Roadha Mihaaru

ކަނޑު އުޅަނދުފަހަރުގެ މެއިންޓަނަންސާއި މަރާމާތުގެ ހިދުމަތްތައް މެރިން މާސްޓާ ބޯޓްޔާޑުން

ކަނޑު އުޅަނދުފަހަރަށް ބޭނުންވާ މެއިންޓަނަންސާއި މަރާމާތުގެ ހިދުމަތްތައް މެރިން މާސްޓާ ބޯޓްޔާޑުގައި ދޭން ފަށައިފި އެވެ.

އުޅަނދުފަހަރުގެ މެއިންޓަނަންސް މެރިން މާސްޓާ ބޯޓްޔާޑުން
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

26 އޯގަސްޓް 2025

ކަނޑު އުޅަނދުފަހަރަށް ބޭނުންވާ މެއިންޓަނަންސާއި މަރާމާތުގެ ހިދުމަތްތައް މެރިން މާސްޓާ ބޯޓްޔާޑުގައި ދޭން ފަށައިފި އެވެ.

ކ. ހިންމަފުށީގައި ހުންނަ އެ ބޯޓްޔާޑަށް، ޕަވާ ހޮއިސްޓުގެ އެހީގައި 220 ޓަނާ ހަމައަށް ބަރުދަން ހުންނަ ސްޕީޑް ބޯޓާއި ޔޮޓާއި ސަފާރީ އާއި ދޯންޏާއި ބާޖު އަދި ލޭންޑިން ކްރާފްޓް ފަދަ އުޅަނދުތައް އެހެލޭނެ އެވެ. އެތަނަށް އެހެލާ އުޅަނދުފަހަރަށް ބޭނުންވާ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން މިހާރު ވަނީ ވޯކްޝޮޕްތައް ވެސް ގާއިމުކޮށްފަ އެވެ. އެ ވޯކްޝޮޕްތަކުގެ ތެރޭގައި ކާޕެންޓްރީގެ ހިދުމަތާއި ލޭތާއި ވެލްޑިން އާއި ކަރަންޓް އަދި އުޅަނދުފަހަރުގެ ސީޓުގެ ސަތަރި ފެހުމުގެ ހިދުމަތްތައް ހިމެނެ އެވެ.

މެރިން މާސްޓާ ބޯޓްޔާޑަކީ އެ ކުންފުނީގެ ގިނަ ހިދުމަތްތަކެއް ލިބެން ހުންނަ ތަނެކެވެ. އެތަނުން ސްޕީޑްބޯޓުތަކަށް ދޭ ހިދުމަތްތަކުގެ ތެރޭގައި ރޫޓީން މެއިންޓަނަންސާއި ހަލް ސާފުކުރުމާއި ކުދި އަދި ބޮޑެތި ފައިބަރ މަރާމާތު މަސައްކަތްތަކާއި ޖެލް ޖެހުމާއި ޕޮލިޝްކޮށްދިނުމާއި ސީޓުތަކާއި ސަތަރި އާ ކުރުމާއި ކަރަންޓުގެ މަސައްކަތްތަކާއި ވެލްޑިން އަދި އެކި އިކުއިޕްމަންޓް އިންސްޓޯލްކުރުމުގެ ހިދުމަތް ހިމެނެ އެވެ.

މެރިން މާސްޓާ ބޯޓްޔާޑަށް އެހެލާފައި އޮތް ބޯޓެއްގައި މަސައްކަތް ކުރަނީ --- ފޮޓޯ/މެރިން މާސްޓާ

މެރިން މާސްޓާ ބޯޓްޔާޑަށް އެހެލާފައި އޮތް ބޯޓެއްގައި މަސައްކަތް ކުރަނީ --- ފޮޓޯ/މެރިން މާސްޓާ

އެތަނުން ދޯނިފަހަރު ފަދަ އުޅަނދުތަކަށް ކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ދޯނި ސާފުކޮށް ދޮވުމާއި ފައިބަރު ނުވަތަ ލަކުޑީގެ މަރާމާތު މަސައްކަތްތަކާއި ޖެލް ޖެހުމާއި ކުލަލުމާއި އެންޓިފޯލިންލުމުގެ ހިދުމަތާއި ޝާފްޓް އަދި ޓިއުބް ނެއްޓުމާއި ފައުންޑޭޝަން ހަދައި އިންޖިން އެލައިންކޮށް އިންސްޓޯލް ކުރުން ހިމެނެ އެވެ.

އެ ބޯޓްޔާޑާއި ގުޅޭގޮތުން މެރިން މާސްޓާގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު ޝުވޭދާ ޝަމީމް ވިދާޅުވީ އެ ތަނަކީ ޖާގަ ތަނަވަސް އަދި ގިނަ އަދަދެއްގެ އުޅަނދަށް އެއްފަހަރާ ހިދުމަތް ދިނުމުގެ ގާބިލުކަން ހުރި ތަނެއް ކަމަށެވެ. އަދި އެތަނަކީ ބޮޑެތި އުޅަނދުފަހަރު އެހެލެވޭނެ ތަނެއްކަން ފާހަގަކޮށް, އެތަނުން އިތުބާރު ހުރި ހިދުމަތްތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މެރިން މާސްޓާ ބޯޓްޔާޑް --- ފޮޓޯ/މެރިން މާސްޓާ

މެރިން މާސްޓާ ބޯޓްޔާޑް --- ފޮޓޯ/މެރިން މާސްޓާ

"މި ބޯޓްޔާޑަކީ ދާދިފަހުން ހިދުމަތްތައް ފެށި ތަނަކަށް ވުމުން, މިތަނުގައި ހުންނާނީ އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި ވަސީލަތްތައް. މިތަނުން އަޅުގަނޑުމެން ދޭ ހިދުމަތްތަކަކީ ފެންވަރު ރަނގަޅު، ކޮލެޓީ ހިދުމަތްތަކެއް. އަޅުގަނޑުމެންނަކީ މި ހިދުމަތްތައް ދިނުމުގެ އެންމެ ކުރީގައި ފާހަގަކޮށްލެވޭނެ އެއް ކުންފުނި." އޭނާ ވިދާޅުވި އެވެ.

މެރިން މާސްޓާ ބޯޓްޔާޑުގެ ވޯކްޝޮޕެއްގައި މަސައްކަތް ކުރަނީ --- ފޮޓޯ/މެރިން މާސްޓާ

މެރިން މާސްޓާ ބޯޓްޔާޑުގެ ވޯކްޝޮޕެއްގައި މަސައްކަތް ކުރަނީ --- ފޮޓޯ/މެރިން މާސްޓާ

އޭނާ ވިދާޅުވީ އާންމުކޮށް ބޯޓްޔާޑުތަކުން ހިދުމަތްތައް ދޭ އަގަށް ވުރެ ރަނގަޅު އަގުތަކެއްގައި އެތަނުން ހިދުމަތް ލިބޭނެ ކަމަށެވެ.

މެރިން މާސްޓާ އަކީ ކަނޑުއުޅަނދު ފަހަރަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން ލޯންޗް ފަހަރު ބަނދެ އަދި ކަނޑު އުޅަނދުތަކަށް ބޭނުންވާ ތަކެތި ވިއްކާ ކުންފުންޏެކެވެ.