ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އިތުރު ބައެއްގައި ޔަހޫދީން ވަޒަންވެރިކުރަން ނިންމައި އެ ބައި އިޒްރޭލުގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުން ވެގެން ދާނީ ރަތް ރޮނގު ހުރަސްކުރުން ކަމަށްބުނެ، އިޒްރޭލާ ސިޔާސީ ގުޅުން އޮންނަ އަރަބި މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އެކަން ކުށްވެރިކޮށްފި އެވެ.
ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އިތުރު ބައެއްގައި ޔަހޫދީން ވަޒަންވެރިކުރަން ނިންމައި އެ ބައި އިޒްރޭލުގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުން ވެގެން ދާނީ ރަތް ރޮނގު ހުރަސްކުރުން ކަމަށްބުނެ، އިޒްރޭލާ ސިޔާސީ ގުޅުން އޮންނަ އަރަބި މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އެކަން ކުށްވެރިކޮށްފި އެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް މިނިސްޓަ ފޯ ޕޮލިޓިކަލް އެފެއާޒް ލާނާ ނުސެއިބާ ވިދާޅުވީ ހުޅަނގު އައްސޭރިން ބައެއް އަތުލުމަކީ، އަރަބި ގައުމުތަކާއި އިޒްރޭލާ ގުޅުން ގާއިމުކުރުމަށް އަމަލުކުރާ "އަބްރަހަމް އެކޯޑްސް" އާ ވެސް ވަރަށް ބޮޑަށް ހިލާފް އަމަލެއް ކަމަށެވެ.
މިދިޔަ މަހު އިޒްރޭލުން ވަނީ ގުދުސްގެ އިރުމަތީ ސަރަހައްދާ ޖެހިގެން ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރުމުގެ ބޮޑު މަޝްރޫއެއް އިއުލާނުކޮށްފަ އެވެ. ބައިނަލްއަގުވާމީ މުޖުތަމުން ބުނަމުން އަންނަނީ މިއީ ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ކުރާ މަސައްކަތަށް އެޅޭނެ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.
ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް ބެލްޖިއަމުން އިއުލާން ކުރުމާ އެކު އިޒްރޭލުގެ ހަރުކަށި ފިކުރުގެ ފިނޭންސް މިނިސްޓަރު ބެޒަލޭލް ސްމޮޓްރިޗް ވަނީ ހުޅަނގު އައްސޭރީގެ ބޮޑު ސަރަހައްދެއް ހިފުމަށް ގޮވާލައިފަ އެވެ.
"ފެށުނީއްސުރެ އަޅުގަނޑުމެން ދެކޭ ގޮތުގައި [އިޒްރޭލާ އެކު އޮތް] އެއްބަސްވުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް މިނިވަން ދައުލަތެއްގެ ހައްގު އެ މީހުންނަށް ހޯދައިދިނުމުގެ ވަސީލަތެއް،" އޭއެފްޕީއަށް ފޮނުއްވި ބަޔާނެއްގައި ނުސައިބާ ވިދާޅުވި އެވެ.
"ހުޅަނގު އައްސޭރީގެ ބައެއް އިޒްރޭލުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް އިޒްރޭލު ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށް ބުނާއިރު މިއީ އިޒްރޭލުގެ ވަޒީރެއްގެ ބަހުން ނަމަ ފަލަސްތީނުގެ ދައުލަތެއްގެ ހުވަފެން ފަސްލައި ފޮރުވުން."
ޔޫއޭއީ، ބަހްރެއިން އަދި މޮރޮކޯއިން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އަބްރަހަމް އެކޯޑްގައި ސޮއިކޮށް އިޒްރޭލު ބަލައިގެންފަ އެވެ. މިއީ ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުން ނޫނީ އިޒްރޭލާ ގުޅުން ނުބާއްވަން އަރަބިން ގެންގުޅޭ ވިސްނުން ދޫކޮށް އެ ގައުމުތަކުން ނިންމާފައިވާ ނިންމުންތަކެކެވެ.
"ހުޅަނގު އައްސޭރިން ބައެއް ހިފުން ޔޫއޭއީން ބަލާނީ ރަތް ރޮނގު ހުރަސްކުރުން ކަމަށް،" ނުސައިބާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއީ އަބްރަހަމް އެކޯޑްސްގެ ރޫހާ މުޅިން ހިލާފް އަމަލެއް ކަމަށެވެ.
އިޒްރޭލުން ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުން ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ވެސް މަނަލެވެ. އެކަމަކު ޣައްޒާގައި ވަރުގަދައަށް ހަމަލާ ދެމުން ދާއިރު ހުޅަނގު އައްސޭރީގައި ފަލަސްތީނު ރައްޔިތުންގެ ގެތައް ތަޅައި ޔަހޫދީންނަށް ބިން ހަަމަޖެއްސުމުގެ މަސައްކަތް އިޒްރޭލުން ވަނީ ފުޅާކޮށްފަ އެވެ. -- އޭއެފްޕީ
ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރަން އާ ޕްލޭނެއް
މިއީ ހުޅަނގު އައްސޭރީގައި އެންމެ އަނިޔާވެރި އެއްއަހަރު
އަރަބި ވަޒީރުންނަށް އިޒްރޭލުން ހުރަސްއަޅައިފި
ޑިޕްލޮމެޓުންގެ ޓީމަކާ ދިމާލަށް އިޒްރޭލުން ބަޑިޖަހައިފި
ޣައްޒާއަށް އެހީވާން ޔޫއޭއީން އިޒްރޭލާއެކު އެއްބަސްވުމެއް
ކާރުތަކަށް ގާ އުކާ ކަމަށް ބުނެ ކުއްޖަކު ޝަހީދުކޮށްފި
"ގާ އުކާތީ" ފަލަސްތީނު ކުއްޖަކު ޝަހީދުކޮށްލައިފި
ހުޅަނގު އައްސޭރީގެ އިތުރު ބައެއް އިޒްރޭލުން ފޭރިއްޖެ
ހުޅަނގު އައްސޭރިން އެތައް ހާސް ބަޔަކު ނެރެލައިފި
ހުޅަނގު އައްސޭރީގައި މާބަނޑު މީހަކު ޝަހީދުކޮށްލައިފި