Roadha Mihaaru

މިމަހު އެމްއެޗްއޭގައި ނޫޑްލްސްއަށް ހާއްސަ ޑީލްތަކެއް!

އެމްއެޗްއޭއިން ވިއްކާ މަގުބޫލު މެގީ ނޫޑްލްސް އާއި އޮޓޯގީ ރާމެންއަށް ހާއްސަ ޑީލްތަކެއް ތައާރަފްކޮށްފި އެވެ.

މިމަހު އެމްއެޗްއޭގައި ނޫޑްލްސްއަށް ހާއްސަ ޑީލްތަކެއް!
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

03 އޯގަސްޓް 2025

އެމްއެޗްއޭއިން ވިއްކާ މަގުބޫލު މެގީ ނޫޑްލްސް އާއި އޮޓޯގީ ރާމެންއަށް ހާއްސަ ޑީލްތަކެއް ތައާރަފްކޮށްފި އެވެ.

މި ޑީލްތަކުގެ ތެރެއިން، ދިވެހިންގެ މެދުގައި މަގުބޫލު މެގީ ނޫޑްލްސް ކަރީ ފްލޭވާގެ ޕެކެޓެއް ގަނެގެން މެގީ ނޫޑްލްސްގެ ޗިކަން ފްލޭވާގެ ޕެކެޓެއް ހިލޭ ލިބޭނެ އެވެ. އަދި ކަރީ ފްލޭވާ އާއި ޗިކަން ފްލޭވާގެ މެގީ ނޫޑްލްސް ޕެކެޓް ގަންނަ ކަސްޓަމަރުންނަށް ހާއްސަ އަގުތަކެއްގައި އެ ކޮމްބޯޕެކް ލިބޭނެ އެވެ.

ދެވަނަ ޑީލްއަކަށް އެމްއެޗްއޭއިން މި މަހަށް ތައާރަފްކޮށްފައި ވަނީ އޮޓޯގީ ބްރޭންޑުގެ ސްޕައިސީ ރާމެން ދެ ތަށި ގަނެގެން އެއް ތަށި ހިލޭ ލިބޭ ޑީލްއެކެވެ. އަދި އޮޓޯގީ ކިމްޗީ ރާމެންގެ ދެ ތަށި ގަނެގެން އެއް ޕެކެޓް ހިލޭ ލިބޭނެ އެވެ.

އެ ޕްރޮމޯޝަން މި މަހުގެ ނިޔަލަށް އެމްއެޗްއޭގެ ހުރިހާ ފިހާރައެއްގައި ކުރިއަށް ދާނެ އެވެ. އެމްއެޗްއޭގެ މާޓުތައް މާލޭގެ އޯކިޑްމަގާއި ފަރީދީމަގާއި އަދި މަޖީދީމަގުގައި ހުރެ އެވެ. އޭގެ އިތުރުން ހުޅުމާލޭގެ ނިރޮޅުމަގާއި ރެއިން ކްރެސްޓް ރެޒިޑެންސްގައި ވެސް އެމްއެޗްއޭގެ ދެ ފިހާރައެއް ހުރެ އެވެ.