Roadha Mihaaru

ދިވެހި އިންވެސްޓްމަންޓުން ލަންކާގެ އެޗްއެންބީއައިބީއާ އެކު ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއް

ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ) އިން އެޗްއެންބީ އިންވެސްޓްމަންޓް ބޭންކް (އެޗްއެންބީއައިބީ) އާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯޕަރޭޓް ކަސްޓަމަރުންނަށް ފުޅާދާއިރާއެއްގައި އިންވެސްޓްމަންޓް ބޭންކިން އަދި ފައިނޭންޝަލް އެޑްވައިޒަރީގެ ހިދުމަތް ފޯރުކޮށްދިނުމަށް ސްޓްރެޓެޖިކް ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޑީއައިޕީއިން އެޗްއެންބީއައިބީއާ އެކު ޕާޓްނާޝިޕެއް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

17 ޖުލައި 2025

ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ) އިން އެޗްއެންބީ އިންވެސްޓްމަންޓް ބޭންކް (އެޗްއެންބީއައިބީ) އާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯޕަރޭޓް ކަސްޓަމަރުންނަށް ފުޅާދާއިރާއެއްގައި އިންވެސްޓްމަންޓް ބޭންކިން އަދި ފައިނޭންޝަލް އެޑްވައިޒަރީގެ ހިދުމަތް ފޯރުކޮށްދިނުމަށް ސްޓްރެޓެޖިކް ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއީ ރާއްޖޭގެ މާލީ ދާރިރާ ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާނެ އެއްބަސްވުމެއް ކަމަށާއި ޑީއައިޕީ އާއި އެޗްއެންބީއައިބީ ގުޅިގެން ދެ ފަރާތުގެ ތަޖުރިބާ އާއި ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ މާކެޓަށް ބޭނުންވެފައިވާ މާލީ ސޮލިއުޝަންތައް ހޯދައި ދެވޭނެ ކަމަށް ޑީއައިޕީން ބުންޏެވެ. އަދި މި ސްޓްރެޓެޖިކް ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ ކުންފުނިތަކަށް ބައިނަލްއަގުވާމީ ބާޒާރުތަކުން ފައިނޭންސިން ހޯދުމާއި ޑޮލަރަށް ނިސްބަތްވާ ޕްރޮޖެކްޓް ފައިނޭންސިން ހޯދުމާއި ކުންފުނިތައް މާލީ ގޮތުން ތަރައްގީ ކުރުމަށް ބޭނުންވާ ލަފަ އާއި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ޑީއައިޕީން ބުންޏެވެ.

ޑީއައިޕީއަކީ ރާއްޖޭގެ ކެޕިޓަލް މާކެޓް މެދުވެރިކޮށް ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިން ސޮލިއުޝަންތައް ފޯރުކޮށްދިނުމާއި ކެޕިޓަލް ހޯދުމުގެ މަގު ފަހިކޮށްދިނުމަށް ލައިސަންސް ލިބިފައިވާ އިންވެސްޓްމަންޓް މެނޭޖްމަންޓް އެންޑް އެޑްވައިޒަރީ ފާމެކެވެ. މި ފާމު ޕްރޮމޯޓް ކުރަނީ އެންސިސް ގްރޫޕާއި ދިވެހި އިންޝުއަރެންސް ފަދަ ތަފާތު ވިޔަފާރިތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނާއި މާލީ ދާއިރާގެ ފަންނީ ބޭފުޅުންނެވެ.

ޑީއައިޕީން ކުންފުނިތަކުގެ ފައިނޭންޝަލް އިނޮވޭޝަނާއި ކުރިއެރުމަށް އަހައްމިޔަތު ދީ، މާކެޓުގެ އިންސައިޓާއި ރެގިއުލޭޓަރީ ތަޖުރިބާގެ އެހީގައި ވިޔަފާރިތައް ތަރައްގީ ކުރުމުގައި އެހީވެދެ އެވެ. ޑީއައިޕީން ދޭ ހިދުމަތްތައް ފުޅާކުރުމަށް ކުރަމުން އަަންނަ މަސައްކަތްތަކުގެ ދަށުން ބްރޯކަރޭޖް އަދި އިންވެސްޓްމަންޓް މެނޭޖްމަންޓް ގެ ހިދުމަތްތައް ތައާރަފްކުރުމުގެ މަސައްކަތް އެ ފާމުން ކުރެ އެވެ.

