Roadha Mihaaru

އެމްއެޗްއޭގައި މަގުބޫލު އެކި ޕްރޮޑަކްޓުތަކަށް ހާއްސަ އޮފާތަކެއް

އެމްއެޗްއޭގައި ވިއްކާ މަގުބޫލު އެކި ޕްރޮޑަކްޓުތަކުން ޑިސްކައުންޓާއި "ބައި ވަން ގެޓްވަން ފްރީ" އާއި "ބައި 2 ގެޓް ވަން 1 ފްރީ" އޮފާއެއް ހިމަނައިގެން ހައްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެމްއެޗްއޭގައި އެކި ޕްރޮޑަކްޓުތަކަށް ހާއްސަ އޮފާތަކެއް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

18 އޯގަސްޓް 2025

އެމްއެޗްއޭގައި ވިއްކާ މަގުބޫލު އެކި ޕްރޮޑަކްޓުތަކުން ޑިސްކައުންޓާއި "ބައި ވަން ގެޓްވަން ފްރީ" އާއި "ބައި 2 ގެޓް ވަން 1 ފްރީ" އޮފާއެއް ހިމަނައިގެން ހައްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި، އެ ފިހާރައިން ވިއްކާ އެފްއެންއެން ފްރްޓޭޑް 325 މިލިލީޓަރު، އެފްއެންއެން ގްރޭޕް 12x325 މިލިލީޓަރު އަދި އެފްއެންއެން ސްޓްރޯބެރީ 325 މިލިލީޓަރު ފުޅީގެ އިތުރުން ވެސްލިން ބޮޑީ ލޯޝަން ފާސްޓް އެބްޒޯބިން 200 މިލިލީޓަރު ފުޅިން 50 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ.

މީގެ އިތުރުން އެ ފިހާރައިން ވިއްކާ ޕްރޮސްވީޓް އަސޫ މާޝްމެލޯ ކޭކް ކޮކޯނަޓް 40 ގްރާމްގެ ޕެކެޓަކާއި ސަޕޯރީ ކަންޓޫޗިނީ ޑާކް ޗޮކްލެޓް ބިސްކޮޓީ 175 ގްރާމުގެ ޕެކެޓުތަކަށް "ބައި ވަން ގެޓް 1 ފްރީ" އޮފާއެއް ވަނީ ހުށަހަޅައިފަ އެވެ.

މި ޕްރޮމޯޝަނުގައި "ބައި 2 ގެޓް 1 ފްރީ" އޮފާ ލިބޭ ޕްރޮޑަކްޓުތަކަކީ:

- އޮޓޮގީ ޗީޒް ރާމެން 111 ގްރާމް

- އޮޓޮގީ ޗީޒް ރާމެން ބޯލް 90 ގްރާމް

- އޮޓޮގީ ޖިން ރާމެން މައިލްޑް 120 ގްރާމް

- އޮޓޮގީ ޖިން ރާމެން ސްޕައިސީ ބޯލް 110 ގްރާމް

- އޮޓޮގީ ކިމްޗީ ރާމެން 120 ގްރާމް

- އޮޓޮގީ ސްޓިރް ފްރައި ޗީޒް ރާމެން 120 ގްރާމް

- އޮޓޮގީ ޔޫލް ރާމެން 120 ގްރާމް

- ޕްރޮސްވީޓް ޑޯނަޓް ކޭކް ސްޓްރޯބެރީ 40 ގްރާމް

- ޕްރޮސްވީޓް ސްނޯ ކޫލް ސްނޯބޯލް ކޭކް 40 ގްރާމް

މި ޕްރޮމޯޝަނުގެ ހުރިހާ އޮފާއެއް ވެސް މި ޕްރޮޑަކްޓުތަކުގެ ސްޓޮކް ހުސްވަންދެން މި މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

އެމްއެޗްއޭ އަކީ ދިވެހިންގެ މެދުގައި މަގުބޫލު އެކި ބްރޭންޑުތައް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކާ ކުންފުންޏެކެވެ. އެ ޕްރޮމޯޝަން މި މަހުގެ ނިޔަލަށް އެމްއެޗްއޭގެ ހުރިހާ ފިހާރައެއްގައި ކުރިއަށް ދާނެ އެވެ. އެމްއެޗްއޭގެ މާޓުތައް މާލޭގެ އޯކިޑްމަގާއި ފަރީދީމަގާއި އަދި މަޖީދީމަގުގައި ހުރެ އެވެ. އޭގެ އިތުރުން ހުޅުމާލޭގެ ނިރޮޅުމަގާއި ރެއިން ކްރެސްޓް ރެޒިޑެންސްގައި ވެސް އެމްއެޗްއޭގެ ދެ ފިހާރައެއް ހުރެ އެވެ.