ތޮއްޖެހިފައިވާ މާލޭގެ އުދާސްކަމާއި ހާސްކަން އިތުރު ވަނީ ވަށައިގެންވާ އުސް އިމާރާތްތަކުގެ ސަބަބުންނެވެ. މާލޭގައި އާއްމުކޮށް ހަދާފައިވާ ރެޒިޑެންޝަލް އިމާރާތްތަކަކީ ދާދި އެއްގޮތަކަށް ހަދާފައިވާ ތަންތަނެވެ. ފަހުގެ އިމާރާތްތަކުން ޒަމާނީ ކުލަވަރާއި ހިތްގައިމުކަން ފެނުނަސް އެ ފަދަ ގިނަ ތަންތަނަކީ ބޮޑެތި ހޮޓެލްތަކެވެ. ސޯސަންމަގުގައި ހަދަމުންދާ ބިލްޑަޕް ރެޒިޑެންސް އިމާރާތް ފާހަގަވަނީ އެހެންވެ އެވެ. އާއްމުކޮށް ފެންނަ އިމާރާތްތަކާއި ހިލާފަށް އެ އިމާރާތުން ފެންނަ ތަފާތު ޑިޒައިނާއި ގަސްގަހާގެހީގެ ހިތްގައިމުކަމާއި އެކު ތަނުގެ ތަނަވަސްކަން ދައްކައިދިނުމަށްކޮށްފައިވާ މަސައްކަތުންނެވެ.
21 އެޕްރީލް 2025

"ބިލްޑް އަޕް އިންޓަނޭޝަނަލް" އިން ޑިޒައިންކޮށް ހަދާފައިވާ އެ އިމާރާތަކީ މިކްސްޑް ކޮމާޝަލް ރެސިޑެންޝަލް ތަނެކެވެ. އެ ތަނުގެ އޮފީސް ޖާގައިން ފެށިގެން މީހުން ދިރިއުޅޭ އެޕާޓްމަންޓުތައް ވެސް ހަދާފައި ވަނީ ގުދުރަތީ ހިތްގައިމުކަން ތަޖުރިބާ ކުރެވޭނެ ގޮތަށް, ގުދުރަތީ އެކި ވަސީލަތްތަކާއި އެކު ހިތްފަސޭހަވާނެ ގޮތްތައް ބަލައިގެން ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ އިމާރާތުގެ ބެލްކަނީގައި ހައްދާފައިވާ ގަހުގެ ފޮޓޯ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"ވާޓިކަލް ފޮރެސްޓް"އަކާ އެކު ޑިޒައިންކޮށްފައިވާ އެ އިމާރާތަކީ އާއްމުކޮށް ސިންގަޕޫރާއި ޔޫރަޕުން ފެންނަ ފަދަ އިމާރާތެކެވެ. އިމާރާތުގެ "ވާޓިކަލް ފޮރެސްޓު" ކޮންސެޕްޓަށް ހޯދާފައިވާ ގަސްތަކަކަކީ ވެސް އެ ފަދަ ތަންތަނުގެ އިމާރާތްތަކުގައި ބޭނުން ކުރާ ފަދަ ގަސްތަކެކެވެ. ގަސްގަހާ ގެއްސާ ރައްޓެހި އެ އިމާރާތުގެ ނަން ބޯޑަށް ހާއްސަކޮށްފައިވާ ފާރަކީ ވެސް އެތައް ވައްތަރެއްގެ ގަސްގަހާ ގެހިން ޖަރީކޮށްފައިވާ "ގްރީން ވޯލް"އެކެވެ. ގަހަކީ ސިކުނޑި ތާޒާކޮށް މީހާއަށް ހިތްހަމަޖެހުން ގެނުވައިދޭ އެއްޗަކަށް ވާއިރު, އެ ތަނަކީ ހިތްފަސޭހަ މާހައުލެއް އޮތް ތަނަކަށް ހެދުމަށް އިމާރާތުގައި 500އަށް ވުރެ ގިނަ ގަސް ބޭނުންކޮށްފައިވާ ކަމަށް ބިލްޑްއަޕް އިން ބުންޏެވެ.
ނަން ބޯޑަށް ހާއްސަކޮށް އެ އިމާރާތުގައި ހުރި "ގްރީން ވޯލް". -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ބިލްޑްއަޕް އިން ބުނީ އެ ކުންފުނީގެ އުއްމީދަކީ އެ ފަދަ އެކި ކޮންސެޕްޓުތަކުގައި ގަސްގަހާގެއްސާ ރައްޓެހި އިމާރާތްތަކެއް މާލެއިން ފެނިގެން ދާނެ ކަމަށެވެ. އަދި އެއީ ތިމާވެއްޓާއި ރައްޓެހި ތަންތަން އިމާރާތްކުރުމަށް ހިތްވަރު ލިބިގެން ދާނެ ޑިޒައިނަކަށް ވާނެކަމަށް އުއްމީދުކުރާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އިންޓަނެޓުގެ ހިދުމަތް ދޭ ސެޓްލިންކުގެ އެޕެއް
"ގޯ ވައިލްޑް"ގެ ޕިޔޯ އޯގެނިކް މާމުއިި ރާއްޖެއަށް
އެޗްޕީ ވޯޓާ މޭކާގެ ޑިސްޓްރިބިއުޓަރަކަށް މެރިން އިކުއިޕްމަންޓްސް
އެމްއެޗްއޭގެ ސްޓޯލުން ފްރީސާމްޕަލްތަކާއެކު ޑިސްކައުންޓު!
ފުޑް އެންޑް ބެވަރޭޖް ޝޯ ފަށައިފި
ޕިރަމިޑުން ރެވެލޯ ޗޮކްލެޓުގެ ރަހަ ބަލާލަން ދެނީ
"އެޒްތާރާ ހެއާ މިރަކަލް" ކްރީމް ޕްލާޒާއަށް
ސެންޓަށް ހާއްސަ ޕްލާޒާ ކޮސްމެޓިކްސް ހުޅުވައިފި
ރިވެލި ބީޗްގެ ޕްރޮމޯޝަނުން ހިލޭ ކައިވެނި ޕާޓީއެއް
ލިވިންއެކްސްޕޯގައި ޕްރޮކްސީގެ ސްޓޯލުން ހާއްސަ އޮފާތަކެއް