Roadha Mihaaru

"ގޯ ވައިލްޑް"ގެ ޕިޔޯ އޯގެނިކް މާމުއިި ރާއްޖޭގެ މާކެޓަށް

ފުޅާ ދާއިރާއެއްގައި އޯގެނިކް އުފެއްދުންތައް ވިއްކާ “ގޯ ވައިލްޑް”ގެ މާމުއި ރާއްޖޭގެ މާކެޓަށް ތައާރަފް ކޮށްފި އެވެ.

"ގޯ ވައިލްޑް"ގެ ޕިޔޯ އޯގެނިކް މާމުއިި ރާއްޖެއަށް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

01 އެޕްރީލް 2025

ފުޅާ ދާއިރާއެއްގައި އޯގެނިކް އުފެއްދުންތައް ވިއްކާ “ގޯ ވައިލްޑް”ގެ މާމުއި ރާއްޖޭގެ މާކެޓަށް ތައާރަފް ކޮށްފި އެވެ.

“ގޯ ވައިލްޑް”ގެ މާމުއިއަކީ އިންޑިއާގެ ދެކުނުގެ ފޮރެސްޓަކުން ސޯސްކޮށްފައިވާ ޕިޔޯ އޭ ގްރޭޑް މާމުއި އެވެ. “ގޯ ވައިލްޑް” ޕިޔޯ މާމުއި އަކީ ޑައިބެޓިކް މީހުންނަށް ނެޗުރަލް ސުވީޓްނާއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ޕްރޮޑަކްޓެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި މިއީ ކުޑަ ކުދިންނަށް އެންޓިއޮކްސިޑެންޓްސް ހޯދައި ދޭނެ އުފެއްދުމެއް ކަމަށް ވެސް ބުންޏެވެ.

“ގޯ ވައިލްޑް”އިން ބުނީ ޕްރޮސެސްޑް ޝުގާޒް ހުންނަ އުފެއްދުންތަކާއެކު ސިއްހީ މައްސަލަތައް ގިނަވެފައި ވާއިރު، އެ ބްރޭންޑުގެ އަމާޒަކީ ގުދުރަތީ، ޕިޔޯ އުފެއްދުންތަކެއް ފޯރުކޮށްދީ، ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓު ކުރުން ކަމަށެވެ.

މާމުއިގެ އިތުރުން ފެންވަރު ރަނގަޅު އޯގޭނިކް ތަކެއްޗާ އެކު އުފައްދާފައިވާ އެ ބްރޭންޑުގެ ޕްރިމިއަމް އުފެއްދުންތައް މިހާރު ރާއްޖޭގެ މާކެޓުން ލިބޭނެކަމަށް “ގޯ ވައިލްޑް”އިން ބުންޏެވެ. އޭގެ ތެރޭގައި ހެނދުނުގެ ނާސްތާގައި ނުވަތަ ސްނެކަކާއި އެއްކޮށް ބޭނުންކުރެވޭނެ ހަނީ ސްޕްރެޑް އާއި މިކްސްޑް ނަޓް ހަނީ ހިމެނެ އެވެ. މިކްސްޑް ނަޓް ހަނީއަކީ ރޯސްޓް ކޮށްފައިވާ ނަޓްސްއާ އެކު ތައްޔާރުކޮށްފައިވާ މާމުއި އެކެވެ.

“ގޯ ވައިލްޑް”ގެ މާމުއި އުފެއްދުންތައް ރާއްޖޭގެ އެކި ފިހާރަތަކުން ލިބޭނެ އެވެ. އަދި “ގޯވައިލްޑް.ކޯ” އިންސްޓަގްރާމް ޕޭޖާއި “ގޯ ވައިލްޑް ފާމް” ފޭސްބުކް ޕޭޖުން އޮންލައިންކޮށް އޯޑާ ކުރެވޭނެ އެވެ. އެ ޕޭޖުން މާލެ އާއި ވިލިނގިލި އަދި ހުޅުމާލެއަށް ޑެލިވަރީގެ ހިދުމަތް ދެ އެވެ. އޭގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ހޯލްސޭލްކޮށް ސަޕްލައިކޮށް ދެ އެވެ.