Roadha Mihaaru

އެމްއެޗްއޭގައި ސެޕްޓެމްބަރު މަހަށް ހާއްސަ ޑީލްތަކެއް

އެމްއެޗްއޭއިން ސެޕްޓެމްބަރު މަހަށް ހާއްސަކޮށް އެ ފިހާރައިން ވިއްކާ އެކި ޕްރޮޑަކްޓުތަކުން ދޭ ޑީލްތައް އިއުލާންކޮށްފި އެވެ.

އެމްއެޗްއޭގައި ސެޕްޓެމްބަރު މަހަށް ހާއްސަ ޑީލްތަކެއް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

01 ސެޕްޓެމްބަރ 2025

އެމްއެޗްއޭއިން ސެޕްޓެމްބަރު މަހަށް ހާއްސަކޮށް އެ ފިހާރައިން ވިއްކާ އެކި ޕްރޮޑަކްޓުތަކުން ދޭ ޑީލްތައް އިއުލާންކޮށްފި އެވެ.

އެމްއެޗްއޭ އިން މި މަހުގެ ޑީލްތައް ހާއްސަކޮށްފައި ވަނީ ރާމެން، ފްރޯޒަން ޕިއްޒާ، އައިސްކްރީމް އަދި ޕާސްތާއަށެވެ. މި މަހު އެމްއެޗްއޭ އިން ރާމެންއަށް ދެނީ "ބައި 1 ގެޓް 1 ފްރީ" ޑީލެކެވެ. މި ޑީލްގެ ދަށުން އޮޓޮގީގެ އެންމެ މަގުބޫލު ފްލޭވާތަކުގެ ތެރޭގައި ހިމެނޭ ޗީޒް ރާމެން، ޖިން ރާމެންގެ މައިލްޑް އެންޑް ސްޕައިސީ އަދި ކިމްޗީ ރާމެން، ސްޓާ ފްރައި ޗީޒް ރާމެން، ޔޫލް ރާމެން ޕެކެޓެއް ގަތމުން ޖިން ރާމެން ސްޕައިސީ ތައްޓެއް ހިލޭ ލިބޭނެ އެވެ.

މި މަހަށް ހުށަހަޅާފައިވާ ދެ ވަނަ ޑީލްގެ ދަށުން އެމްޗްއޭ އިން "ޑރ. އޮޓްކާ ރިސްޓޮރަންޓޭ" އާއި "ޓްރެޑީޒިއޯނާލޭ"ގެ އެކި ފްލޭވާތަކުގެ ޕިއްޒާ 99ރ. އަށް ލިބޭނެ އެވެ. ޑރ. އޮޓްކާ ރިސްޓޮރަންޓޭގެ ފްރޯޒަން ޕިއްޒާ ފްލޭވާތަކުގެ ތެރޭގައި މާގަރީތާ، މޮޒަރެއްލާ، ޕެޕަރޯނީ، ސްޕިނެޗް، ސްޕެޝާލް އަދި "ޓްރެޑީޒިއޯނާލޭ" ބްރޭންޑުގެ މޮޒަރެއްލާ އެންޑް ޕެސްތޯ އަދި ސްޕިނެޗް އެންޑް ރިކޮޓާ ހިމެނެ އެވެ.

މި މަހު އެމްއެޗްއޭ އިން ވިއްކާ ޕްރިމިއަމް އައިސްކްރީމް ބްރޭންޑް "ހާގެންޑާޒް"ގެ އެކި ސައިޒުގެ އެކި ފްލޭވާތަކުން ހާއްސަ ޑިސްކައުންޓެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި މަޗާ ގްރީން ޓީ، ޕިސްޓާޝިއޯ އެންޑް ކްރީމް، މަކަރޫން ޑަބަލް ޗޮކްލެޓް ގަނާޝް، މެކަރޫން ޔޫޒޫ ލެމަން ފްލޭވާ ހާއްސަ އަގެއްގައި ލިބޭނެ އެވެ.

އެމްއެޗްއޭ އިން މި މަހަށް ހުށައަޅާފައިވާ ޕާސްތާ ޑީލަކީ ޕާސްތާ ޕެކެޓަކާއި އެކު ސޯސް ފުޅީގެ ބަންޑަލް ޕެކުތަކެއް ލިބޭ ޑީލްއެކެވެ. ޕާސްތާ ބަންޑަލްތައް ހުންނާނީ 500ގްރާމުގެ އެގްނޭސީ ސްޕެގެޓީ ޕެކެޓު އެމެރިކަން ގާޑެން ޕާސްތާ ނުވަތަ ޕިއްޒާ ސޯސް، އަރަބިއާޓާ، ގާލިކް އެންޑް ހާބް، ތްރީ ޗީޒް، ޓްރެޑިޝަނަލް، ޕިއްޒާ ސޯސް ކްލެސިކް ސޯސްގެ ތެރެއިން ކޮންމެވެސް އެއް ސޯސްއަކާ އެކު އެވެ.

އެމްއެޗްއޭ އިން މި މަހަށް ކަނޑައަޅާފައިވާ ޑީލްތައް އެ ޕްރޮޑަކްޓެއްގެ ސްޓޮކް ހުސްވަންދެން ލިބޭނެ އެވެ. މި ޑީލްތައް ލިބޭނީ އެމްއެޗްއޭގެ ރީޓެއިލް ފިހާރަތަކުންނެވެ. އެމްއެޗްއޭއިން ކޮންމެ މަހަކު ވެސް ކަސްޓަމަރުންގެ މެދުގައި މަގުބޫލު އެކި ޕްރޮޑަކްޓުތަކުގެ ހާއްސަ އޮފާތަކެއް ހުޅުވާލަ އެވެ.