ހުޅުމާލެ ސެންޓްރަލް ޕާކުގައި އިއްޔެ ފެށި އެފްއެންޑްބީ ޝޯގައި ހުރި އެމްއެޗްއޭގެ ސްޓޯލުން އެ ފިހާރަ އިން ވިއްކާ އެކި ބްރޭންޑުތަކުގެ ޕްރޮޑަކްޓުތަކުގެ ރަހަތައް ތަޖުރިބާކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
24 ޖެނުއަރީ 2025
ހުޅުމާލެ ސެންޓްރަލް ޕާކުގައި އިއްޔެ ފެށި އެފްއެންޑްބީ ޝޯގައި ހުރި އެމްއެޗްއޭގެ ސްޓޯލުން އެ ފިހާރަ އިން ވިއްކާ އެކި ބްރޭންޑުތަކުގެ ޕްރޮޑަކްޓުތަކުގެ ރަހަތައް ތަޖުރިބާކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ރާއްޖޭގައި އެންމެ ނަން މަޝްހޫރު އެއް ފިހާރަ އެމްއެޗްއޭ އިން ވިއްކާ އެކި ބްރޭންޑުތަކުގެ އައިސްކްރީމް ސާމްޕަލް އާއި ފްރޯޒަން ޕިއްޒާ އަދި އެންމެ ފަހުން މާކެޓަށް ތައާރަފްކުރި މެގީ ނޫޑްލްސްގެ ރަހަ ތަޖުރިބާކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. މި ހަފުތާގައި އެ ފިހާރަ އިން މާކެޓަށް ނެރުނު ޕިލްސްބަރީ ފްލެޓްބްރެޑް ރޭންޖުގެ ތަންދޫރީ ނާންގެ ރަހަ ވެސް ސްޓޯލަށް ޒިޔާރަތްކުރާ މީހުންނަށް ބެލޭނެ އެވެ.
އެފްއެންޑްބީ ޝޯގައި ހުރި އެމްއެޗްއޭގެ ސްޓޯލް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެމްއެޗްއޭ ސްޓޯލުގައި އެ ތަނުން ވިއްކާ ގިނަ ބްރޭންޑުތަކުގެ އެކި ޕްރޮޑަކްޓުތައް ލިބެން ހުރި އިރު, ހާގެންޑާޒް އަދި ނެސްލޭ 1.5 ލީޓަރުގެ އައިސް ކްރީމްޓަބްތަކަށް ހާއްސަ ޑިސްކައުންޓުތަކެއް ވެސް ދެ އެވެ. އެ ފިހާރައިގެ ލޯޔަލްޓީ ޕްރޮގްރާމުގައި ބައިވެރިވެގެން 50ރ. ގެ ރިވޯޑު ވެސް ލިބޭނެ އެވެ. އެއީ އެމްއެޗްއޭގެ ކޮންމެ ފިހާރައަކަށް ގޮސްގެން ވެސް ރިޑީމް ކޮށް ބޭނުން ކުރެވޭނެ 50ރ. އެވެ.
މި އަހަރުގެ އެފްއެންޑްބީ ޝޯގައި ގިނަ ބްރޭންޑުތަކަކާއި ޕްރޮޑަކްޓުތަކެއް ޝޯކޭސްކޮށް ބައިވެރިވި އެމްއެޗްއޭ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލްގެ ވިޔަފާރިކުރާ އެއް ފިހާރަ އެވެ. އެމްއެޗްއޭ އަކީ ދިވެހިންގެ މެދުގައި މަގުބޫލު ނެސްލޭގެ އެކި އުފެއްދުންތައް އެންމެ ފުޅާދާއިރާއެއްގައި ޑިސްޓްރިބިއުޓްކުރާ ފިހާރަ ވެސް މެ އެވެ. އެ ތަނުން ނެސްލޭ ބްރޭންޑުގެ އައިސްކްރީމް، ނީޑޯ ކިރު އަދި ތުއްތު ކުދިންގެ ކާނާ އާއި ފޯމިއުލާ ވެސް ވިއްކަ އެވެ.
އެމްއެޗްއޭ އިން ވިއްކާ އިގްލޫ, ހާގެންޑާޒް, ލަންޑަން ޑެއިރީގެ އައިސްކްރީމާއި ޑޭޓްކްރައުންގެ ކަދުރާއި ފިލްބަރީ ބްރޭންޑުގެ ރޮށި, ފަރާޓާ އަދި ނާން އާއި ޑރ. އޮޓްކާގެ ފްރޯޒަން ޕިއްޒާ އަކީ ދިވެހިންގެ މެދުގައި މަގުބޫލު ޕްރޮޑަކްޓުތަކެކެވެ. އެ ފިހާރަ އިން ވިއްކާ އެކި ބްރޭންޑުގެ ޕްރޮޑަކްޓުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ލިބެން ހުރެ އެވެ.
އެފްއެންޑްބީ ޝޯ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 11 އަށް ކުރިއަށް ގެންދާނެ އެވެ.
ފުޑް އެންޑް ބެވަރޭޖް ޝޯ ފަށައިފި
އެމްއެޗްއޭގައި ސެޕްޓެމްބަރު މަހަށް ހާއްސަ ޑީލްތަކެއް
އެމްއެޗްއޭގައި އެކި ޕްރޮޑަކްޓުތަކަށް ހާއްސަ އޮފާތަކެއް
އަރާބީން ސެއިންޓް އައިވްސްގެ ޕްރޮޑަކްޓުތައް ރާއްޖެއަށް
ޕްރޯއޭސީން އެލްޖީގެ މިނީ ވީއާރުއެފް ސިސްޓަމް ނެރެފި
ދަނބުމާ ފާއިޒްގެ ރީތި އަތުލިއުން ފޮންޓަކަށް
މިމަހު އެމްއެޗްއޭގައި ނޫޑްލްސްއަށް ހާއްސަ ޑީލްތަކެއް!
ކަނދުރާ އާއި ކޮނޑަށް ހާއްސަ ޓްރީޓްމަންޓު ޕެކޭޖެއް
އައިސްކްރީމް ދުވަހަށް އެމްއެޗްއޭގައި ޕްރޮމޯޝަނެއް
ޑީއައިޕީއިން އެޗްއެންބީއައިބީއާ އެކު ޕާޓްނާޝިޕެއް