Roadha Mihaaru
މެރިން މާސްޓާއިން ޔޫއޭއީއަށް ބޯޓެއް އެކްސްޕޯޓްކުރަނީ

ސްޕީޑް ބޯޓު ބަނުމަށް ހާއްސަ މެރިން މާސްޓާއިން ޔޫއޭއީއަށް ބޯޓެއް އެކްސްޕޯޓްކުރަނީ

14 ޖުލައި 2024

ތަފާތު އެކި ބާވަތުގެ ސްޕީޑް ބޯޓުތައް އުފެއްދުމުގެ މަސައްކަތް ރާއްޖޭގައި ކުރާ މެރިން މާސްޓާއިން "މެރިން މާސްޓާ 49 ސްޕީޑް ބޯޓު" ޔޫއޭއީއަށް އެކްސްޕޯޓް ކުރަން ޝިޕްކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ތަފާތު އެކި ބާވަތުގެ ސްޕީޑް ބޯޓުތައް އުފެއްދުމުގެ މަސައްކަތް ރާއްޖޭގައި ކުރާ މެރިން މާސްޓާއިން "މެރިން މާސްޓާ 49 ސްޕީޑް ބޯޓު" ޔޫއޭއީއަށް އެކްސްޕޯޓް ކުރަން ޝިޕްކޮށްފި އެވެ.

މެރިން މާސްޓާއިން ބުނިގޮތުގައި ޔޫއޭއީއަށް އެކްސްޕޯޓް ކުރާ މި ބޯޓު މިހާރު ވަނީ ރާއްޖެއިން ފުރާފަ އެވެ. 49 ފޫޓުގެ މި ބޯޓަކީ 60 ފަސިންޖަރުންނާއި ދެ ކްރޫ މެމްބަރުންގެ ޖާގައިގެ ހަތަރު އައުޓްބޯޑު އިންޖީނު އެޅި ސްޕީޑް ބޯޓެކެވެ.

މި ބޯޓު ފަރުމާ ކޮށްފައިވަނީ އޭއެފްޓީ ސްލައިޑިން ދޮރެއް ހިމެނޭ ކްލޯޒްޑް ކެބިން ވާޝަނަށެވެ. ޖެނެރޭޓަރަކާއި އެކު ސަލާމަތީ ގޮތުން ބޭނުންވާ ހުރިހާ ތަކެއްޗާއި އެކު ފުލީ އިކުއިޕްކޮށްފައިވާ މި ބޯޓަކީ އެއާ ކޮންޑިޝަން ކޮށްފައިވާ ބޯޓެކެވެ.

މެރިން މާސްޓާ އިން ބުނިގޮތުގައި އެ ކުންފުނިން ފަރުމާ ކުރާ ބޯޓުތަކުގެ އެންމެ ހާއްސަ ސިފަ އަކީ ސްޓެޕިން ހަލްއަކާއި އެކު ބޯޓުތައް ޑިޒައިންކޮށްފައި ހުރުމެވެ. މި ހަލް އަކީ ބޯޓުގެ ސްޕީޑް އަވަސް ކޮށްދިނުމުގައި އެހީވާ ޑިޒައިނެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ބޯޓު ދުއްވާއިރު، ލޮނުގަނޑުގައި ޖަހާ މިންވަރު މަދުވެ, ފިއުލް އެފިޝެންސީ ވެސް އިތުރު ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މެރިން މާސްޓާއިން 49 ފޫޓުގެ ސްޕީޑް ބޯޓުގެ އިތުރުން 39 ފޫޓުގެ ސްޕީޑު ބޯޓު ވެސް ބަނދެ އެވެ. 39 ފޫޓުގެ ސްޕީޑް ބޯޓަކީ 30 ފަސިންޖަރުންނާއި ދެ ކްރޫ މެމްބަރުންގެ ޖާގައިގެ ބޯޓެކެވެ. މި ބޯޓަށް އެންމެ ރަނގަޅީ 300 ހޯސްޕަވަރުގެ ދެ އައުޓްބޯޑު އިންޖީނު ކަމަށް މެރިން މާސްޓާއިން ބުނެ އެވެ.

މެރިން މާސްޓާއިން 12 ފަސިންޖަރުންގެ ޖާގައިގެ 26 ފޫޓުގެ ސްޕީޑް ބޯޓު ވެސް އުފައްދަ އެވެ. މި ކުންފުނިން ފަރުމާކުރާ ބޯޓުތަކުގެ އިންޓީރިއާ ކަސްޓަމަރުން އެދޭ ގޮތަށް ވެސް ކަސްޓަމައިޒްކޮށް ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނީ ހެޔޮ އަގުގައި ބޯޓު ބަނުމަށް މި ދުވަސްވަރު ހާއްސަ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށެވެ.

މެރިން މާސްޓާއިން މިހާރު ދަނީ އިތުރު އުޅަނދުތައް ވެސް ބަނުމަށް ތައްޔާރު ވަމުންނެވެ. އޭގެ ތެރޭގައި 39 ފޫޓުގެ މަސް ދޯންޏާއި 33 ފޫޓުގެ މަސް ދޯންޏާއި 53 ފޫޓުގެ ޑައިވިން އަދި އެކްސްކާޝަންތަކަށް ބޭނުންކުރާ ދޯނި ހިމެނެ އެވެ.

ކ. ހިންމަފުށީގައި ހުންނަ މި ކުންފުނީގެ ބޯޓްޔާޑަކީ ސްޕީޑް ބޯޓާއި ދޯންޏާއި ޔޮޓް އަދި ސަފާރީތަކަށް ޑޮކިން ހިދުމަތް ދޭ ތަނެކެވެ. މި ބޯޓް ޔާޑަކީ 220 ޓަނުގެ އުޅަނދު އުފުލުމުގެ ގާބިލުކަން ހުރި ޕަވާ ހޮއިސްޓެއް ހުރި ތަނެކެވެ.

މެރިން މާސްޓާއިން ބުނިގޮތުގައި އެ ކުންފުނީގެ ބޯޓް ޔާޑުން ދޭ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން އާ ވޯކްޝޮޕްގެ ހިދުމަތްތަކާއި މެރިން ސަޕްލައިޒް ވިއްކާ އާ ޝޯ ރޫމާއި ރީ ފިޓް ކުރުމާއި ރިޕެއާ ކުރުން އަދި އުޅަނދުތަކަށް ބޭނުންވާ އިންސްޓޮލޭޝަންގެ ހިދުމަތް ވެސް ހިމެނެ އެވެ.

މެރިން މާސްޓާގެ ޝޯ ރޫމެއް ހުޅުމާލޭގައި ހުންނަ ރިނާޓަސް އިތާމުތުގެ ގްރައުންޑް ފްލޯގަ އާއި މާލޭގައި ހުންނަ ހަމީދީ ބިލްޑިންގައި ހުރެ އެވެ. މި ދެ ޝޯ ރޫމަކީ ވެސް މެރިން އިކުއިޕްމަންޓް ސަޕްލައި ކުރާ ދެ ތަނެވެ.

މެރިން މާސްޓާ އަކީ މެރިން އިކުއިޕްމަންޓުގެ ދަށުން ހިންގާ ކުންފުންޏެކެވެ. މަގުބޫލު މެރިން ސަޕްލަޔަރެއް ކަމަށްވާ މެރިން އިކުއިޕްމަންޓް އިކުއިޕްމަންޓުގެ ޝޯރޫމް ހުންނަނީ ކަނބާއައިސާރަނި ހިނގުމުގަ އެވެ.