ޑީއައިޕީން ބުނިގޮތުގައި، އެ މަސައްކަތަށް މިހާތަނަށް ލިބިފައިވާ އެންމެ ބޮޑު އެއް ކާމިޔާބީ އަކީ ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑް (ޑީއެޗްއައިއެންއޭއެފް) ގެ އިންވެސްޓްމަންޓް ފަންޑު މެނޭޖަރުކަން ލިބިފައި ވުމެވެ. މި އިނީޝިއޭޓިވް އަކީ ކެޕިޓަލް މާކެޓުގެ ބައިވެރިވުން އިތުރުކޮށް، މާލީ ދާއިރާ މިހާރަށް ވުރެ ބޮޑަށް ތަރައްގީ ކޮށްދޭނެ ކަމެއްގެ ގޮތުގައި ޑީއައިޕީން ފާހަގަކުރެ އެވެ.

ޑީއައިޕީއާ އެކު، ސްޓްރެޓީޖިކް ޕާޓްނާޝިޕުގައި ސޮއިކުރި ސްރީ ލަންކާގެ މަޝްހޫރު އިންވެސްޓްމަންޓް ބޭންކިން އިންސްޓިޓިއުޓް އެޗްއެންބީއައިބީ އަކީ ދެމެހެއްޓެނިވި ކުރިއެރުމާއި ދިގު މުއްދަތަކަށް ވިޔަފާރި ދަމަހައްޓަން ތައްޔާރު ކޮށްފައިވާ ކެޕިޓަލް މާކެޓުގެ ހައްލުތައް ފޯރުކޮށްދޭ ބައެކެވެ.

އެޗްއެންބީއައިބީ އަކީ އަމިއްލަ ފަރާތްތަކާއި ކޯޕަރޭޝަންތަކާއި އިންސްޓިޓިއުޝަނަލް އިންވެސްޓަރުން ހިމެނޭ ގޮތަށް ތަފާތު ކްލައިންޓުންނަށް ބޭނުންވާ ކަސްޓަމައިޒްޑް ފައިނޭންޝަލް ސްޓްރެޓެޖީތައް ފޯރުކޮށްދޭ ފާމެކެވެ. އަދި އެޗްއެންބީއައިބީއިން ސްޓޮކްބްރޯކިން އާއި ސަރުކާރާއި ކޯޕަރޭޓް ޑެޓް ޓްރޭޑިން، އިކުއިޓީ ކެޕިޓަލް މާކެޓް ސޮލިއުޝަންސް، މާޖަސް އެންޑް އެކުއިޒިޝަންސް އެޑްވައިޒަރީ، ކޯޕަރޭޓް ފައިނޭންސް އަދި އިން-ޑެޕްތް އިކުއިޓީ ރިސާޗް ފަދަ ހިދުމަތްތައް ފޯރުކޮށްދެ އެވެ.

އެޗްއެންބީއައިބީއިން އިނިޝިއަލް ޕަބްލިކް އޮފަރިން (އައިޕީއޯ) އާއި ޕްރައިވެޓް ޕްލޭސްމަންޓުން ފެށިގެން ޓްރެޝަރީ ބިލާއި ކޯޕަރޭޓް ބޮންޑާއި ޑިބެންޗަރގެ ވިޔަފާރިއާ ހަމައަށް ގެންގުޅެނީ ފަސޭހަ އުސޫލުތަކެއް ކަމަށް ޑީއައިޕީން ފާހަގަކުރެ އެވެ. އޭގެ ސަބަބުން ކްލައިންޓުންނަށް ހަރުދަނާ އަދި ގިނަ ފަހަރަށް ކޮމްޕްލެކްސް ފައިނޭންޝަލް މާހައުލުތައް ނެވިގޭޓްކޮށް، ވެލިއު މެކްސިމައިޒްކޮށް، ރިސްކް ކުޑަކޮށްދެ އެވެ. މިއީ ކެޕިޓަލް މާކެޓުގެ ހުރިހާ ދާއިރާއެއްގައި ދެފުށް ފެންނަ އަދި ވިޔަފާރީގައި އާ އުކުޅުތައް ކިޔައިދޭން މަސައްކަތްކުރާ ކުންފުންޏެއްގެ ގޮތުގައި ފާހަގަކުރެ އެވެ.