Roadha Mihaaru

ދިރިއުޅުން ފަސޭހަކޮށްލަން އަޅަންވީ އީޒްއެޕް!

ދުވަހުގެ ބިޒީ ޝެޑިއުލުން ގެއަށް ބޭނުންވާ ތަކެތި ގަތުމަށް ވިޔަފާރިކުރަން ދާން ވަގުތު ހޯދުމަކީ ދަތިކަމެކެވެ. ކައްކަން ފަށައިގެން އުޅޭ ވަގުތު ގޭގައި އެއްޗެއް މަދުކަން އެނގުމުން ނުވަތަ ގޭގައި, މަސައްކަތެއްގައި ތާށިވެފައި ހުންނަ ވަގުތެއްގައި އެޕާޓްމަންޓު ދޫކޮށް ކަންމަތީ ފިހާރައަށް ދާން ޖެހުމަކީ އުނދަގޫ ކަމެކެވެ. ގެއާ ކައިރީގައި ފިހާރަތައް ހުރި ނަމަވެސް އެންމެ އެއްޗެއް ނުވަތަ ދޭތި ގަންނަން ޖެހޭ ފަހަރު ފިހާރައަކަށް ނުކުތުން ވަނީ ބޮޑު ކަމަކަށެވެ. މި އުނދަގޫތަކަށް ހައްލު ހޯދައިދީ, ދިރިއުޅުން މިހާރަށް ވުރެ ފަސޭހަކޮށްދިނުމަށް ނެރުނު "އީޒްއެޕް"އިން ވަނީ ކަންމަތި ފިހާރަ އިނގިލި ކުރިއާ ހަމައަށް, ފޯނަށް ގެނެސްދީފަ އެވެ.

ދިރިއުޅުން ފަސޭހަކޮށްލަން އަޅަންވީ އީޒްއެޕް!
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

03 ޖުލައި 2025

ދުވަހުގެ ބިޒީ ޝެޑިއުލުން ގެއަށް ބޭނުންވާ ތަކެތި ގަތުމަށް ވިޔަފާރިކުރަން ދާން ވަގުތު ހޯދުމަކީ ދަތިކަމެކެވެ. ކައްކަން ފަށައިގެން އުޅޭ ވަގުތު ގޭގައި އެއްޗެއް މަދުކަން އެނގުމުން ނުވަތަ ގޭގައި, މަސައްކަތެއްގައި ތާށިވެފައި ހުންނަ ވަގުތެއްގައި އެޕާޓްމަންޓު ދޫކޮށް ކަންމަތީ ފިހާރައަށް ދާން ޖެހުމަކީ އުނދަގޫ ކަމެކެވެ. ގެއާ ކައިރީގައި ފިހާރަތައް ހުރި ނަމަވެސް އެންމެ އެއްޗެއް ނުވަތަ ދޭތި ގަންނަން ޖެހޭ ފަހަރު ފިހާރައަކަށް ނުކުތުން ވަނީ ބޮޑު ކަމަކަށެވެ. މި އުނދަގޫތަކަށް ހައްލު ހޯދައިދީ, ދިރިއުޅުން މިހާރަށް ވުރެ ފަސޭހަކޮށްދިނުމަށް ނެރުނު "އީޒްއެޕް"އިން ވަނީ ކަންމަތި ފިހާރަ އިނގިލި ކުރިއާ ހަމައަށް, ފޯނަށް ގެނެސްދީފަ އެވެ.

މޭވާ އާއި ތަރުކާރީން ފެށިގެން ފިލްމު ބަލާލަމުން ކާލާނެ ސްނެކަކާއި ބުއިމެއް އޯޑަރުކުރުމުން ފެށިގެން ދަތް އުނގުޅާނެ ބުރުހާއި ޓޫތުޕޭސްޓު ވެސް މި އެޕް މެދުވެރިކޮށް އޯޑަރުކުރެވޭނެ އެވެ. ތަފާތު އެކި ވައްތަރުގެ ތަކެތި ވިއްކާ ގިނަ ފިހާރަތަކެއް އެއް ތަނަކުން ބްރައުސްކޮށް, އެކި ޕްރޮޑަކްޓުތައް އޯޑަރުކޮށް ގަތުމުގެ ފުރުސަތު ދޭ "އީޒްއެޕް" އަކީ ފިހާރަތައް ގޭގެ އަރާމު ސޯފާގައި އޮންނަ ކަސްޓަމަރާ ހަމައަށް ގެނެސްދޭ އެޕެވެ.

މި އެޕްގައި ހިމެނޭ "ޑެލިވަރީ" ހިދުމަތަށް ދިއުމުން ގޭގެ ދޮރާ ހަމައަށް ގެންނަން ބޭނުންވާ ކޮންމެ އެއްޗަކަށް ވެސް އޯޑަރު ދެވޭނެ އެވެ.

