެ ބާ ބޯޓުތަކުގެ ސަބަބުން އެ ސަރަހައްދުގައި އަޅާފައިވާ އެހެން އުޅަނދުތަކަށް ވެސް ވަރަށް ނުރައްކާ ވެދާނެ ކަމަށް ބުންޏެވެ.

ހުޅުމާލެ ފަޅުތެރެއަކީ ގިނަ އަދަދެއްގެ ސަފާރީ އަޅާފައި އޮންނަ ސަރަހައްދެކެވެ.

ލިބިފައިވާ ފޮޓޯތަކުން، އެ ފަޅުގައި އަޅާފައި ހުރީ ދަބަރު ޖަހައި، ބާވެފައި ހުރި ބޯޓުތަކެއް ކަން އެނގެ އެވެ. އޭގެ ބޭނުން ނުކުރާ ހަތަރު ބޯޓެއް އެ ފަޅު ތެރޭގައި މި ވަގުތު ވެސް އެބައޮތެވެ.