ފިހާރަތަކުގެ މުދަލުގެ އިތުރުން އެކި ރެސްޓޯރަންޓުތައް ބްރައުޒްކޮށް, ކާއެއްޗިއްސަށް ވެސް އޯޑަރު ދެވޭނެ އެވެ. ދިރިއުޅުން ފަސޭހަކުރުމަށް އެންމެ އެޕަކުން ގިނަ ހިދުމަތްތަކެއް ފުރިހަމަކޮށްދޭން ވިސްނުމުގައި ފަރުމާކޮށްފައިވާ މި އެޕުން އެކި ހިދުމަތްތައް ވެސް ހޯދޭނެ އެވެ. އެގޮތުން އެޕްގެ "ޕްރޮވައިޑާ" ބައި ހިޔާރުކުރުމުން ފޮޓޯގްރަފީ, ނޯޓަރީ ހިދުމަތް ވޯޓާ ސޮލިއުޝަންގެ އިތުރުން ގޭތެރެ ފޮޅާ ސާފުކުރުމުގެ ހިދުމަތް ހޯދުމުގެ އޮޕްޝަންތައް ފެންނާނެ އެވެ. "އީޒްއެޕް" މެދުވެރިކޮށް ބޭނުން ދުވަހެއްގެ ބޭނުން ވަގުތެއްގައި ގޭތެރެ ސާފުކުރުމަށް ޝެޑިއުލްކޮށް ރިކުއެސްޓް ފޮނުވުމުން ހިދުމަތް ދޭ ފަރާތުން އެޕް މެދުވެރިކޮށް, ހިދުމަތް ދާން ދިއުމުގެ ކުރިން ރިމައިންޑާއެއް ފޮނުވާލާނެ އެވެ.

އީޒްއެޕް މޮބައިލް އެޕްލިކޭޝަން. -- ފޮޓޯ: މޫސާ ފަޔާޒް | މިހާރު

އީޒްއެޕް މޮބައިލް އެޕްލިކޭޝަން. -- ފޮޓޯ: މޫސާ ފަޔާޒް | މިހާރު

"އީޒްއެޕް"އިން ދޭ އިތުރު ހިދުމަތްތަކުގެ ތެރޭގައި "ޓްރާންސްޕޯޓް" އޮޕްޝަން ހިޔާރުކޮށް, ޓެކްސީ ކާރު, ޓެކްސީ ސައިކަލު އަދި ޕިކަޕް ހިދުމަތް ވެސް ހޯދޭނެ އެވެ. މި ހިދުމަތް އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ހޯދާ ކަސްޓަމަރުންނަށާއި ހިދުމަތްދޭ ޑްރައިވަރުންނަށް ހާއްސަކޮށް ތިން އުމްރާ ދަތުރު ދޭ ޕްރޮމޯޝަނެއް ދަނީ ހިންގަމުންނެވެ.

އެ ޕްރޮމޯޝަންގައި ޓެކްސީ ކާރު ދަތުރުކުރާ ކަސްޓަމަރުންނާއި ޓެކްސީ ސައިކަލުގެ ހިދުމަތް ހޯދާ ކަސްޓަމަރުންނާއި ޕިކަޕު ހިދުމަތް ހޯދާ ކަސްޓަމަރުންގެ މެދުގައި އެއް ކަސްޓަމަރު ހޮވާނެ އެވެ. އަދި ކާރު/ޕިކަޕު ކެޓަގަރީން 1 ޑްރައިވަރަކަށާއި ސައިކަލު ކެޓަގަރީއިން 1 ޑްރައިވަރަކަށް ވެސް އުމްރާ ދަތުރެއް ލިބޭނެ އެވެ. މި ޕްރޮމޯޝަން ފަރުމާކޮށްފައި ވަނީ ގިނަ ދަތުރު ކުރާ ކަސްޓަމަރުންނާއި ގިނަ ދަތުރުގެ ހިދުމަތްދޭ ކާރު/ޕިކަޕު އަދި ސައިކަލު ޑްރައިވަރިންނަށް ފުރުސަތު އިތުރުވެގެންދާނެ ގޮތަށެވެ.

އީޒްއެޕް އިން އެކި ހިދުމަތްތައް ހޯދޭނެ.

އީޒްއެޕް އިން އެކި ހިދުމަތްތައް ހޯދޭނެ.

ޓެކްނޮލޮޖީގެ އެހީގައި ދިރިއުޅުމަށް އިތުރު ލުއިފަސޭހަކަން ހޯދައި ދިނުމުގެ ގޮތުން ތައާރަފްކުރި "އީޒްއެޕް" ލޯންޗުކުރީ މި އަހަރުގެ ޖެނުއަރީގަ އެވެ. އެޕް ލޯންޗުކުރި ފުރަތަމަ ދުވަހު ވެސް 100 ޑައުންލޯޑްސް ހޯދި މި އެޕް ގޫގްލް ޕްލޭ ސްޓޯރާއި އެޕްސްޓޯރުން ޑައުންލޯޑު ކުރެވޭނެ އެވެ. "އީޒްއެޕް"ގައި މި ވަގުތު 100އަށް ވުރެ ގިނަ ވެންޑާޒް ހިމެނޭ އިރު, އެޕް މެދުވެރިކޮށް އެ ހިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

"މިހާރު" ނޫހުގެ ކިޔުންތެރިން މި އެޕް މެދުވެރިކޮށް މި މަހުގެ ނިޔަލަށް އޯޑަރުކުރާ އިރު MIHAARU01 ކޯޑު ބޭނުން ކޮށްގެން ރެސްޓޯރަންޓުންނާއި ފިހާރަތަކުން ވިޔަފާރިކުރުމަށް 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. މި ކޯޑު ބޭނުން ކުރެވޭނީ ކޮންމެ ކަސްޓަމަރަކަށް ވެސް އެއް ފަހަރު އެވެ.

"އީޒްއެޕް" އިން ބުނީ އެ އެޕް މިހާރަށް ވުރެ ފުރިހަމަކޮށް, ހިދުމަތްތައް އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެ އެޕަކީ ހުރިހާ ކަމަކަށް މިހާރަށް ވުރެ ފަސޭހަ ސޮލިއުޝަނެއް ކަމަށް "އީޒްއެޕް" އިން ބުންޏެވެ.

މި އެޕްގައި ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން 7560606 އަށް ވަޓްސްއެޕް މެދުވެރިކޮށް މެސެޖުކޮށްގެން ރަޖިސްޓްރީ ކުރެވޭނެ އެވެ.